Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

އަންޗެލޮޓީ ދެކޭ ގޮތުގައި ލައިޕްޒިގްގެ ފޯވާޑް ލައިން ވަރުގަދަވާނެ!

6 މާރިޗު 2024 | ބުދަ 07:15

ރެއާލްގެ ދަނޑުގައި ކުޅޭ މެޗު ފަށާނީ ބުދަ ދުވަހުގެ ރޭ ދެންވަރު އެކެއް ޖަހާއިރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 މާރިޗު 2024 | ބުދަ 07:15
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ދެ ވަނަ ލެގުގައި ޖަރުމަނުގެ އާރްބީ ލައިޕްޒިގާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ފޯވާޑް ލައިން ވަރުގަދަ ވާނެ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

މި ދެ ޓީމު ލައިޕްޒިގްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބު ކުރީ ރެއާލް އެވެ. އެ މެޗުގައި ވެސް ލައިޕްޒިގުން ލަނޑު ޖެހުމަށް މަސައްކަތްކޮށް، ނުރައްކާތެރި ހަމަލާތަކެއް އުފެއްދިކަން އަންްޗެލޮޓީ ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް އެ މެޗުގައި ރެއާލްގެ ގޯލު ކީޕަރު އެންޑްރީ ލުނިން ރަނގަޅު ސޭވްތަކެއް ކުރި ކަމަށާއި ރެއާލްގެ ޑިފެންސްގައި ތިބި ކުޅުންތެރިން ވެސް ރަނގަޅު ކުޅުމެއް ދެއްކި ކަމަށް އޭނާ ބުންޏެވެ.

އަންޗެލޮޓީ ބުނީ ފުރަތަމަ ލެގުގެ މެޗާ އަޅާ ބަލާއިރު، ދެ ވަނަ ލެގުގެ މެޗު ތަފާތު ވާނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅެން ޖެހުނު ނަމަވެސް، ލަައިޕްޒިގްގެ ފޯވާޑް ލައިނާ މެދު ސަމާލުވާން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ. ޚާއްސަކޮށް ކުރީ މެޗާ އެއްގޮތަށް ނުވަތަ އެއަށްވުރެ ރަނގަޅަށް ޑިފެންސްގައި ސަމާލުކަން ދޭން ޖެހޭނެ ކަމަށް އޭނާ ދެކެ އެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ ފުރަތަމަ ލެގުގައި ރެއާލުން ވަރަށް ރަނގަޅަށް ކަންކަން ދެނެގަނެފައިވާނެ ކަމަށާއި، ދެ ވަނަ ލެގަށް ނިކުންނައިރު އެކަންކަމަށް ސަމާލުކަން ދޭނެ ކަމަަށެވެ. ޚާއްސަކޮށް ރަނގަޅު ކުރަން ފާހަގަވެފައި ހުރި ކަންކަމަށް އިތުރަށް މަސައްކަތް ވެސް ކޮށްފައިވާނެ ކަމަށާއި، ރެއާލްގެ ހުރިހާ ކުޅުންތެރިންނަށް ވެސް އޭނާގެ ފުރިހަމަ އިތުބާރު އޮންނާނެ ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

ރެއާލް އާއި ލައިޕްޒިގް، ރެއާލްގެ ދަނޑުގައި ކުޅޭ މެޗު ފަށާނީ ބުދަ ދުވަހުގެ ރޭ ދެންވަރު އެކެއް ޖަހާއިރު އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

އީގަލްސް އާއި ދެކޮޅަށް ކުޅޭ މެޗަށް ނިކުންނާނީ ފައިނަލެއްގެ ގޮތުގައި ދެކިގެން: ސޮބާ

22 އެޕްރީލު 2017
އީގަލްސް އާއި ދެކޮޅަށް ކުޅޭ މެޗަށް ނިކުންނާނީ ފައިނަލެއްގެ ގޮތުގައި ދެކިގެން: ސޮބާ
18 އެޕްރީލު 2017

އަންޗެލޮޓީގެ ވިސްނުން ރޮނާލްޑޯ ހުއްޓުވުމަށް

18 އެޕްރީލު 2017
އަންޗެލޮޓީގެ ވިސްނުން ރޮނާލްޑޯ ހުއްޓުވުމަށް
12 އެޕްރީލު 2017

މިރޭގެ މެޗުގައި ލެވޮންޑޮސްކީއަށް ނުކުޅެވިދާނެ: އަންޗެލޮޓީ

12 އެޕްރީލު 2017
މިރޭގެ މެޗުގައި ލެވޮންޑޮސްކީއަށް ނުކުޅެވިދާނެ: އަންޗެލޮޓީ
19 މާރިޗު 2017

ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް

19 މާރިޗު 2017
ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް
23 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

23 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް
22 ފެބުރުއަރީ 2017

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

22 ފެބުރުއަރީ 2017
ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ
11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
11 ޖެނުއަރީ 2017

އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ

11 ޖެނުއަރީ 2017
އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް