Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އާރްޑީސީގެ ކޮރަޕްޝަން

އާރްޑީސީގެ ކޮރަޕްޝަން މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކާއި އަދި ސުވާލުކޮށްފަ އެއް ނުވޭ - ފުލުހުން

މިކަމާއި ގުޅިގެން 2023 ވަނަ އަހަރު ބައެއް ތަންތަން ބަލާ ފާސްކޮށްފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 3 މާރިޗު 2024 | އާދީއްތަ 14:30
ފުލުހުންނާއި އޭސީސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ފުލުހުންނާއި އޭސީސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އާރްޑީސީގެ ކޮރަޕްޝަންގެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކާއި ސުވާލުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

އާދިއްތަ ދުވަހު އޭސީސީ އާއި ފުލުހުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑު ސްޕްރިންޑަންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މި ފަދަ މައްސަލަތަކަށް ވަގުތު ހޭދަވާ ކަމަށެވެ. މިއީ މައްސަލައިގެ ޒާތުން ވެސް ވަރަށް ބޮޑަށް ބަލަން ޖެހޭ މައްސަލަ އެއް ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މިކަމާއި ގުޅިގެން އެއްވެސް ފަރާތެއްގެ ނަން އަދި ހާމަ ނުކުރަނީ އަދި މި މައްސަލަ އަކީ ތަހުގީގު ކުރިއަށްދާ ކަމަކަށް ވެފައި ވަކި ބައެއްގެ ނަން ހާމަކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މިއީ 2022 ސެޕްޓެންބަރު މަހު ހުށަހެޅި މައްސަލަ އެއް ކަމަށް ވާއިރު މިކަމާއި ގުޅިގެން 2023 ވަނަ އަހަރު ބައެއް ތަންތަން ބަލާ ފާސްކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިފަދަ މައްސަލަތަކުގައި ތަނެއް ބަލާ ފާސްކުރުމުގެ ކުރިން ވެސް ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މައްސަލަ ހުށަހެޅި ހިސާބުން ފެށިގެން ފުލުހުން އައީ އޭސީސީ އާއި އެކު ވެސް މަޝްވަރާކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މައްސަލަ އާއި ގުޅިގެން ކުރަން ޖެހޭ ޓެކްނިކަލް ކަންކަން ގިނަ ވުމުން މައްސަލަ ބަލާ ނިމޭނެ ސީދާ ދުވަހެއް އަދި ދަންނަވަން ނޭނގޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް މި މައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި މިއީ ވަަރަށް އިސްކަން ދީގެން ބަލަމުންދާ މައްސަލަ އެއް ކަަމށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ އާރްޑީސީގެ މި މައްސަލަ އާއި ގުޅިގެން ޚިޔާނާތްތެރިވާ ފައިސާގެ ސީދާ އަދަދު އެނގޭނީ ތަހުގީގުގެ އަދި ފަހުގެ މަރުހަލާއެއްގައި ކަަމަށެވެ. މިހާރު ކަމާއި ގުޅުން ހުރި ޓްރާންސެކްޝަންތަކުގެ ސައްހަކަން ބަލާ ޗެކްކުރަމުންދާ ކަަމަށް އެނާ ވިދާޅުވިއެވެ. އަދި މި ފައިސާ އަކީ ކިހިނެތް ޚިޔާނާތްތެރިވެފައިވާ ފައިސާ އެއްކަން އަދި ސީދާ ކަނޑައެޅިގެން ބުނަން ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ އެއްވެސް މީހެއްގެ މައްޗަށް ދައުވާ ކުރުމާމެދު ގޮތް ނިންމާނީ އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހޯދުމަށް ފަހު ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިހާރުވެސް މި މައްސަލައިގައި ހިމެނޭ ފައިސާ އަމިއްލަ ބޭނުމަށް އާރްޑީސީގެ މުވައްޒަފުން ބޭނުންކޮށްފައިވާކަން އެނގެން އެބައޮތް ކަަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު