Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް އިބްރާހިމް މުހައްމަދު ޞޯލިޙް

މިއަދުގެ ސަރުކާރުން މަޖިލީހުގެ މަސައްކަތްތަކަށް ދަނީ ގޮންޖައްސަވަމުން: ރައީސް ޞޯލިޙް

ރާއްޖޭގެ ހުރިހާ ކަމެއް މިދަނީ މިސްރާބުން ކައްސާލަމުން ކަމަށާއި، އެގޮތަށް ރާއްޖެ ހިނގާނަމަ އެންމެ ފަހުން ރާއްޖެ ވެއްޓޭނީ ކިހާވަރެއްގެ އަނދަވަޅަކަށް ކަމެއް އަންދާޒާ ނުކުރެވޭނެ ކަމަށް ވިދާޅުވި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 21 ފެބުރުއަރީ 2024 | ބުދަ 17:42
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

މިއަދުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ގޮންޖައްސަމުން ކަމަށް ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ފަތުހުﷲ ޖަމީލްގެ ކެމްޕޭނުގެ ޖަގަހައިގައި ބޭއްވެވި ޖަލްސާގައި ރައީސް ޞާލިޙް ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަކީ ވަރަށް މުހިންމު މަޖިލީހެއް ކަމަށާއި އެމްޑީޕީގެ މި އަހަރުގެ މަޖިލީސް އިންތިހާބުގެ ޝިއާރުން ބުނެދެނީ އެވާހަކަ ކަމަށެވެ.

މި ފަހަރު އެމްޑީޕީން ކަނޑައެޅި ޝިއާރު ކަމަށްވާ، "މިސްރާބު ހަމަ މަގަށް އެޅުވުމަށް" އިޝާރަތްކުރައްވަމުން އެމްޑީޕީގެ މި އަހަރުގެ މަޖިލިސް އިންތިހާބުގެ ކޮމެޓީގެ ޗެއާޕާސަންކަން ކުރައްވާ ރައީސް ޞާލިޙް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ކަމެއް މިދަނީ މިސްރާބުން ކައްސާލަމުން ކަމަށާއި، އެގޮތަށް ރާއްޖެ ހިނގާނަމަ އެންމެ ފަހުން ރާއްޖެ ވެއްޓޭނީ ކިހާވަރެއްގެ އަނދަވަޅަކަށް ކަމެއް އަންދާޒާ ނުކުރެވޭނެ ކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ހެއްދެވީ އިތުރުފުޅު ކަމަށާއި، މިއަދު ވެރިކަމުގައި ހުންނަވައިގެން ވެސް ހައްދަވަނީ އިތުރުފުޅުކަމަށާއި، ވެރިކަމުގައި އިތުރަށް ވަގުތު ދެއްވި ވަރަކަށް ގެންދަވާނީ ވެސް އިތުރުފުޅު ހައްދަވަމުން ކަމަށެވެ.

މަޖިލީހުގެ އަގުލަބިއްޔަތު ބޭނުންވާ އިތުރު ސަބަބެއް ކަމުގައި ފާހަގަ ކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، މިއަދު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުން ކުރާ މަސައްކަތްތަކަށް ބަލައިގަންނަ ބަޔަކަށް ނުވެފައި، އެ މަޖިލީހަށް ގޮންޖައްސާ ބަޔަކަށް ވުމެވެ.

އެގޮތުން ކުރީގެ ރައީސް ވިދާޅުވީ ވަޒީރުންގެ މަޖިލީހަށް އައްޔަނުކުރައްވާ ބޭފުޅުންނަށް ރުހުން ދޭން ފޮނުވީމާ، ބައެއް ބޭފުޅުން މަޖިލީހުން ބަލައި ނުގަތުމުން އަނެއްކާ ވެސް އެ ވަޒީރުން މަގާމުތަކަށް އައްޔަނުކުރައްވާފައިވާ ކަމަށެވެ.

ހަމަ އެގޮތަށް، މަޖިލިސް އިންތިހާބު ފަސްކުރުމަށް މުޅި މަޖިލީހުގެ އައުލަބިއްޔަތުން ގާނޫނަށް ގެނައި ބަދަލާއެކު ފާސްކުރި ބިލް އަދި ވެސް ތަސްދީގު ނުކުރެއްވުން ވެސް ރައީސް ޞޯލިޙް ފާހަގަ ކުރެއްވިއެވެ. އަދި މިއަދުގެ ސަރުކާރުގެ ބޭފުޅުން ތިއްބެވީ، މަޖިލީހުން ފާސްކޮށްގެން ފޮނުވާ އެއްވެސް ކަމެއް އެގޮތަށް ފާސްކުރުމަށް އެއްބަސްވެވަޑައިގަންނަވާ ގޮތަކަށް ނޫން ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެހެން ކަމުން މި ފަހަރު ބޭނުންވަނީ ބޮޑު އައުލަބިއްޔަތު ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު