Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކަތުރުފަނި

ޢިމާރާތް ކުރުމުގެ ވައްޓަފާޅި ތަރައްޤީ ކުރަން، ކަތުރުފަނީގެ ހާލިތަކަށް!

އެންމެ ގިނައިން ފެންނަނީ ހޫނު، ވައިގެ ތެތްކަން ގަދަ، ގަސްބޯ ޖަންގަލި ފަދަ ތަންތަނުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2024 | ހުކުރު 17:40
ބައެއް ކަހަލަ ކަތުރުފަންޏަކީ ހިރަފުސް ވެއްޔާއި، މަށި ނުވަތަ ހަފާ ޗިސްކޮށްފައި ހުންނަ ލަކުޑިން ފަރުބަދަބަރި ޒާތުގެ ބިނާތަކެއް އަޅަމުންދާ ސޫފިތަކެއް

ބައެއް ކަހަލަ ކަތުރުފަންޏަކީ ހިރަފުސް ވެއްޔާއި، މަށި ނުވަތަ ހަފާ ޗިސްކޮށްފައި ހުންނަ ލަކުޑިން ފަރުބަދަބަރި ޒާތުގެ ބިނާތަކެއް އަޅަމުންދާ ސޫފިތަކެއް

ކަރުދާހާއި ލަކުޑީގައި އަޅާ ކަތުރުފަންޏަކީ އަހަރެމެން ދިވެހިންގެ ތެރެއިން ގިނަ މީހުންނަށް އައު ސޫތްޕަކަށް ނުވާނެއެވެ. ފިޔަލައިގެން އުދުހުމުގެ ޤާބިލުކަންވެސް ލިބިފައިވާ ކަތުރުފަނި އެތަނަކަށް ގަދަކޮށްފި ކޮންމެ ތަނެއް ހަލާކު ކުރެއެވެ. ކަތުރުފަންޏެއްގެ ކުޑަ ނަމަވެސް ނިޝާނެއް ފެންނަ އިރަށް މުޅި ތަން، ސާފު ކުރުމަށް އަވަސްވެ ގަނެއެވެ. ނަމަވެސް، ސްވީޑަންގެ އަރކިޓެކްޗަރ ލެކްޗަރަރ، ޑޭވިޑް އެންޑްރީންއަށް ކަތުރުފަނި ފެންނަނީ މުޅިން ތަފާތު ނަޒަރަކުންނެވެ.

ލަންޑް ޔުނިވަރސިޓީގައި ސީނިއަރ ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތް ކުރާ އެންޑްރީންގެ ދިރާސާ ޢަމާޒު ކޮށްފައި ވަނީ، ކަތުރުފަނީގެ ދިރިއުޅުމުގެ ވައްޓަފާޅި ބަލާ، ދަސްކޮށްގެން، ޢިމާރާތް ކުރުމުގެ ދާއިރާއަށް އާ އުކުޅުތަކަކާއި ވަޞީލަތްތަކެއް ތަޢާރަފު ކުރުމަށެވެ. އުންމީދަކީ ޢިމާރާތްތަކުގެ ފިނިހޫނުމިން ކޮންޓްރޯލް ކުރުމަށް، ވީހާވެސް މަދު ހަކަތައެއް ބޭނުން ކުރެވޭނެ ގޮތެއް ހޯދުމެވެ. އޭގެ އިތުރަށް، އެންޑްރީން ދަނީ ފަންގަސް ބޭނުން ކޮށްގެން ޢިމާރާތް ކުރެވިދާނެ ގޮތްތައްވެސް ހޯދާ ދިރާސާ ކުރަމުންނެވެ.

އެ ތަނެއްގައި ކަތުރުފަނި އަޅައިފި ތަނެއްގައި އެ ކަތުރުފަނިތައް "ތަރައްޤީ ކުރާ" ހޮހަޅަތަކާއި، ވައި ދައުރު ކުރާ މަގުތަކަކީ، އަދުގެ ޢިމާރާތްތަކުގެ ފިނިހޫނުމިން ކޮންޓްރޯލް ކުރަން ބޭނުން ކުރާ ނިޒާމަށް ވުރެ މަދު މިންވަރެއްގެ ހަކަތަ ބޭނުންކުރާ ނިޒާމުތަކެއް އުފެއްދުމަށް މުހިންމު ފިލާވަޅުތަކެއް ލިއްބައިދޭނެ ތަންތަނަށް ވާނެ ކަމަށް އެންޑްރީން އުންމީދު ކުރެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް، 2800 ބާވަތެއްގެ ކަތުރުފަނި އުޅެއެވެ. އެންމެ ގިނައިން ފެންނަނީ ހޫނު، ވައިގެ ތެތްކަން ގަދަ، ގަސްބޯ ޖަންގަލި ފަދަ ތަންތަނުންނެވެ. ކަތަރުފަނީގެ މައިގަނޑު ކެއުމަކީ ސެލޫލޯޒްއެވެ. ސެލޫލޯޒް ލިބޭ މަސްދަރުތަކުގެ ތެރޭގައި ލަކުޑި، ފަނާ ވަމުން ދާ ފަތާއި ވިނަ ހިމެނެއެވެ.

ބައެއް ކަހަލަ ކަތުރުފަންޏަކީ ހިރަފުސް ވެއްޔާއި، މަށި ނުވަތަ ހަފާ ޗިސްކޮށްފައި ހުންނަ ލަކުޑިން ފަރުބަދަބަރި ޒާތުގެ ބިނާތަކެއް އަޅަމުންދާ ސޫފިތަކެކެވެ. އެފަދަ ތަންތަން ހަދާފައި ހުންނަނީ ފެން މަދު ސަރަޙައްދުގައެވެ. ކަތުރުފަނީގެ ހާލިތަކަށް ބޭނުންވާ ވައި ދައުރު ކުރުވުމަށާއި، ވައިގެ ތެތްކަން ހިފެހެއްޓުމުގެ ޤުދުރަތީ ނިޒާމެއްގެ ގޮތުގައެވެ. 

އެންޑްރީން ދަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ކަތުރުފަނި އަޅާފައި ހުރި ތަންތަނަށް ގޮސް، ކަތުރުފަނީގެ ފަރުބަދަ ހޮހަޅަތަކާއި ހާލިތައް ބަލާ، ދިރާސާ ކުރަމުންނެވެ. އެގޮތުން ނެމީބިއާ އަދި އިންޑިއާ ފަދަ ޤައުމުތަކަށް މިހާރުވެސް އޭނާ ވަނީ ދަތުރުކޮށްފައެވެ.

ކަތުރުފަނި ބިނާކުރާ ފަރުބަދަތަކަކީ ބައެއް ފަހަރު އެތައް މީޓަރަކަށް އުފުލިގެންދާ ފަރުބަދަތަކަކަށް ވާ އިރު، އެންޑްރީން ވަނީ އެތަންތަނުން ސާމްޕަލް ނަގާފައެވެ. އަދި ސީޓީ ސްކޭނަރ ބޭނުން ކޮށްގެން، އެ ސާމްޕަލްތަކާ ބެހޭ އިތުރު މަޢުލޫމާތު އެއްކޮށްފައިވެއެވެ. ސީޓީ ސްކޭނަރތަކުގެ އެހީގައި އެންޑްރީން ވަނީ ޑިޖިޓަލް މޮޑެލްތަކެއް ތަރައްޤީކޮށް، އިންސާނުންނަށް ޚާއްޞަ ކޮށްފައި ހުންނަ ޢިމާރާތްތަކުގައި އެ ނިޒާމް ބޭނުން ކުރެވިދާނެ ގޮތުގައި 3ޑީ ފަރުމާތަކެއްވެސް އުފައްދާފައެވެ.

އެންޑްރީންއާއި އޭނާއާއެކު މަސައްކަތް ކުރާ ޓީމުން ވަނީ މެރިސްޓަމް ވޯލްގެ ނަމުގައި އެފަދަ ފާރެއް، ޢާންމުކޮށް ފެންނާނެހެން ލަންޑް ޔުނިވަރސިޓީގައި ތަރައްޤީ ކޮށްފައެވެ. ކަތުރުފަނީގެ ހޮހަޅަތަކުން އެއްކުރި މަޢުލުމާތުގެ އެހީގައި ފަރުމާކޮށްފައި ފާރަކީ، އަދުގެ ޢިމާރާތްތަކުގެ ފާރުތަކުގެ ތެރެއިން ދަތުރުކުރާ އެކި ޒާތްޒާތުގެ ނަރުތަކާއި ހޮޅިތަކުގެ ހައިޖާނުގަނޑަށް ޙައްލު ހޯދައިދޭނެ ކަމެއް ކަން، އެންޑްރީން ދަނީ ދައްކައިދެމުންނެވެ.

ކަތުރުފަންނާ ރަމްޒީ ގޮތެއްގައި ގުޅުވިފައި އޮންނަ އެކައްޗަކީ ފަންގަހެވެ. ކަތުރުފަނީގެ ބައެއް ހޮހަޅަތަކުގައި ފަންގަސް އާލާވެއެވެ. އެއީ ބައެއް ކަހަލަ ކަތުރުފަނީގެ ކެއުމުގެ މަސްދަރުވެސްމެއެވެ. ފަންގަހުގެ ވެށިވެސް، އެންޑްރީންގެ ސަމާލުކަން ދަމައިގަތެވެ. އެންޑްރީންގެ ޓީމުން ވަނީ ފަންގަހުގެ ވެށިން ސާމްޕަލް އެއްކޮށްގެން، ޢިމާރާތް ކުރުމުގައި ކުރެވިދާނެ ގޮތުގެ މިސާލެއްވެސް ދައްކާލާފައެވެ.

އެންޑްރީންގެ ހޯދުންތަކާއި ދިރާސާތަކަށް ޢަމަލު ކުރަން އަދި ފެށިފައި ނެތެއް ކަމަކު، ހަލުވި ދުވެލީގައި ތަރައްޤީވަމުން އަންނަ 3ޑީ ޕްރިންޓަރުތަކާއެކު، ކަތުރުފަނީގެ ވެށިން އިންސާނުންނަށް ދަސްވި ކަންކަން، ދިރިއުޅުމުގެ މައިދާނުގައި ބޭނުން ކުރާ މަންޒަރު ފެނުން އޮތީ މާ ދުރުގައި ނޫން ކަންވެސް އޭނާ ޤަބޫލު ކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލްމަކަށް ސޮއިކުރުމުގެ ކުރިން ބަލަނީ ސްކިރިޕްޓަށް:އާމިރު

ފިލްމަކަށް ސޮއިކުރުމުގެ ކުރިން ބަލަނީ ސްކިރިޕްޓަށް:އާމިރު

25 ޑިސެމްބަރު 2018
ފިލްމު ރިލީޒް ކުރުމުގެ ކުރިން 2.0 އަށް 370 ކުރޯރް ރުޕީސް ލިބިއްޖެ

ފިލްމު ރިލީޒް ކުރުމުގެ ކުރިން 2.0 އަށް 370 ކުރޯރް ރުޕީސް ލިބިއްޖެ

25 ނޮވެމްބަރު 2018
ވަކިން ލޯބިން ރިލީޒް ކުރުމުގެ ކުރިން ރާއްޖެއެމްވީން ފިލްމުގެ ރިވިއު ގެނެސްދޭނެ!

ވަކިން ލޯބިން ރިލީޒް ކުރުމުގެ ކުރިން ރާއްޖެއެމްވީން ފިލްމުގެ ރިވިއު ގެނެސްދޭނެ!

02 މާރިޗު 2018
ބަލާބޮޑުކުރުމުގެ ބަދަލުގެ ގޮތުގައި މަންމަ އަށް 1 މިލިއަން ޑޮލަރު ދިނުމަށް ހުކުމް ކޮށްފި

ބަލާބޮޑުކުރުމުގެ ބަދަލުގެ ގޮތުގައި މަންމަ އަށް 1 މިލިއަން ޑޮލަރު ދިނުމަށް ހުކުމް ކޮށްފި

04 ޖެނުއަރީ 2018
"ބޮސް" ގެ އަޕްޑޭޓް: މިހާރު ކުރިއަށް ދަނީ އޯޑިއޯ ބެލެންސް ކުރުމުގެ މަސައްކަތް

"ބޮސް" ގެ އަޕްޑޭޓް: މިހާރު ކުރިއަށް ދަނީ އޯޑިއޯ ބެލެންސް ކުރުމުގެ މަސައްކަތް

16 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު