Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްބޯޅަ ގަވާއިދު

ފުޓްބޯޅަ ގަވާއިދު ބަދަލުކޮށްފި، ބޮލަށް އަނިޔާވުމުން އިތުރު ބަދަލެއް ކުރެވޭނެ

3 މާރިޗު 2024 | އާދީއްތަ 03:52

ނޫ ކާޑަށް ރުހުމެއްނެތް

ރާއްޖެ އެމްވީ | 3 މާރިޗު 2024 | އާދީއްތަ 03:52
އިންގްލެންޑު އަދި އީރާން ކުޅުނު މެޗުގެ ތެރެއިން

އިންގްލެންޑު އަދި އީރާން ކުޅުނު މެޗުގެ ތެރެއިން

ފުޓްބޯޅަ ގަވާއިދަށް ބަދަލު ގެނެސް، އެންމެ މަތީ ފަންތީގެ މެޗުތަކުގައި ނޫ ކާޑު ޓެސްޓު ކުރަން ނިންމައިފި އެވެ.

މި ގޮތަށް ފާސްކުރީ އިންޓަނޭޝަނަލް ފުޓްބޯޅަ އެސޯސިއޭޝަން ބޯޑުގެ އަހަރީ އާއްމު ޖަލްސާގަ އެވެ.

ސްކޮޓްލޭންޑްގައި ބޭއްވި މި ޖަލްސާގައި އަންނަ ޖުލައިމަހުން ފެށިގެން އަމަލުކުރުމަށް މައިގަނޑު ގޮތެއްގައި ނިންމާފައިވަނީ ތިން ކަމެކެވެ. ފުރަތަމަ ކަމަކީ ބޮލަށް އަނިޔާވުމުން، އެ ކުޅުންތެރިޔާ ބާލައި އެހެން ކުޅުންތެރިއަކު ކުޅެން ނެރުމުގެ ހުއްދަދިނުމެވެ. ކުޅެމުންދާ މެޗެއްގައި އެ ޓީމެއްގެ ބަދަލު ހަމަވެފައިވީ ނަމަވެސް ކުޅުންތެރިއެއްގެ ބޮލަށް އަނިޔާވެގެން ބާލަންޖެހިއްޖެނަމަ އެ ޓީމަށް އެހެން ކުޅުންތެރިއަކު ކުޅެން ނެރެވޭނެ އެވެ.

ދެ ވަނަ ކަމަކީ ކީޕަރު އަތުގައި ބޯޅަ ބޭއްވާ ވަގުތު އިތުރުކުރުމެވެ. މި ގޮތުން ނިންމާފައިވަނީ އަށް ސިކުންތު ކީޕަރަށް ބޯޅަ ހިފަހައްޓައިގެން ހުރެވޭނެ ކަމަށެވެ. ކުރިން އޮންނަ ގޮތުން ކީޕަރަށް ގިނަވެގެން ބޯޅަ ހިފަހެއްޓޭނީ ހަ ސިކުންތަށެވެ.

ތިން ވަނަ ބަދަލަކީ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގެ މެޗުތަކުގައި އަޖުމަ ބެލުމުގެ ގޮތުން ނޫ ކާޑު ބޭނުން ކުރަން ފެށުމާމެދު އިތުރަށް މަޝްވަރާކުރަން ނިންމުމެވެ. ނޫ ކާޑު ތައާރަފް ކުރުމަކީ ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ވަރަށް ބޮޑަށް ދެކޮޅު ހަދާ ބަދަލަކެވެ. ނަމަވެސް ސްކޮޓްލޭންޑާއި އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ ވަރަށް ގިނަ ގައުމުތަކުން ނޫ ކާޑަށް ތާއީދު ކުރާ ކަމަށާއި އިނގިރޭސިވިލާތުގައި ވެސް ނޫ ކާޑުގެ އަޖުމަ ބަލާނެ ކަމަށެވެ.

އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުގެ ސީއީއޯ މާކް ބުލިންހަމް ވިދާޅުވީ އިނގިރޭސި ޕްރެމިއާ ލީގުގެ ކުލަބުގެ ކޯޗުން ނޫ ކާޑާ ދެކޮޅު ހަދަނީ އެންމެ ފުރިހަމައަށް މިއުސޫލާމެދު ނުވިސްނާ ކަމަށެވެ. އޭނާ ވިދާޅުވީ ނޫ ކާޑަކީ ގަސްތުގައި ކުރާ ޓެކްޓިކަލް ފައުލްތަކުން ދުރުކުރުވުމަށާއި މިހާރަށްވުރެ ބޮޑަށް ކުޅުންތެރިންނާއި އޮފިޝަލުންގެ އަހުލާގު ރަނގަޅު ކުރުމަށް ބާރު އަޅައިދޭނެ ކަމެއް ކަމަށެވެ.

ނޫ ކާޑު ދެއްކުމުގެ އަންނަ ބޮޑު އެއް ބަދަލަކީ ކާޑު ދައްކާ ކުޅުންތެރިޔާ ނުވަތަ އޮފިޝަލް 10 މިނެޓަށް ކުޅުމާ ދުރުގައި ހުންނަން ޖެހުމެވެ. ދެ ކާޑު ހަމަވެއްޖެނަމަ ރަތްކާޑަކާއެކު ދަނޑުން ފޮނުވާލެވޭނެ އެވެ.

މި ގަވާއިދަށް ފީފާ އާއި އޭއެފްސީގެ ރުހުމެއްނެތެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

24 މެއި 2017

ގައުމީ ފުޓްބޯޅަ ޓީމު ބީއެމްއެލުން ސްޕޮންސަރ ކޮށްފި

24 މެއި 2017
ގައުމީ ފުޓްބޯޅަ ޓީމު ބީއެމްއެލުން ސްޕޮންސަރ ކޮށްފި
12 މެއި 2017

ޔޫއެފާގެ ޕެނަލްޓީ ޖެހުމުގެ އާ ގަވާއިދު ޓެސްޓްކޮށްފި

12 މެއި 2017
ޔޫއެފާގެ ޕެނަލްޓީ ޖެހުމުގެ އާ ގަވާއިދު ޓެސްޓްކޮށްފި
11 މެއި 2017

ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް ވޯލްޑް ކަޕްގެ ގަވައިދު ބަދަލުކޮށްފި

11 މެއި 2017
ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް ވޯލްޑް ކަޕްގެ ގަވައިދު ބަދަލުކޮށްފި
13 މާރިޗު 2017

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 މާރިޗު 2017
އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
27 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ތާރީހު ބަދަލުކޮށްފި، މަނަންގް ބަލިކޮށް ޓީސީ ފައިނަލަށް

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ތާރީހު ބަދަލުކޮށްފި، މަނަންގް ބަލިކޮށް ޓީސީ ފައިނަލަށް
10 ފެބުރުއަރީ 2017

ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް

10 ފެބުރުއަރީ 2017
ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް