Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

ބެލިންހަމަށް ރަތް ކާޑު ދެއްކުމުން، އަންޗެލޮޓީ ހިތްހަމަ ނުޖެހިފައި!

މެޗުގެ ފަހު ވަގުތު ބެލިންހަމް ލަނޑު ޖެހުމުގެ ކުރިން ރެފްރީ ވަނީ ފަހު ކަށިގަނޑު ފުމެލައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 މާރިޗު 2024 | ހޯމަ 00:51
ރެއާލުން ކުޅުނު މެޗުގައި ބެލިންހަމަށް ރަތް ކާޑު ދެއްކުމުން، އެކަމާ ދެކޮޅަށް އަންޗެލޮޓީ ވާހަކަ ދައްކަނީ

ރެއާލުން ކުޅުނު މެޗުގައި ބެލިންހަމަށް ރަތް ކާޑު ދެއްކުމުން، އެކަމާ ދެކޮޅަށް އަންޗެލޮޓީ ވާހަކަ ދައްކަނީ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޖޫޑް ބެލިންހަމަށް ރަތް ކާޑު ދެއްކުމުން، އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ހިތްހަމަ ނުޖެހިއްޖެ އެވެ.

ބެލިންހަމަށް ރަތް ކާޑު ދެއްކީ ސްޕެނިޝް ލީގުގައި ރެއާލުން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގެ އެންމެ ފަހު ވަގުތު ރެފްރީ ވަނީ ބެލިންހަމަށް ރަތް ކާޑު ދައްކައިފަ އެވެ. މެޗުގެ ފަހު ވަގުތު ބެލިންހަމް ލަނޑު ޖެހުމުގެ ކުރިން ރެފްރީ ވަނީ ފަހު ކަށިގަނޑު ފުމެލައިފަ އެވެ. އެކަމާ ބެލިންހަމް އަދި ރެއާލްގެ ކުޅުންތެރިން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް، ދެކޮޅު ހަދައިފަ އެވެ. އެކަމުގެ ތެރެއިން ރެފްރީ ވަނީ ބެލިންހަމަށް ރަތް ކާޑު ދައްކައިފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު އަންޗެލޮޓީ ބުނީ، ދައްކާނެ މާބައިވަރު ވާހަކައެއް ނެތް ކަމަށާއި، ނަމަވެސް މެޗުގައި ހިނގައިދިޔަ ކަމަކީ، ބަލައި ގަންނަން އުނދަގޫ ކަމެއް ކަމަށެވެ. ޚާއްސަކޮށް ބެލިންހަމަށް ދެއްކު ރަތް ކާޑުގެ ވާހަކަ އޭނާ ފާހަަގަ ކުރި އެވެ. އަންޗެލޮޓީ ބުނީ އެކަމާ ހިތްހަމަ ނުޖެހޭ ކަމަށެވެ. އެކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ ބެލިންހަމް ރެފްރީ އަށް އިޙުތިރާމް ކުޑަ ކުރުމުގެ ގޮތުން ކަމެއް ނުކުރާ ކަމަށާއި، ބެލިންހަމް ބުނީ އެއީ ލަނޑެއް ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން ރެފްރީ ރަތް ކާޑު ދެއްކި ކަމަށާއި، އެއީ ކިހިނެއްވެ ދެއްކި ކާޑެއް ކަން ވެސް ސާފު ނުވާ ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

ވެލެންސިއާގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ދެ ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ރެއާލުން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ފަހު ވަގުތު ބެލިންހަމް ލަނޑު ޖެހި ނަމަވެސް، އެ ލަނޑު ޖަހަން ބޯޅަ ހުރަސް ކުރަނިކޮށް ރެފްރީ ވަނީ މެޗު ނިންމާލައިފަ އެވެ.

ލީގު ތާވަލްގެ އެއް ވަނައިގައި ރެއާލް އޮތީ މިހާތަނަށް ކުޅުނު 27 މެޗުން 66 ޕޮއިންޓު ހޯދައިގެންނެވެ. ރެއާލަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި ޖިރޯނާ އަށް ލިބެނީ 59 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2018

ސްޕެނިޝް ލަލީގާ: ލަނޑު ޖެހުމަށް ފަހު ކޮސްޓާ ރަތް ކާޑު ހޯދައިފި

07 ޖެނުއަރީ 2018
ސްޕެނިޝް ލަލީގާ: ލަނޑު ޖެހުމަށް ފަހު ކޮސްޓާ ރަތް ކާޑު ހޯދައިފި
03 ނޮވެމްބަރު 2017

ޔޫރޮޕާ ލީގުގެ މެޗެއް ފެށުމުގެ ކުރިން ރަތްކާޑު ދެއްކި ފުރަތަމަ ކުޅުންތެރިޔަކަށް އެވްރާ

03 ނޮވެމްބަރު 2017
ޔޫރޮޕާ ލީގުގެ މެޗެއް ފެށުމުގެ ކުރިން ރަތްކާޑު ދެއްކި ފުރަތަމަ ކުޅުންތެރިޔަކަށް އެވްރާ
29 އޮކްޓޯބަރު 2017

ދަނޑުމައްޗަށް ކުޑަކަމު ދިޔުމުން ރަތްކާޑު ދެއްކި ކުޅުންތެރިޔާ މައާފަށް އެދިއްޖެ

29 އޮކްޓޯބަރު 2017
ދަނޑުމައްޗަށް ކުޑަކަމު ދިޔުމުން ރަތްކާޑު ދެއްކި ކުޅުންތެރިޔާ މައާފަށް އެދިއްޖެ
21 އޯގަސްޓު 2017

ލަލީގާގައި އެންމެ ގިނަ ރަތް ކާޑު ހޯދި ކުޅުންތެރިޔާގެ ރިކޯޑާއި ރާމޯސް ހަމަހަމަކޮށްފި

21 އޯގަސްޓު 2017
ލަލީގާގައި އެންމެ ގިނަ ރަތް ކާޑު ހޯދި ކުޅުންތެރިޔާގެ ރިކޯޑާއި ރާމޯސް ހަމަހަމަކޮށްފި
20 އޯގަސްޓު 2017

ގްރިޒްމަންއަށް ރަތް ކާޑު، މެޗުވީ އެއްވަރު

20 އޯގަސްޓު 2017
ގްރިޒްމަންއަށް ރަތް ކާޑު، މެޗުވީ އެއްވަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު