Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިންނަށް ފައިސާ ދިނުން

5 މާރޗުގެ ނިޔަލަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދެއްވާނެކަމަށް ވިދާޅުވިނަމަވެސް އެކަމެއް ނުވި، އަނެއްކާވެސް އައު ޑެޑްލައިނެއް

ރަަމަޟާން މަަހަށް މިހާރު އޮތް ބެކްލޮގް ސާފުކޮށް، ހުރިހާ ފައިސާއެއް ދައްކަވާނެ ކަމަށް ޝިޔާމް މިހާރު ވިދާޅުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 މާރިޗު 2024 | ބުރާސްފަތި 06:52
މަސްވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު އަޙްމަދު ޝިޔާމް

މަސްވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު އަޙްމަދު ޝިޔާމް

މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ އަދަދަކީ 280 މިލިޔަން ރުފިޔާ ކަމަށާއި އެ ފައިސާ މާރޗު 5 ގެ ނިޔަލަށް ދައްކާ ޚަލާސް ކުރައްވާނެކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވިނަމަވެސް، އަނެއްކާވެސް ސަރުކާރުގެ ރާގު ބަދަލުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން މިިނިސްޓަރު ވިދާޅުވީ، ކޫއްޑޫގައި ކުރިއަށްދިޔަ މުޒާހަރާގައި ދެ ތާރީޚެއް ދެއްވާފައިވާނެ ކަމަށެވެ.  

އެގޮތުން 26 ފެބްރުއަރީއަށް 126 މިލިއަން ރުފިޔާ ދޫކުރައްވާފައިވާނެ ކަމަށާއި، ދެން ދެއްވި ތާރީޚަކީ 5 މާރޗުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، 5 ވަނަ ދުވަހު 50 މިލިއަން ދޫކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ބާކީ ހުރި ފައިސާ ވެސް ދޫކުރަމުންދާނެ ކަމަށެވެ.

އަދި ކުރިއަށް އޮތް ރަަމަޟާން މަަހަށް މިހާރު އޮތް ބެކްލޮގް ސާފުކޮށް ހުރިހާ ފައިސާއެއް ސަރުކާރުން ދައްކާނެ ކަމަށް ޝިޔާމް މިހާރު ވިދާޅުވެއެވެ.

އެހެންނަމަވެސް ކުރިން ޝިޔާމް ވިދާޅުވެފައިވަނީ  މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ އަދަދަކީ 280 މިލިޔަން ރުފިޔާ ކަމަށާއި އެ ފައިސާ މާރޗު 5 ގެ ނިޔަލަށް ދައްކާ ޚަލާސް ކުރާނެކަމަށެވެ. އޭރު ޝިޔާމް އެގޮތަށް ވިދާޅުވެފައިވަނީ ފައިސާ ނުދޭ މައްސަލައާ ގުޅިގެން ގއ. ކޫއްޑޫގައި ގިނަ އަދަދެއްގެ މަސްވެރިން އިހުތިޖާޖުކުރަން ފެށުމާއި ގުޅިގެންނެވެ.

ޝިޔާމް އޭރު ވިދާޅުވީ، މި ސަރުކާރަށް ވާރުތަވީ 250 ވަރަކަށް މިލިޔަން ރުފިޔާ އާއެކު، އޭރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާރޗު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެކަމަށެވެ.

މި ބައްދަލުވުމުގައި ނޫސްވެރިން ވަނީ މިހާރު މަސްވެރިންނަށް ނުދެވި ހުރީ ސީދާ ކިހާ ފައިސާއެއްތޯ ވެސް ސުވާލުކޮށްފައެވެ.

އޭގެ ޖަަވާބުގައި ޝިޔާމް ވިދާޅުވީ، 5 މާރޗުގައި ދޫކުރަން ނިންމި 50 މިލިއަނާއެކު، އެ ދުވަހުގެ ނިޔަލަށް 147 މިލިއަނެއްހާ ރުފިޔާ ނުދެވި ހުރި ކަމަށެވެ.

އެ ފައިސާ ރޯދަ މަސް އަންނަންވާއިރަށް ދޫކުރައްވާނެކަަމަށް ޝިޔާމް ވިދާޅުވިއެވެ.  

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު