Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ބަޔާންގެ އެއްބަސްވުން ޑަޔާ އައު ކޮށްފި

ބަޔާނުން ވަނީ އިތުރު އެއް އަހަރަށް އޭނާގެ އެއްބަސްވުން އައު ކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 މާރިޗު 2024 | އާދީއްތަ 00:40
ބަޔާންގެ އެއްބަސްވުން އައު ކުރުމަށްފަހު ޑަޔާ

ބަޔާންގެ އެއްބަސްވުން އައު ކުރުމަށްފަހު ޑަޔާ

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޑިފެންޑަރު އެރިކް ޑަޔާ، އެ ކުލަބުގެ އެއްބަސްވުން އައު ކޮށްފި އެވެ.

ޓޮޓެންހަމްގައި ހުުރުމަށްފަހު، އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ މިއަހަރުގެ ޖަނަވަރީ މަހު ބަޔާނަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ބަޔާނުން ބޭނުންވާ ނަމަ، އިތުރު މުއްދަތަކަށް އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ވެސް އޮތެވެ.

އެ ފުރުސަތުގައި ބަޔާނުން ވަނީ އިތުރު އެއް އަހަރަށް އޭނާގެ އެއްބަސްވުން އައު ކޮށްފަ އެވެ. އެހެންކަމުން، 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބުގައި ހުންނާނެ އެވެ. ބަޔާނުން ޑަޔާ ހޯދީ، އެ ކުލަބުގެ ކޯޗު ތޯމަސް ޓުޗެލްގެ އެދުމުގެ މަތިން ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ޑަޔާ ހޯދުމަށް ޓުޗެލް ބޭނުންވީ، ބަޔާންގެ ޑިފެންސް ވަރުގަދަ ކުރުމަށް އޭނާ ކުރި މަސައްކަތުގެ ތެރެއިންނެވެ.

ބަޔާންގެ އައު އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުން ޑަޔާ ބުނީ، މިހާރު އޭނާގެ މުސްތަޤުބަލު އޮތީ ބަޔާނާ ގުޅިފައި ކަމަށެވެ. އެހެންކަމުން މިހާރު ބޭނުން ވަނީ ހަމައެކަނި ބަޔާނަށް ފޯކަސް ކޮށްގެން، އެ ކުލަބާއެކު ކުރިއަށް ދާން ކަމަށް ވެސް އޭނާ ބުންޏެވެ. ހަމަ އެހެންމެ، ބަޔާނާއެކު ވީއެންމެ ގިނަ ކާމިޔާބީތަކެއް ހޯދުމުގެ ޢަޒުމުގައި ހުރި ކަމަށް ވެސް ޑަޔާ ބުންޏެވެ.

ޑަޔާ ވަނީ މިހާތަނަށް ހަތް މެޗުގައި ބަޔާނަށް ކުޅެފަ އެވެ. އެއީ ޖަރުމަނު ލީގުގައި ބަޔާނުން ކުޅުނު ހަތް މެޗެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
07 ޖެނުއަރީ 2017

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު