Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް އިންތިހާބު

ރޯދަ މަހުގައި އިންތިހާބު ބާއްވަން ބޭނުންވާތީ ބިލު ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވައިފި

ބިލު އަނބުރާ ފޮނުވާލީ ބަންޑާރަނައިބުގެ ލަފަޔާއެކު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 ފެބުރުއަރީ 2024 | ހޯމަ 14:11
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު

ރޯދަ މަހުގެ ފަހުން މަޖިލިސް އިންތިހާބު ބާއްވަން، އިންތިހާބުތަކާއި ބެހޭ އާންމު ގާނުނަށް ގެނައި އިސްލާހު ތަސްދީގުކުރަން ފޮނުވާފައިވަނިކޮށް، ރޯދަ މަހުގައި އިންތިހާބު ބާއްވަން ބޭނުންވާތީ ބިލު ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވައިފިއެވެ.

އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް 5 ވަނަ އިސްލާހު ގެނައި ބިލު، ރައްޔިތުންގެ މަޖިލީހުން ވަނީ 11 ފެބްރުއަރީ 2024 ވަނަ ދުވަހު ފާސްކޮށް، 12 ފެބްރުއަރީ 2024 ގައި ތަސްދީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވާފައެވެ.

Advertisement - newsAdvertisement

އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގެ 43 ވަނަ މާއްދާ އިސްލާހުކޮށް، 43 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ، އިންތިޚާބުތަކުގައި އެ އިންތިޚާބެއްގައި ވޯޓު ނަގާ ގަޑިއާއި، އާންމު އުސޫލެއްގެ ގޮތުން ވޯޓު ނަގައި ނިންމާ ގަޑިއާއި، ވޯޓު ގުނަން ފަށާ ގަޑި ކަނޑައަޅައި، އިއުލާންކުރާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ. މި މާއްދާގެ (ށ)ގައި ބުނެފަައިވަނީ، މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބުނެފައި އޮތްނަމަވެސް، ރަމަޟާން މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވާއިގެން ނުވާނެ ކަމަށެވެ. އަދި އިންތިޚާބު ބާއްވަންޖެހޭ ތާރީޚު ރަމަޟާން މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިޚާބެއް ބާއްވަންވާނީ ރަމަޟާން މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށެވެ.

43 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ މި ހާލަތުގައި، އެ އިންތިޚާބަކާގުޅޭ ޚާއްސަ ގާނޫނުގެ ދަށުން، ނުވަތަ މި ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލުކުރެވެން ނެތް ހާލަތެއް ކުރިމަތިވާނަމަ، މި މާއްދާގެ (ށ)ގައި ބުނެފައިވާ ގޮތަށް އިންތިޚާބު ބޭއްވުމަށްޓަކައި އެ މުއްދަތުތަކަށް ބަދަލުގެނެސް، އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަންވާނެ ކަމަށެވެ.

ނަމަވެސް ސިޔާސީ ޕާޓީތަކުންނާއި، އިދާރާތަކުން އަދި އިލެކްޝަންސް ކޮމިޝަނުންވެސް މަޖިލިސް އިންތިހާބު ރޯދަ މަހުގައި ބާއްވާތީ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް، އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ވަނީ ތަސްދީގު ނުކޮށް 2 ހަފްތާ ފަހުން އަނބުރާ މަޖިލީހަށް ފޮނުވާލާފައެވެ.

މިކަމާއި ގުޅިގެން ސަރުކާރުން ބުނެފައިވަނީ އިސްލާހު އަނބުރާ ފޮނުއްވާލެއްވީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީގެ 91 ވަނަ މާއްދާގެ ދަށުން ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން ކަމަށެވެ. އަދި ބިލު އޮތް ގޮތުން ބިލުގައި، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ތަޢާރުޒުވާ ކަންކަމާއި، ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތީން އިންތިހާބުތައް ބޭއްވުމާއި އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖްރާއާތުތައް ކަނޑައަޅާފައިވާކަން ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން އެކަންކަން އިސްލާހު ކުރެއްވުމަށްޓަކައި ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ބަންޑާރަނައިބު ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވާފައިވާ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

ރޯދަމަހުގައި މަޖިލިސް އިންތިޚާބު ބާއްވާތީ ސިޔާސީ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިންތިޚާބާ ގުޅިގެން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، މަޖިލިސް އިންތިޚާބު ރޯދަ މަހު ބޭއްވުމަކީ އެ ކޮމިޝަނުން ވެސް ބޭނުންވި ގޮތެއް ނޫންކަމަށެވެ. އެހެންނަމަވެސް އެއީ ޕްރެޝަރު އޮވެގެން ކުރި ކަމެއް ނޫންކަމަށް ހަބީބު ވިދާޅުވިއެވެ. 

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު