Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެނަލް

ރަނގަޅަށް ކުޅުނު ނަަމަވެސް، މެޗާ މެދު އާޓެޓާ ހިތްހަމަނުޖެހިފައި!

އާޓެޓާ ބުނީ މެޗުންް މޮޅު ނުވެވޭ ޙާލަތެއް އަތުވެއްޖެ ނަމަ، ބަލިވިޔަ ދީގެން ނުވާާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2024 | ހުކުރު 04:44
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގައި އާސެނަލުން ކުޅުނު މެޗާ މެދު، ހިތްހަމަނުޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގަައި އާސެނަލުން ނިކުތީ ޕޯޓޯއާ ދެކޮޅަށެވެ. ޕޯޓޯގެ ދަނޑުގައި ކުޅުނު މެޗުގައި، އާސެނަލުން ވަނީ ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފަ އެވެ. ނަމަވެސް ޕޯޓޯގެ ގޯލާ އަމާޒުކޮށް އާސެނަލަށް ހަމަލާއެއް ފޮނުވާލެވިފައި ނުވާއިރު، މެޗުން ޕޯޓޯ މޮޅުވީ ފަހު ވަގުތު ޖެހި ލަނޑުންނެވެ.

މެޗަށްފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އާޓެޓާ ބުނީ، މެޗުގެ އެންމެ ފަހު ވަގުތުގައި ޕޯޓޯ އަށް މެޗު ލިބުނީ ކަމަށާއި، އެކަން އެގޮތަށްވީ އާސެނަލް ކުޅުންތެރިންގެ ސަބަބުން ކަމަށެވެ. އެހެންކަމުން އެކަމާމެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އެކަމުގެ ނަތީޖާ އަކީ، އެންމެ ފަހު ވަަގުތު އާސެނަލަށް "އަދަބު" ލިބުން ކަމުގައި ވެސް އޭނާ ބުންޏެވެ.

އާޓެޓާ ބުނީ މެޗުންް މޮޅު ނުވެވޭ ޙާލަތެއް އަތުވެއްޖެ ނަމަ، ބަލިވިޔަ ދީގެން ނުވާާނެ ކަމަށެވެ. އޭނާ އިޝާރާތް ކުރި ގޮތުގައި މެޗު އެއްވަރުވެގެން ވެސް ފަރުޖައްސާލެވިދާނެ އެވެ. އެކަން ފާހަގަކޮށް އާޓެޓާ ބުނީ އާސެނަލުން ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނު ކަމަށާއި، މެޗު ޑޮމިނޭޓު ކޮށްގެން އާސެނަލްގެ ކުޅުންތެރިން ކުޅުނު ކަމަށެވެ. ނަމަވެސް، މެޗުގައި ލަނޑެއް ނުޖެހި، ނަތީޖާ ނުނެރެވޭނަމަ، އެކަންކަމުގެ މާބޮޑު ބޭނުމެއް ނޯންނާނެ ކަމުގައި ވެސް އާޓެޓާ ވަނީ ބުނެފަ އެވެ. ޚާއްސަކޮށް މެޗުގެ ފުރަތަމަ ހާފުގައި އާސެނަލަށް ގިނަ ކަންތައްތަކެއް ދޫކޮށްލެވުނުކަމަށް އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

ނަމަވެސް ދެ ވަނަ ހާފުގައި ރަނގަޅަށް ކުޅެ، ފުރުސަތުތަކެއް ތަނަވަސް ކުރި ކަމަށާއި، ނަމަވެސް އެކަމުގެ ނަތީޖާއެއް ނުނެރެވުނު ކަމަށް އޭނާ ބުންޏެވެ. ދެން އޮތް ގޮތަކީ އެކަމުން ފިލާވަޅު ލިބިގަނެގެން ކުރިއަށް އޮތް ތަނަށް މަސައްކަތް ކުރުން ކަމަށާއި، ކުއާޓާ ފައިނަލްގެ ޖާގަ ބޭނުންވާ ނަމަ ކުރަން ޖެހޭ މަސައްކަތް ބޮޑު ކަމަށް އޭނާ ބުންޏެވެ.

މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުން އާސެނަލަށް ޖާގަ ލިބުނީ، ހަތް އަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހު އެވެ. މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ދެ ވަނަ ލެގުގައި އާސެނަލްގެ އަމިއްލަ ދަނޑުގައި އެ ޓީމުން ޕޯޓޯއާ ދެކޮޅަށް ނިކުންނާނީ، އަންނަ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތިންވަނަ އެމްބީއޭކަޕް: ކިންގްސް އާއި ޒިގްޒެގް ކުޅުނު މެޗު ކާމިޔާބުކޮށްފި

ތިންވަނަ އެމްބީއޭކަޕް: ކިންގްސް އާއި ޒިގްޒެގް ކުޅުނު މެޗު ކާމިޔާބުކޮށްފި

19 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

12 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު