Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

ނާގަލްސްމަންގެ ފާޑު ކިޔުން ބަޔާނަށް!

ބަޔާނުން އޭނާ ވަކި ކުރީ، އޭނާގެ އިރުޝާދުގެ ދަށުން އެ ކުލަބަށް ނަތީޖާ ނުނެރެވޭތީ، ކުލަބުގެ އިސްވެރިން ބޭނުންވެގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2024 | އާދީއްތަ 00:07
ބަޔާން މިއުނިކްގެ ކޯޗަކަަށް ހުރި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން

ބަޔާން މިއުނިކްގެ ކޯޗަކަަށް ހުރި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން

ޖަރުމަނުގެ ބަޔާން މިއުނިކްގެ ކުރީގެ ކޯޗު، ހޫލިއަން ނާގަލްސްމަން އެ ޓީމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.

އުމުރުން 36 އަހަރުގެ ނާގަލްސްމަން ބަޔާންގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. ބަޔާނުން އޭނާ ހޯދީ، އޭގެ ކުރިން އާރްބީ ލައިޕްޒިގްގައި އޭނާ ކުރި ކާމިޔާބު މަސައްކަތުގެ ސަބަބުންނެވެ. ބަޔާންގެ ކޯޗުކަމާ ނާގަލްސްމަން ހަވާލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، މިދިޔަ އަހަރު ބަޔާނުން ވަނީ ނާގަލްސްމަން ވަޒީފާ އިން ވަކިކޮށްފަ އެވެ. ބަޔާނުން އޭނާ ވަކި ކުރީ، އޭނާގެ އިރުޝާދުގެ ދަށުން އެ ކުލަބަށް ނަތީޖާ ނުނެރެވޭތީ، ކުލަބުގެ އިސްވެރިން ބޭނުންވެގެންނެވެ.

ނާގަލްސްމަން ވަކި ކުރުމަށްފަހު ބަޔާނުން އެ ޓީމުގެ ކޯޗަަކަށް ގެނައީ ތޯމަސް ޓުޗެލް އެވެ. ޓުޗެލް އާއެކު ވެސް ބަޔާންގެ ނަތީޖާތައް ދަށްވެ، މި ސީޒަންގެ ޖަރުމަނު ލީގުގެ ތަށި އެ ޓީމަށް ދިފާއު ނުކުރެވޭނެ ކަމުގެ ބިރު ބޮޑުވެފައިވާއިރު، މި ސީޒަނަށް ފަހު ޓުޗެލް ވަނީ އެ ކުަލަބު ދޫކޮށްލަން ވެސް ނިންމައިފަ އެވެ. އެއީ ބަޔާންގެ އިސްވެރިންނާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު އެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަމުން ނާގަލްސްމަން ބުނީ، އޭނާ ބަޔާނާ ހަވާލުވީ ކަންކަން ބަދަލު ކުރުމަށް ކަމަށެވެ. އަދި އޭނާާ އަށް ހަވާލުކޮށްފައި އޮތް މަސައްކަތަކީ ވެސް ކަންކަން ބަދަލުކޮށް، ބަޔާނަށް ކާމިޔާބު ހޯދުން ކަމަށް ނާގަލްސްމަން ބުންޏެވެ. ނާގަލްސްމަން ބުނީ ބައެއް ކުލަބުތަކުން، އެ ކުލަބުތަކާ ހަވާލުވާ ކޯޗުންނަށް ވަަގުތު ދޭ ކަމަށެވެ. އޭނާ އެ އިޝާރާތް ކުރީ ބަޔާނުން އޭނާ އަށް އެކަށީގެންވާ ވަގުތު ނުދޭ ކަމަށެވެ.

މީގެ އިތުރުން ނާގަލްސްމަން ބުނީ، ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އަށް އެ ޓީމާއެކު ކާމިޔާބު ހޯދުނީ ފަސް އަހަރު ފަހުން ކަމަށެވެ. ހަމައެހެންމެ މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާާ އަށް، ފުރަތަމަ ފަހަރަށް އެކުލަބާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވުނީ ހަތް އަހަރު ފަހުން ކަމަށް ވެސް އޭނާ ފާހަގަ ކުރި އެވެ. އެހެން ނަމަވެސް، ރަނގަޅު ޓީމެއް ބިނާކޮށްގެން، ރަނގަޅު މަސައްކަތެއް ކުރުމަށް ބަޔާންގައި އެކަށީގެންވާ ވަގުތު ނުލިބޭނެ ކަމަށް އޭނާ ބުންޏެވެ.

ބަޔާންގެ ކޯޗުކަމުން ވަކި ކުރި ފަހުން، މިހާރު ނާގަލްސްމަން އިރުޝާދު ދެމުން އަންނަނީ ޖަރުމަނުގެ ޤައުމީ ފުޓުބޯޅަ ޓީމަށެވެ. އެ ޓީމުގައި އޭނާއާ ހަވާލުކޮށްފައިވާ އެންމެ ބޮޑު މަސައްކަތަކީ އަމިއްލަ ޤައުމުގައި މިއަހަރު އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވާރލްޑް ކަޕުން ކެޓުމުން ސްޕެއިންގެ މީޑިއާގެ ފާޑުކިޔުން ޤައުމީ ޓީމަށް

ވާރލްޑް ކަޕުން ކެޓުމުން ސްޕެއިންގެ މީޑިއާގެ ފާޑުކިޔުން ޤައުމީ ޓީމަށް

02 ޖުލައި 2018
ފާޑުކިޔާ ފަރާތްތަކަށް ޕޮގްބާގެ ހޫނު ރައްދެއް

ފާޑުކިޔާ ފަރާތްތަކަށް ޕޮގްބާގެ ހޫނު ރައްދެއް

05 ޖޫން 2018
ޗެތުރީގެ އާދޭސް ސަޕޯޓަރުންނަށް: ފާޑުކިޔަން ބޭނުންވިޔަސް ދަނޑަށް އާދޭ

ޗެތުރީގެ އާދޭސް ސަޕޯޓަރުންނަށް: ފާޑުކިޔަން ބޭނުންވިޔަސް ދަނޑަށް އާދޭ

03 ޖޫން 2018
މެސީއަށް ފާޑުނުކިޔޭނެ، އޭނާއަކީ އާޖެންޓީނާގެ އެންމެ މުހިންމު ކުޅުންތެރިޔާ: ޑިއޭގޯ ކޮސްޓާ

މެސީއަށް ފާޑުނުކިޔޭނެ، އޭނާއަކީ އާޖެންޓީނާގެ އެންމެ މުހިންމު ކުޅުންތެރިޔާ: ޑިއޭގޯ ކޮސްޓާ

28 މާރިޗު 2018
ފާޑުކިޔާ މީހުންނަށް ރޮނާލްޑޯގެ ހޫނު ރައްދެއް

ފާޑުކިޔާ މީހުންނަށް ރޮނާލްޑޯގެ ހޫނު ރައްދެއް

27 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު