Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެކްސަސައިޒް ދޯސްތީ-16

"އެކްސަސައިޒް ދޯސްތީ-16" ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި

މި އެކްސަސައިޒަކީ ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓްގާޑުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރިޔަށްގެންދާ އެކްސަސައިޒެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2024 | ހޮނިހިރު 11:35
"އެކްސަސައިޒް ދޯސްތީ-16" ފެށުމުގެ ރަސްމިއްޔާތު

"އެކްސަސައިޒް ދޯސްތީ-16" ފެށުމުގެ ރަސްމިއްޔާތު

އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ކޯސްޓްގާޑް އަދި ސްރީލަންކާގެ ކޯސްޓްގާޑް ގުޅިގެން ހިންގާ "ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ-16" ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި އެކްސަސައިޒް ފެށުމުގެ ގޮތުން މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާއީ ވަޒީރު، އޮނަރަބަލް މުހައްމަދު ޣައްސާން މައުމޫނެވެ.

ފެބުރުވަރީ 22ން 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި އެކްސަސައިޒަކީ ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާގެ  ކޯސްޓްގާޑުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާއި، ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ގައުމުގެ ކޯސްޓްގާޑް ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދެނެގަތުމުގެ މަގުސަދުގައި ބާއްވާ އެކްސަސައިޒެކެވެ.

ތިން ގައުމު ގުޅިގެން ހިންގާ "އެކްސަސައިޒް ދޯސްތީ"ގައި، މެރިޓައިމް އިންޓަރޑިކްޝަން އޮޕަރޭޝަންސް، ކަނޑުމަތީގެ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކާއި، މެރިޓައިމް ސަރވޭލަންސް އަދި ކޮމިއުނިކޭޝަން ޑްރިލްތައް ކުރިއަށްގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި ތަމްރީނުތަކުގެ ސަބަބުން ތިން ގައުމުގެ އަސްކަރީ ތަޖުރިބާތައް އިތުރުވެ، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކަށް އިޖާބަދިނުމުގައި، ގުޅިގެން މަސައްކަތް ކުރުމުގެ  ގާބިލުކަން އިތުރުވެގެންދާނެއެވެ. މި އެކްސަސައިޒްގެ އަމަލީ ފަރިތަކުރުންތައް ކުރިއަށްދަނީ މާލެއާއި މާލެ ކައިރިން ކަނޑުގެ ސަރަހައްދުގައެވެ.

ސިލްސިލާގޮތެއްގައި "އެކްސަސައިޒް ދޯސްތީ"ގެ ތަމްރީނުތައް ކުރިއަށް ގެންދާތާ 30 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މިއީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު، އިންޑިއާ ކޯސްޓްގާޑާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަމުންދާ އެކްސަސައިޒެކެވެ. މި އެކްސަސައިޒްގައި ސްރީލަންކާ ބައިވެރިވާން ފަށާފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. މި އެކްސަސައިޒްގެ އޮބްޒާވަރެއްގެ ގޮތުގައި މިއަހަރު ބަންގްލަދޭޝް ކޯސްޓްގާޑުންވެސް ބައިވެރިވާނެއެވެ.

މި އެކްސަސައިޒް ފެށުމުގެ ރަސްމިއްޔާތުގައި، ދިވެހި ދައުލަތުގެ ބައެއް މިނިސްޓަރުންނާއި، ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ހިލްމީއާއި، އެޑިޝަނަލް ޑައިރެކްޓަރ ޖެނެރަލް އޮފް އިންޑިއަން ކޯސްޓްގާޑް، އެޑިޝަނަލް ޑައިރެކްޓަރ ޖެނެރަލް ޕަރަމޭޝްއާއި، ރާއްޖޭގައި ތިއްބެވި ބައެއް ބޭރު ގައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގަތެވެ. 

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީން މާފަންނު ދެކުނު ދައިރާއަށް ކުރިމަތިލާ ކެންޑިޑޭޓްގެ ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއް ބާއްވައިފި

އެމްޑީޕީން މާފަންނު ދެކުނު ދައިރާއަށް ކުރިމަތިލާ ކެންޑިޑޭޓްގެ ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއް ބާއްވައިފި

29 އެޕްރީލު 2017
ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓުގެ ޕޯސްޓަރ ތަތްކުރުމުގެ ހަރަކާތް ބާއްވައިފި

ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓުގެ ޕޯސްޓަރ ތަތްކުރުމުގެ ހަރަކާތް ބާއްވައިފި

18 އެޕްރީލު 2017
ގުރައިދޫގައި އެމްޑީޕީގެ މެމްބަރުންނާއި އެކު ބައްދަލުވުމެއް ބާއްވައިފި

ގުރައިދޫގައި އެމްޑީޕީގެ މެމްބަރުންނާއި އެކު ބައްދަލުވުމެއް ބާއްވައިފި

15 އެޕްރީލު 2017
އިންސާފެވެރި އިންތިޚާބެއް ބާއްވައިފިނަމަ 3 ޕަސެންޓްވެސް ރައީސް ޔާމީނަށް ނުލިބޭނެ: ނާޒިމް

އިންސާފެވެރި އިންތިޚާބެއް ބާއްވައިފިނަމަ 3 ޕަސެންޓްވެސް ރައީސް ޔާމީނަށް ނުލިބޭނެ: ނާޒިމް

09 އެޕްރީލު 2017
އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު