Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ބާރަށް ދުއްވާފައި އެހެން މީހަކު ދިޔުން އޯކޭއެއް ނޫން، ތިމާވީމަ އޯކޭ!

4 މާރިޗު 2024 | ހޯމަ 06:40

އެކްސިޑެންޓުތައް މަދުކުރެވޭނީ އެހެން މީހުންގެ ކުށް ހޯދުމުގެ ބަދަލުގައި ތިމާމީހާގެ ކުށް ދެނެގަނެގެން

މުޙައްމަދު އަރީޖް ޢާމިރު
މުޙައްމަދު އަރީޖް ޢާމިރު | 4 މާރިޗު 2024 | ހޯމަ 06:40
އާދީއްތަ ދުވަހުގެ ރޭ ދަންވަރު ހިނގި އެކްސިޑެންޓެއް

އާދީއްތަ ދުވަހުގެ ރޭ ދަންވަރު ހިނގި އެކްސިޑެންޓެއް

ގިނަމީހުންނަށް ކާރަކަށް ނުވަތަ ސައިކަލަކަށް އެރުނީމާ ދުނިޔެ ލިބުންފަދައެވެ. ގިޔަރުކަނޑާފައި ދާގޮތުން ހީވަނީ މުޅި މަގުންވެސް އޭނާ އެކަނި ދުއްވާފައި ދާހެންނެވެ. ހަނި މަގެއް ފުޅާ މަގެއް ނޯވެއެވެ. ހަތަރު ފުރޮޅުލީ އުޅަނދެއް، މަގެއްގައި މީހަކު އަރުވަން ނޫނީ ބާލަން މަޑުކޮށްލައިގެން ހިނދުކޮޅަކަށް އޮންނައިރު، މަގުމެދުގައި ސައިކަލު މަޑުކޮށްލަން ޖެހުނަސް އެ އުޅަނދުގެ ފަހަތުގައި ތިބެނީ ކެތްތެރިކަން ކުޑަ ބައެކެވެ. އެއްބަޔަކު އަޅަނީ ބަރުގޮނެވެ. އަނެއް ބަޔަކު ޕޭމަންޓު މަތިން އަރައިގެން ގޮސް ރެކިގަންނަނީއެވެ. މި އެންމެން އުޅޭގޮތުން ހީވަނީ އެކި މީހުންނަށް އެއްގަމު އުޅަނދު ދުއްވުމުގައި އޮންނަނީ އެކި ގާނޫނުތަކާއި ގަވާއިދުތަކެއް ހެންނެވެ.

މި ދެންނެވި އެންމެންވެސް ހަމަހިމޭންވާ ކުޑަކުޑަ ވަގުތުކޮޅެއް އާދެއެވެ. ފޯނު ހުޅުވާލާއިރު "ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި" ޚަބަރު ފެނުމާއެކު އެ ޚަބަރު އަވަހަށް ހުޅުވާ ކިޔާހަދައެވެ. ކިހިނެއް، ކޮންއިރަކު ހިނގި އެކްސިޑެންޓެއްތޯ ބެލުމަށެވެ. ލޮލުގައި އަޅައިގަންނަނީ "ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓިގެން ފާރަކަށް އަރާފައި" ލިޔެފައިވާ ތަނެވެ. އެއަށް އެއްޗިހި ނުގޮވާ މީހުން މަދެއްނޫނެވެ. އޭނާ ދުއްވާފައި އެދިޔައީ މޮޔަވެގެންތޯ، މަސްތުގެ ހާލަތުގައިތޯ، އަމިއްލަ ފުރާނައަށް ބެލުމެއް ނެތިތޯ، މިއީ އާއްމުކޮށް ފެންނަ ކޮމެންޓުތަކެވެ. އިރުކޮޅެއް ނުވެ، އެއްކަލަ ކޮމެންޓުތައް ކުރި މީހުން ބޭރަށް ނުކުމެ ސައިކަލަށް އަރާފައި ދެންވެސް ދަނީ ދުންޖަހާފައެވެ.

މިއީ މިއަދުގެ ގައުމުގެ ހާލަތެވެ. އަންހެން މީހަކު ދުއްވާފަ ދިޔަ ސްކޫޕީއެއްގައި ޖެހި އެކްސިޑެންޓު ވެއްޖެއްޔާ ދެން އިތުރަށް އެމައްސަލަ ތަހުގީގު ކުރާކަށްވެސް ނުޖެހޭނެއެވެ. ކުށްވެރިވާނީ ސްކޫޕީ ދުއްވި އަންހެން މީހާއެވެ. މިހާރުގެ އާއްމު ބަހުންނަމަ "ސްކޫޕީ ސިސް" އެވެ. ހަމައެގޮތަށް ފިރިހެން މީހަކު ދުއްވާފަ ދިޔަ ޖީއެން އެއްގައި ޖެހި އެކްސިޑެންޓު ވިޔަސް ވާނީ ހަމަ އެއްގޮތެވެ. މިހާރުގެ އާއްމު ބަހުންނަމަ ކުއްވެރި ވާނީ "ޖީއެން ބްރޯ" އެވެ. ތިމާމީހާ ކުށްވެރިވާކަށް ނުޖެހޭނެއެވެ. ކުށްވެރި ވާނީ އަބަދުވެސް ދެންހުރި މީހާއެވެ. މިއީ މިއަދު ކަންހިނގާ ގޮތެވެ.

މިކަންކަމަށް ހައްލެއް ގެންނަން ވެއްޖެ ނޫންތޯއެވެ؟ މިކަންކަން ހައްލު ކުރަން އެކަށީގެންވާ ފިޔަވަޅުތައް އަޅަންޖެހޭނީ ފުލުހުންނާއި ޓްރާންސްޕޯޓު މިނިސްޓްރީންކަމަށް ތިމާ ދެކޭނަމަ، މިކަންކަން ދުވަހަކުވެސް ހައްލެއް ނުވާނެއެވެ. މަގުމައްޗަށް ތިމާ ނުކުތުމުގެ ކުރިން މި މަގުތަކަކީ އެންމެން ބޭނުން ކުރާ ތަނެއްކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުން މުހިއްމެވެ. އެންމެ ކުޑަ ކުއްޖާއިން ފެށިގެން ގޮސް އެންމެ ދުވަސްވީ މީހާ ވެސް ބޭނުންކުރާނީ ހަމަ މި މަގުތަކެވެ. ދުއްވާ އުޅަނދުތަކުން އެ އަޅާ ބަރުގޮނާ، ދުންޖަހާފައި ސައިކަލު ދިޔުމުން ގަދަވާ އަޑާ، މިހުރިހާ ކަމެއްގެ ނޭދެވޭ އަސަރު މަގުމަތި ބޭނުންކުރާ އެތައް ބަޔަކަށް ކުރާނެއެވެ. ކުއްލި ސިހުން ލިބޭ މީހުންވެސް މަދެއް ނޫނެވެ.

ހަމައެއާއެކު، ސިގްނަލް ނުދީ މަޑުކުރުމާއި ސިގްނަލް ދިނުމަށްފަހު ސިގްނަލް ނުކެނޑުމާއި ސިގްނަލް ދޭފަޅި ނޫން އަނެއް ފަޅިއަށް އެޅުމާއި ލޭނުގެ ނުބައި ފަޅިން ނުވަތަ ނުބައި ލޭނުން ދުއްވުން، މިއީ ހުސް ނުރައްކާތެރި އެކްސިޑެންޓުތަކަށް މަގުފަހިވާ ކަންކަމެވެ. މިކަންކަމަށް ހޭލުންތެރި ނުވާ މީހަކު ހޭލުންތެރިވަންދެން ނުދުއްވާ ހުރުން މާ ބުއްދިވެރިއެވެ.

މިފަހަކަށް އައިސް މާލޭގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެކްސިޑެންޓު ހިނގައެވެ. އެކި މީހުންގެ ފުރާނަ ނުރައްކަލާ ހުށަހެޅި ދުނިޔެ ދޫކޮށްދާ ހިސާބަށްވެސް ދެއެވެ. ބާރަށް ދުއްވާ މީހާގެ ސަބަބުން މަޑުން ދުއްވާ މީހާގެ ދިރިއުޅުން ވެސް ނެތިދަނީއެވެ.

އެހެންކަމުން، ކިތަންމެ އަވަހަށް ތަނަކަށް ދާން ޖެހުނަސް ބާރަށް ނުދުއްވާށެވެ. ދިމާވާ އެކްސިޑެންޓަކުން ލަސްވާ ލަސްވުމަށްވުރެން މަޑުން ދުއްވާފައި އެތަނަށް ފޯރާ މީހާ މާ އަވަސްވާނެއެވެ. މިކަންކަމަށް ދިވެހިން ހޭލުންތެރިވާން ވެއްޖެއެވެ. އެނޫނީ ދުވަހަކުވެސް މިކަމެއް ހައްލެއް ނުވާނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2018

ގުޅިފައިވާ ޕާޓީތަކުގެ ދީނީ ސިޔާސަތު: އެހެން ދީނަކަށް ފުރުސަތެއް ނުދީ، ދީނީ ހަރުކަށިކަން ނައްތާލާނަން!

20 ސެޕްޓެމްބަރު 2018
ގުޅިފައިވާ ޕާޓީތަކުގެ ދީނީ ސިޔާސަތު: އެހެން ދީނަކަށް ފުރުސަތެއް ނުދީ، ދީނީ ހަރުކަށިކަން ނައްތާލާނަން!
17 ޖުލައި 2018

ރިސޯޓު މުވައްޒަފުންގެ ކަންބޮޑުވުން: އެހެން ރަށަކަށް ވޯޓުލާންދާނަމަ، މަސައްކަތަށް ބުރޫ އަރާނެ

17 ޖުލައި 2018
ރިސޯޓު މުވައްޒަފުންގެ ކަންބޮޑުވުން: އެހެން ރަށަކަށް ވޯޓުލާންދާނަމަ، މަސައްކަތަށް ބުރޫ އަރާނެ
11 ޖުލައި 2018

އިބޫ އަށް ހަމަލާދޭން އުޅުން: އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ، ކަންބޮޑުވާންޖެހޭ!

11 ޖުލައި 2018
އިބޫ އަށް ހަމަލާދޭން އުޅުން: އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ، ކަންބޮޑުވާންޖެހޭ!
02 ޖުލައި 2018

އެމްޑީޕީގެ ކެމްޕެއިން: ސްޓައިލް ފައްކާ، އެހެން ޕާޓީތަކަށް ވެސް ކަމުދޭ!

02 ޖުލައި 2018
އެމްޑީޕީގެ ކެމްޕެއިން: ސްޓައިލް ފައްކާ، އެހެން ޕާޓީތަކަށް ވެސް ކަމުދޭ!
28 ޖޫން 2018

ކޮންގެރެސް އަށް ތައްޔާރުވެއްޖެ، ނިންމާ ނިންމުމަކީ އެހެންކަމެއް!

28 ޖޫން 2018
ކޮންގެރެސް އަށް ތައްޔާރުވެއްޖެ، ނިންމާ ނިންމުމަކީ އެހެންކަމެއް!
03 މެއި 2018

ހުކުމްތައް ކުރީ ބުނިގޮތަށޯ! ދެން ބާރަށް އަތްޖަހާ.

03 މެއި 2018
ހުކުމްތައް ކުރީ ބުނިގޮތަށޯ! ދެން ބާރަށް އަތްޖަހާ.
29 އޮކްޓޯބަރު 2017

ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

29 އޮކްޓޯބަރު 2017
ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........
09 ސެޕްޓެމްބަރު 2017

އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު

09 ސެޕްޓެމްބަރު 2017
އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު
06 އޯގަސްޓު 2017

މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!

06 އޯގަސްޓު 2017
މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!
15 ޖޫން 2017

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

15 ޖޫން 2017
މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް