Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުޅަނދުތައް ޓޯ ކުރުން

ސްޓިކާ ނުޖަހާ އުޅަނދު ޓޯ ކުރާނެކަމަށް ފުލުުން ބުނެފި

ޕާކިންގ ޒޯންތަކުގައި ޕާކުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 މާރިޗު 2024 | ހޯމަ 00:51
ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ އުޅަނދު ޓޯކުރާނެކަމަށް ފުލުހުން ވަނީ ބުނެފައި

ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ އުޅަނދު ޓޯކުރާނެކަމަށް ފުލުހުން ވަނީ ބުނެފައި

ސްޓިކާ ނުޖަހައި އުޅަނދުތައް ޓޯކުރާނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިފަދައިން ބުނެފައިވަނީ އެ ހިދުމަތުން ނެރެފައިވާ ނޫސްބަޔާން އިތުރަށް ތަފްސީލުކޮށްދެމުންނެވެ. ނޫސްތަކުގައި ފުލުހުންގެ ބަޔާން އޮޅޭގޮތަށް ހަބަރު ލިޔެފައިވާތީ ފުލުހުން ނެރުނު ނޫސްބަޔާން އިތުރަށް ތަފްސީލުކޮށްދެމުން ބުނެފައިވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ނ) އަދި އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ (ށ) ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

މި މާއްދާތައް ތަފްސީލުކޮށްދެމުން ފުލުހުން ބުނެފައިވަނީ ނޫސްބަޔާނުގައި އިޝާރާތް ކުރާ މާއްދާތަކަކީ ޓޯކުރުމުގެ މާއްދާ އާއި ޕާކިން ވަޔަލޭޝަން ސްޓިކަރ ޖަހާ ހާލަތްތައް ފިޔަވައި ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރުމުގެ މައްދާ ކަމަށެވެ.

ނޫސްބަޔާނުގައި އިޝާރާތްކޮށްފައިވާ މާއްދާތަކުގެ ތެރެއިން އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ އެއްގަމު އުޅަނދެއް ގަވާއިދާ ހިލާފަށް ޕާކްކުރުމުގެ ސަބަބުން، އެ މާއްދާގެ (ށ) ގެ ދަށުން އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކުރުމުގެ އިތުރުން، ގަވާއިދާ ހިލާފަށް އުޅަނދު ޕާކުކުރި ފަރާތެއްގެ ލައިސަންސުން ޕޮއިންޓް އުނިކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވާ ކަމަށެވެ.

އަދި މި ގާނޫނުގެ 8 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ހާއްސަ އުޅަނދު ފަހަރު ފިޔަވައި އެ ނޫން އުޅަނދު ފަހަރު، އެތަނަކުން ނަގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ ތަނަކަށް ގެންދިއުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ. އެފަދައިގެން ގެންދެވޭ އުޅަނދުފަހަރާ މެދު އަމަލުކުރެވޭނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 1-68 ވަނަ މާއްދާގައިވާގޮތުގެ މަތިންނެވެ.

މި ގާނޫނުގެ ދަށުން ނުގަވައިދުން ޕާކުކޮށްފައި ހުންނަ އުޅަނދުފަހަރު ޓޯ ކުރުމުގެ ބާރު ވެސް އެ ގާނޫނުގެ ދަށުން ފުލުހުންނަށް ލިބެއެވެ.

މީގެ އިތުރުން އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގައި ބުނެފައިވަނީ އެ ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން އުޅަނދެއްގައި ޕާކިންގ ވަޔަލޭޝަން ސްޓިކާ ޖަހާ ކޮންމެ ފަހަރަކު، އުޅަނދުގެ ވެރިފަރާތް 250 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި (ށ) ގައި ބުނެފައިވަނީ އެ ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދެއްގައި ޕާކިންގ ވަޔަލޭޝަން ސްޓިކަރ ޖަހާ ހާލަތްތައް ފިޔަވައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް 750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

މާލެ، ހުޅުމާލެ ފޭސް 1 އަދި 2 ގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު މި މަހުގެ 7 ވަނަ ދުވަހުގެ ފަހުން ފިޔަވަޅު އަޅާނެކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. މީގެ ތެރޭގައި ގްރީން ޒޯން، ޕަބްލިކް ޓްރާންސްޕޯޓް ދުއްވާ މަގުތައް، މަގުތަކާއި ގޯޅިތަކުގެ ކަންމަތި، ސްކޫލް ހިމެނޭ ސަރަހައްދުތަކުގެ އިތުރުން އޮފީސް އިމާރާތްތަކާއި ހޮސްޕިޓަލްތަކާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކުރެވިފައިވާ ތަންތަނާއި މިސްކިތްތަކާއި އާންމު ގޭބީސީތަކާއި ގަރާޖުތަކަށް ވަދެނުކުމެހަދާ ފަރާތްތަކަށް ދަތިވާނެހެން ޕާކްކުރާ އުޅަނދު ފަހަރު ޓޯކުރާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ ޕާކިންގ ޒޯން ފިޔަވައި އެހެންތަނެއްގައި ޕާކު ނުކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ސިޓީގައި ހިންގި ޓްރެފިކް އޮޕަރޭޝަންގައި 315 އުޅަނދު ބަލާ ފާސްކޮށްފި

އައްޑޫ ސިޓީގައި ހިންގި ޓްރެފިކް އޮޕަރޭޝަންގައި 315 އުޅަނދު ބަލާ ފާސްކޮށްފި

25 ޖޫން 2017
ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދު ތަންފީޒުކުރުން މަޑުޖައްސާލައިފި

ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދު ތަންފީޒުކުރުން މަޑުޖައްސާލައިފި

01 ޖޫން 2017
ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން: ނާޒިމް

ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން: ނާޒިމް

15 އެޕްރީލު 2017
ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް

ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް

23 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު