Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

ކުރިއަށް އޮތް މެޗު ކުޅެން ލިވަޕޫލްގައި ޓީމެއްނެތް: ކްލޮޕް

12 ކުޅުންތެރިއަކު ތިބީ އަނިޔާގައި: ކްލޮޕް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 27 ފެބުރުއަރީ 2024 | އަންގާރަ 08:33
ކްލޮޕް ލިވަޕޫލްގެ ބައެއް ކުޅުންތެރިންނާއެކު

ކްލޮޕް ލިވަޕޫލްގެ ބައެއް ކުޅުންތެރިންނާއެކު

ކުރިއަށް އޮތް އިނގިރޭސި އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ލިވަޕޫލް ކުޅެން ޖެހޭ މެޗަށް ޓީމު ހަމަވާން ނެތް ކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

އޭނާ މިހެން ބުނީ އާދީއްތަ ދުވަހުގެ ރޭ ޗެލްސީ ބަލިކޮށް ކަރަބޯ ކަޕް ކާމިޔާބު ކުރުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އަނިޔާގެ ސަބަބުން ލިވަޕޫލްގެ މުހިންމު ގިނަ ކުޅުންތެރިން ތިބީ ކަރަބޯ ކަޕް ފައިނަލް މެޗު ވެސް ނުކުޅެ ކުޅިބަލާށެވެ.

އޭގެ ތެރޭގައި ފޯވަޑް މުހައްމަދު ސަލާހް އާއި ޖިއެގޯ ޖޮޓާ އާއި ޑްރަވިން ނޫނޭޒް އާއި މިޑްފީލްޑަރު ސޮބޮސްލާއީ އާއި ކާޓިސް ޖޯންސް އާއި ތިއާގޯ އަލްސަންޓާރާ އާއި ޑިފެންޑަރު އެލެކްސް އެލެގްޒެންޑާ އާނޮލްޑް އާއި ޖޮއެލް މަޓިޕް އާއި ކީޕަރު އަލިސަން ބެކާ ހިމެނެ އެވެ. މި ހުރިހާ ކުޅުންތެރިންނަކީ ވެސް ފުރަތަމަ 11ގައި ކުޅޭ މުހިންމު ކުޅުންތެރިންނެވެ.

މި ކުޅުންތެރިން ނެތި ރޭ ލިވަޕޫލް ޗެލްސީއާ ދެކޮޅަށް ކުޅެ މޮޅުވީ ކުޑަކުދިން ގޮވައިގެން ކަމަށް އިނގިރޭސި ބައެއް އެނަލިސްޓުން ދަނީ ބުނަމުންނެވެ. އޭގެ ތެރޭގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ގެރީ ނެވިލް ހިމެނެ އެވެ.

ޗެލްސީ މެޗުގައި ލިވަޕޫލްގެ ދެ ކުޅުންތެރިއަކަށް ވަނީ އަނިޔާވެފަ އެވެ. އެއީ މިޑްފީލްޑަރު ރަޔަން ގަރަވެންބާޗް އާއި ވަޓަރޫ އެންޑޯ އެވެ. މީގެ ތެރެއިން ގަރަވަންބާޗް ފުރަތަމަ ހާފުގައި އަށިގަނޑުގައި ދަނޑުން ބޭލީ ފައިގައި ރެނދުލުމުގެ ސަބަބުންނެވެ. އެންޑޯ ހުރީ މެޗު ނިމުނުއިރު ޕްރޮޓެކްޓިވް ބޫޓެއްގަ އެވެ.

ދެން އޮތް މެޗު ކުޅެން ޓީމެއް ނެތް ކަމަށް ކްލޮޕް ބުނީ މިހުރިހާ ކުޅުންތެރިންނަށް ވެސް ނުކުޅެވޭނެތީ އެވެ.

އޭނާ ބުނީ އިނގިރޭސިވިލާތަކީ އޭނާ ވަރަށް ގަޔާވާ ގައުމަކަށްވިޔަސް އިނގިރޭސި ފުޓްބޯޅަ ސީޒަނުގެ މެޗުތަކުގެ އަދަދާއި ތާވަލާމެދު ގަޔާނުވާ ކަމަށެވެ.

އަދި ސީޒަނުގެ އެންމެ މުހިންމު ދުވަސްކޮޅު އަނޔާގެ މައްސަލަތައް ދިމާވުމުން ޕްރެމިއާ ލީގު ކާމިޔާބު ކުރަން ކުރާ މަސައްކަތުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު