Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިޔާގެ ފުރަތަމަ ސްޕޭސް ފްލައިޓް

އިންޑިޔާގެ ފުރަތަމަ ސްޕޭސް ފްލައިޓްގައި ދަތުރު ކުރާނެ 4 އެސްޓްރޮނޯޓުން ދައްކާލައިފި

ބޮޑުވަޒީރު ނަރެންދުރަމޯދީ ވަނީ އެމީހުންގެ ޔުނީފޯމްގައި "ގޯލްޑަން ވިންގްސް" ހަރުކޮށްދެއްވާ، އެމީހުންނަކީ މުޅިއިންޑިޔާއަށްވެސް ފަޚްރެއް ކަމަށް ވިދާޅުވެފަ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 27 ފެބުރުއަރީ 2024 | އަންގާރަ 18:41
އިންޑިޔާ ގެ ފުރަތަމަ ސްޕޭސް ފްލައިޓްގައި ދަތުރު ކުރުމަށް ހޮވިފައިވާ 4 ޕައިލެޓުންނަށް މޯދީ މަރުހަބާ ވިދާޅުވަނީ

އިންޑިޔާ ގެ ފުރަތަމަ ސްޕޭސް ފްލައިޓްގައި ދަތުރު ކުރުމަށް ހޮވިފައިވާ 4 ޕައިލެޓުންނަށް މޯދީ މަރުހަބާ ވިދާޅުވަނީ

އިންޑިޔާއިން މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ ސްޕޭސް ފްލައިޓް ގައި ދަތުރު ކުރާނެ 4 އެސްޓްރޮނޯޓުން ދައްކާލައިފިއެވެ. އެއާފޯސް ޕައިލެޓުންގެ ގޮތުގައި މަސައްކަތް ކުރަމުން އައި މިހަތަރު މީހުންނަކީ މިކަމަށް ހޮވުނު މީހުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވުނު ހަތަރު މީހުންނެވެ.

މިފަހަރުގެ ސްޕޭސް މިޝަން އަށް ދީފައިވާ ނަމަކީ "ގަގަންޔާން މިޝަން" އެވެ. މި ޕްރޮގްރާމްގެ ދަށުން ރާވާފައިވަނީ 400 ކިލޯމީޓަރު އުސްމިނުގެ އޯބިޓަކަށް އެސްޓްރޮނޯޓުން ގެން ދިއުމަށް ފަހު ތިން ދުވަސް ދަހުން އަނބުރާ ގެންނަ ގޮތަށެވެ.

މިފްލައިޓަށް ތައްޔާރު ވުމުގެ ގޮތުން އިންޑިޔާގެ ސްޕޭސް އޭޖެންސީ އިސްރޯ އިން ގެންދަނީ ތަފާތު ޓެސްތް ތައް ހަދަމުންނެވެ. މިގޮތުން އޮކްޓޯބަރުމަހުވަނީ ފޮނުވޭ ރޮކެޓަށް މައްސަލައެއް ދިމާވެއްޖެ ނަމަ ޕައިލެޓުންނަށް ސަލާމަތުން ފޭބޭނެ ކަން ޔަގީން ކޮށްފައެވެ.އެކާމިޔާބް ޓެސްޓަށް ފަހު އިސްރޯ އިން ބުނެފައިވަނީ 2024 ވަނަ އަހަރު ރޮބޮޓެއް ޖައްވަށް ފޮނުވޭނެ ކަމަށާ އަދި 2025 ވަނަ އަހަރު ފުރަތަމަ ފަހަރަށް އިންޑިޔާއިން ޖައްވަށް އިންސާނުން ފޮނުވޭނެ ކަމަށެވެ.

ހަތަރު އެސްޓްރޮނޯޓުން ދައްކާލުމަށް އަންގާރަ ދުވަހު ތިރުވަނަންދަޕޫރަމް ގައި ބޭއްވި ރަސްމިއްޔާތުގައި ބޮޑުވަޒީރު ނަރެންދުރަމޯދީ ވަނީ އެމީހުންގެ ޔުނީފޯމްގައި "ގޯލްޑަން ވިންގްސް" ހަރުކޮށްދެއްވާ، އެމީހުންނަކީ މުޅިއިންޑިޔާއަށްވެސް ފަޚްރެއް ކަމަށް ވިދާޅުވެފައެވެ. މިއީ ހަމައެކަނި ހަތަރު މީހުން ނޫން ކަމަށާ 1.4 ބިލިއަން މީހުންގެ އުންމީދުތައް ހިފައިގެން ޖައްވަށް ދަތުރު ކުރާނެ ހަތަރު "ބާރު" ކަމަށާ އެމީހުންނަށް މަރުހަބާ ކިއުމާއިއެކު ވަރަށް ކާމިޔާބް ދަތުރަކަށް އެދިވަދައިގަންނަވާކަމަށް މޯދީ ވިދާޅުވެފައި ވެއެވެ.

އޮފިޝަލުން މައުލޫމާތު ދީފައިވާ ގޮތުގައި ހަތަރު މީހުން ހޮވާފައިވަނީ އެއާފޯސް ޕައިލެޓުންގެ ތެރެއިންނެވެ. އަދި ޝޯޓްލިސްޓް ކުރުމުގެ ގޮތުން ފިޒިކަލް އަދި ސައިކޮލޮޖިކަލް ޓެސްޓް ތައް ފުރިހަމަ ކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ.

ހޮވުނު ޕައިލެޓުން 13 މަސްދުވަސް ވަންދެން ރަޝިޔާގައި ވަރަށް އުދަގޫ ޓްރެއިނިންގ ތަކެއް ވަނީ ފުރިހަމަ ކޮށްފައެވެ. އަދި އެބުރި ގައުމަށް އައުމަށްފަހު މިހާރުވެސް ގެންދަނީ ތަމްރީންތައް ހަދަމުންނެވެ.

އަންގާރަ ދުވަހު "އިސްރޯ" އިން ވަނީ މިއަހަރު ސްޕޭސް އަށް ފޮނުވުމަށް ހަމަޖެހިފައިވާ ރޮބޮޓް ވެސް ދައްކާލާފައެވެ.

މިހާރު ކުރިޔަށް ގެންދާ "ގަގަންޔާން ޕްރޮޖެކްޓް" ގެ އަގަކީ އެއް ބިލިއަން ޑޮލަރެވެ. މި ދަތުރު ކާމިޔާބް ވެއްޖެ ނަމަ އިންޑިޔާވާނީ ޖައްވަށް އިންސާނުން ފޮނުވި ހަތަރުވަނަ ގައުމަށެވެ. ކުރިން ސޯވިއެޓް ޔޫނިއަން، އެމެރިކާ އަދި ޗައިނާއިން ވަނީ ޖައްވަށް މީހުން ފޮނުވާފައެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
22 މާރިޗު 2017

ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ

22 މާރިޗު 2017
ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ
06 މާރިޗު 2017

އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

06 މާރިޗު 2017
އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ
02 މާރިޗު 2017

ލަދުގަންނަން ޖެހިވަޑައިގެންފާނެތީ ރައީސް ޓްރަމްޕް އިނގެރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅު ލަސްކޮށްފި

02 މާރިޗު 2017
ލަދުގަންނަން ޖެހިވަޑައިގެންފާނެތީ ރައީސް ޓްރަމްޕް އިނގެރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅު ލަސްކޮށްފި
26 ފެބުރުއަރީ 2017

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި
25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
07 ފެބުރުއަރީ 2017

ހުއްޓުމެއް ނެތި ކުރާ އެންމެ ދިގު ދަތުރުގެ ރެކޯޑް ގަތަރު އެއާވޭސްއަށް

07 ފެބުރުއަރީ 2017
ހުއްޓުމެއް ނެތި ކުރާ އެންމެ ދިގު ދަތުރުގެ ރެކޯޑް ގަތަރު އެއާވޭސްއަށް
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު