Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރްޑީސީ ޚިޔާނާތުގެ މައްސަލަ

އާރްޑީސީ ހިޔާނާތުގެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ބުނާކަށް އަދި ނޭނގޭ - ފުލުހުން

3 މާރިޗު 2024 | އާދީއްތަ 14:58

މި މައްސަލަ ބަލަން ފެށީ 2022 ވަނަ އަހަރު ކަމަށް ފުލުހުން ވަނީ ބުނެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 3 މާރިޗު 2024 | އާދީއްތަ 14:58
ފުލުހުންނާއި އޭސީސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ފުލުހުންނާއި އޭސީސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އާރްޑީސީ ހިޔާނާތުގެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ބުނަން އަދި ނޭނގޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެހެން ބުނީ އެ އިދާރާއިން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގުޅިގެން ބޭއްވި އެ ނޫސްވެރިންގެ ބައްދަލުވުމަކީ އާރްޑީސީ އާއި ގުޅުން ހުރި ޚިޔާނާތުގެ މައްސަލަ އެއް ދެ އިދާރާ ގުޅިގެން ބަލަމުންދާކަން ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެކެވެ. މި މައްސަލައިގައި ޚިޔާނާތްތެރިވެފައި ވަނީ ކިހާ އަދަދެއްގެ ފައިސާ އަށްތޯ ތަކުރާރުކޮށް ސުވާލުކުރުމުން އެ ސުވާލަށް ސާފު ޖަވާބެއް ފުލުހުން ދީފައެއް ނުވެއެވެ. ފުލުހުން ވަނީ މިއީ ތަހުގީގު ހިނގަމުންދާ މައްސަލައަކަށް ވުމުން އެކަން ހާމަކުރަން އަދި އުނދަނގޫ ކަމަށް ބުނެފައެވެ. އަދި މިހާރު ކުރިއަށް ދަނީ ކޭސް ބިލްޑް ކުރުމުގެ މަސައްކަތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ހެޑް، އަހްމަދު ނާފިޒް އެންމެ ފުރަތަމަ ވިދާޅުވީ މި މައްސަލައިގައި ގިނަ އަދަދެއްގެ ބަޔަކު ޝާމިލްވާ ކަމަށެވެ. ނަމަވެސް އޭނާ ފަހުން ވިދާޅުވީ މައްސަލައިގައި ޝާމިލްވާކަން ޔަގީންވާ ތިން މިހުން ފާހަގަކުރެވޭ ކަމަށާއި އެ 3 މީހުންނަކީ ވެސް އާރްޑީސީގެ މުވައްޒަފުން ކަަމަށެވެ. އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން އަދި އަނެއް ދެ މީހުންގެ އެކައުންޓަށް 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަދެފައިވާ ކަަމަށާއި އެ ފައިސާ އާރްޑީސީ އާއި ގާތް ބައެއް މީހުންނާއި ބައެއް ކުންފުނިތަކަށް ފޮނުވާފައިވާ ކަމަށް ނާފިޒް ވިދާޅުވިއެވެ. ނާފިޒް ވަނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ ޖުމުލަ މީހުންގެ އަދަދު އަދި ދަންނަވަން ނޭނގޭ ކަމަށާއި އެ މައުލޫމާތުތައް ހާމަކޮށްފި ނަމަ ތަހުގީގަށް ހުރަސް އެޅުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފައެވެ. އަދި މި ފައިސާ ލިބުނު މީހުންގެ ތެރޭގައި ކުރީ ސަރުކާރުން އިސް ބައެއް ފަރާތްތައް ހިމެނޭ ކަމަށް ވިދާޅުވި ނަމަވެސް އެކަމާއި ގުޅޭ ތަފްސީލްތައް ހިއްސާކުރައްވާފައެއް ނުވެއެވެ.

ނާފިޒް އިތުރަށް ވިދާޅުވީ އާރްޑީސީގެ އެކައުންޓުން އެތަނުގެ އެއް މުވައްޒަފުގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހަދާފައިވާ ކަމަށެވެ. މި މައްސަލަ އާއި ގުޅިގެން ބެލި ބެލުމުން މަނީ ލައުންޑަރ ކުރުމުގެ ކުށް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ނޮވެމްބަރު 14، 2023، ގައި ބައެއް ތަންތަން ބަލައި ފާސްކޮށްފައިވާ އިރު މި މައްސަލަ ބަލަން ފެށީ 2022 ވަނަ އަހަރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މައްސަލައިގައި ހިމެނޭ އެއްވެސް މީހެއްގެ ނަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް