Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހެއިޓީގެ ހަމަނުޖެހުން

ހެއިޓީގައި ޖަލެއް ފަޅާލައި 4000ށްވުރެ ގިނަ ގައިދީން ފިލައިފި

ސަރުކާރުން ބުނީ މި ހަމަލާތަކުގައި ޖަލުގެ މުވައްޒަފުންނާއި ގައިދީންގެ ތެރެއިން އެތައް ބަޔަކު ޒަޚަމްވެފައި ވާކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 4 މާރިޗު 2024 | ހޯމަ 14:15
ހެއިޓީގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން

ހެއިޓީގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން

ހެއިޓީގެ ބޮޑުވަޒީރު މަގާމުން ދުރުކުރުމަށް އިދިކޮޅުން ކުރިއަށްގެންދާ މުޒާހަރާގައި ގޭންގުތަކުން ދެ ޖަލަކަށް ހަމަލާދީ، 12 މީހަކު މަރާލައިފި ކަމަަށް ރިޕޯޓުތައް ބުނެފިއެވެ. މީގެ އިތުރުން 4000ށްވުރެ ގިނަ ގައިދީން ފިލާފައިވާކަމަށް ވެއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައި ވާގޮތުގައި މި ހަމަނުޖެހުންތަކާ ގުޅިގެން މިހާރުވަނީ ހެއިޓީގެ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ކާފިއު އިއުލާންކޮށްފައެވެ.

ސަރުކާރުން ވަނީ 72 ގަޑިއިރުގެ ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން ވަގުތަށް ތަންފީޒު ކުރަން ފަށައި، ފިލައިގެން ދިޔަ ގައިދީންނާއި ވަގަށް ނެގި ގައިދީންވެސް ހޯދުމަށް ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާނެކަން އިއުލާންކޮށްފައެވެ.

ކާފިއު ތަންފީޒުކުރުމަށާއި ކުށްކުރާ އެންމެން ހައްޔަރު ކުރުމަށް ފުލުހުންނަށް އަންގާފައިވަނީ ގާނޫނީ ގޮތުން ލިބިފައިވާ ހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށާއި، ބާރުގަދަ ގޭންގް ގްރޫޕްތަކުގެ އަތްދަށުން ގައުމު ސަލާމަތްކޮށް އަމާން ތަނަކަށް ހެދުމަށް ކަމަށް، (ބޮޑުވަޒީރު އެރިއަލް ހެންރީ ގައުމުން ބޭރުގައި މަސައްކަތް ކުރައްވަމުން ގެންދަވާތީ) ބޮޑުވަޒީރުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ހުންނެވި ފިނޭންސް މިނިސްޓަރު ޕެޓްރިކް ބޮއިސްވާޓް ނެރުއްވި ބަޔާނެއްގައި ވެއެވެ.

ބާބެކިއުގެ ނަމުން މަޝްހޫރު ކުރީގެ ފުލުސް އޮފިސަރެއް ކަމަށްވާ ޖިމީ ޗެރިޒިއާ އިސްކޮށް ހަރަކާތްތެރިވާ ގޭންގުތަކުން ދަނީ ހެންރީ ވެރިކަމުން ދުރުކުރަން މަސައްކަތް ކުރަމުންނެވެ.

ނޭޝަނަލް ނެޓްވޯކް ފޯ ޑިފެންސް އޮފް ހިއުމަން ރައިޓްސްގެ ޕިއެރޭ އެސްޕެރެންސް ވިދާޅުވީ, ހޮނިހިރު ދުވަހުގެ ރޭ ހިނގި މާރާމާރީއަށްފަހު ނޭޝަނަލް ޕެނިޓެންޝަރީގެ ގާތްގަނޑަކަށް 3800 ގައިދީންގެ ތެރެއިން އެތަނުގައި ތިބީ ގާތްގަނޑަކަށް 100އެއްހާ ގައިދީން ކަމަށެވެ.

އާދީއްތަ ދުވަހު ޖަލަށް ޒިޔާރަތްކުރި އޭއެފްޕީ ނިއުސް އެޖެންސީގެ ރިޕޯޓަރަކު ބުނީ އެ ޖަލުގެ ބޭރުން ގާތްގަނޑަކަށް ޑަޒަނެއްހާ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. ގޭޓު ހުޅުވާފައި ހުރުމުން އެތެރޭގައި ތިބި މަދު ގައިދީއަކު ނޫނީ ނެތްކަމަށްވެސް އެ މީހުން ބުންޏެވެ.

ރޮއިޓަރސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވަނީ ޖަލުގައި ތިބި ފުލުހުންގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާކަމަށާއި އެ ޖަލުގެ މައި ދޮރު ހުޅުވިފައި ވާކަމަށެވެ.

ހެއިޓީގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އެ ޖަލާއި ކްރޮއިކްސް ޑެސް ބުކޭޓްސް ނަމަކަށް ކިޔާ އެހެން ފެސިލިޓީއަކަށް ދިން ގޭންގް ހަމަލާ ހުއްޓުވަން ފުލުހުން މަސައްކަތް ކުރިކަމަށެވެ. އެސްޕެރެންސް ވިދާޅުވީ 1450 ގައިދީން ބައިތިއްބާފައި ވާކަމަށް ބުނާ ދެވަނަ ޖަލުން ފިލާފައިވަނީ ކިތައް ގައިދީންކަމެއް އަދި ނޭނގޭ ކަމަށެވެ.

ސަރުކާރުން ބުނީ މި ހަމަލާތަކުގައި ޖަލުގެ މުވައްޒަފުންނާއި ގައިދީންގެ ތެރެއިން އެތައް ބަޔަކު ޒަޚަމްވެފައި ވާކަމަށެވެ.

ހެއިޓީގައި ފަހަކަށް އައިސް ހަމަނުޖެހުންތައް އިތުރުވެފައި މި ވަނީ ޖިނާއީ ޖަމާއަތްތައް އެއްބައިވަންތަކޮށް، ހެންރީގެ ވެރިކަން ވައްޓާލުމަށް ޗެރިޒިއާ ގޮވާލުމާ ގުޅިގެންނެވެ. ގޭންގްތަކުގެ އިއްތިހާދެއްގެ އިސްވެރިޔަކަށް ހުންނެވި ޗެރިޒިއާއަށް އދ.އާއި އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
07 ފެބުރުއަރީ 2017

ސީރިޔާގެ ސިއްރު ޖަލެއްގައި 13،000 މީހުން މަރާލައިފައިވޭ: އެމްނެސްޓީ

07 ފެބުރުއަރީ 2017
ސީރިޔާގެ ސިއްރު ޖަލެއްގައި 13،000 މީހުން މަރާލައިފައިވޭ: އެމްނެސްޓީ
06 ފެބުރުއަރީ 2017

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު