Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޒަވީ ހަނާންޑޭޒް

އުއްމީދު ފުރިހަމަނުވެ ޒަވީ ބާސެލޯނާއިން ވަކިވަނީ ކީއްވެ؟ ސަބަބަކީ ކޮބާ؟

ޑެކޯ އާއި ލަޕޯޓާގެ އަމަލާއި ބަހާ ދިމާނުވުމުގެ މައްސަލަ ބޮޑު

ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2024 | ބުރާސްފަތި 04:32
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

މި ސީޒަން ބާސެލޯނާއިން ފެށީ ކުރިއަށްވުރެ އުއްމީދާއެކުގަ އެވެ. މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރި ނަމަވެސް ކުރިއަށްވުރެ ވަރުގަދަ ސްކޮޑަކާއެކުގަ އެވެ. ނަމަވެސް ނަތީޖާތައް ދަށްވެ، އެންމެ ފަހުން ކޯޗު ޒަވީ ހަނާންޑޭޒް ވަނީ މަގާމުން ވަކިވާނެކަން ސީޒަނުގެ މެދުތެރޭގައި އިއުލާނުކޮށްފަ އެވެ. މިއީ ބާސެލޯނާ އާއި އެކުލަބުގެ ސަޕޯޓަރުންނަށް އިތުރު ކަންބޮޑުވުމެއް ގެނެސްދިން ކަމަކަށްވި އެވެ.

ޒަވީ ބާސެލޯނާއިން ވަކިވާ ސަބަބެއް ރަސްމީކޮށް ނުބުނެ އެވެ. އޭނާ ފުރަތަމަ ބުނީ އެހެން މީހަކު ހަވާލުވެއްޖެނަމަ ކާމިޔާބު ލިބުމަށް މަގުފަހިވެދާނެ ކަމަށެވެ. ފަހުން ބުނީ މި ސީޒަން ފެށިއިރު ވެސް އޭނާ ހުރީ ސީޒަން ނިމުމާއެކު ޓީމު ދޫކޮށްލަން ނިންމައިގެން ކަމަށެވެ.

ބާސެލޯނާގެ ކޯޗުކަމަށް ޒަވީ ގެނައީ މީގެ ދެ އަހަރާއި ބައިގެ ކުރިން ރައީސް ހުއާން ލަޕޯޓާ އެވެ. އެކަމަކު އޭނާ އެކަން ކުރީ ފާޑަކަށް މަޖުބޫރުވެގެންވެ. ޒަވީ އަކީ ބާސެލޯނާގެ ރައީސް ކަމަށް ލަޕޯޓާއާ އެންމެ ބޮޑަށް ވާދަކުރި ވިކްޓަރ ފޮންޓްގެ ވަރަށް އަރިސް މީހެކެވެ. މީގެ އިތުރުން ލަޕޯޓާ ގަބޫލުކުރާ ގޮތުގައި ގަތަރުގެ އަލް ސާދުގައި ހޭދަކުރި ދެތިން އަހަރަކުން ބާސެލޯނާގެ ކޯޗުގެ ބުރަބޮޑު، އަދި ޗެލެންޖިން ޒިންމާ ނަގަން ޒަވީ ކުޅަދާނައެއްނުވާނެ އެވެ. އޭނާ ފުރަތަމަ ކުރަންވީ ކަމަކީ ކުރީގެ ކާމިޔާބު ދެ ކޯޗުން ކަމަށްވާ ޕެޕް ގާޑިއޯލާ އާއި ލުއިސް އެންރީކޭ ފަދައިން ކުލަބުގެ އެކަޑަމީގައި މަސައްކަތް ކުރާށެވެ.

ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހަވާލުވީ ފުރަތަމަ ފަހަރަށް އެމަގާމު ހުށަހެޅުން ނޫނެކޭ ބުނެފަ އެވެ. އޭނާ އަށް ކޯޗުކަން ދިން ފުރަތަމަ ސަބަބަކީ ރޮނަލްޑް ކޫމަން އަށް ނަތީޖާ އަނބުރާނުލެވުމުންނެވެ. ދެވަނަ ކަމަކީ މާލީ ދަތިތަކުގެ ސަބަބުން ޓީމާ ހަވާލުވާން މަޝްހޫރު، މޮޅު ކޯޗުން ލިބެން ނެތުމެވެ. ތިން ވަނަ ކަމަކީ މާލީ ދަތިތަކުގެ ސަބަބުން، ޓީމު ވަރުގަދަ ކުރެވެން ނެތްއިރު، ޒަވީ ކަހަލަ ކުލަބުގެ ލެޖެންޑަކު ގެނެސްގެން ޓީމަށް ކާމިޔާބު ނުލިބި ގޮސްފިނަމަ ޒަވީ އަކީ ލަޕޯޓާއަށް ސަލާމަތްވެވިގެން މަގާމުގައި ދެމިހުރުމަށް ދެއްކޭނެ ރަނގަޅު އުޒުރަކަށް ހެދެން ފުރުސަތު އެތުމެވެ.

ޓީމު ވަރުގަދަ ކުރުމަށް ބާސެލޯނާ އަށް ގެނައީ މުޅިއަކުން ޒަވީ ބޭނުންވި ކުޅުންތެރިންނެއްނޫނެވެ. މިކަމަށް ރުހިގެން ހުއްޓަސް އޭނާގެ އަތުން ބާރުތައް ދޫވެ، ބަސްނުވިކެން ފެށީ ޒަވީއާއެކު މަސައްކަތް ކުރި އިސްބައެއް މީހުން ކުލަބާ ވަކިވުމުންނެވެ. ހާއްސަކޮށް ސްޕޯޓިން ޑައިރެކްޓަރު މަތިއު އަލެމަނީ އާއި ޖޯޑީ ކްރައިފް މަސައްކަތް ކުރީ ޒަވީއާ ވަރަށް ބޮޑަށް ގުޅިގެންނެވެ. އެއް ވިސްނުމެއްގަ އެވެ. އެކަމަކު މި ދެ މީހުން ކުލަބާ ވަކިވުމުން އެ ވަޒީފާއާ ހަވާލުވީ ކުރީގެ މިޑްފީލްޑަރު ޑެކޯ އެވެ. އޭނާ އަކީ ޒަވީއާއެކު ބާސެލޯނާގެ މެދުތެރޭގައި މަސައްކަތް ކުރި މިތުރެއް ފަދަ މީހެކެވެ. ނަމަވެސް ބާސެލޯނާގެ ސްޕޯޓިން ޑިޕާޓްމަންޓް ހިންގުމުގައި ޑެކޯވެގެންދިޔައީ ޒަވީގެ ގާތް މީހަކަށްނޫނެވެ. އޭނާވީ ކުލަބުގެ ރައީސް ނުވަތަ އިސްވެރިންގެ ތެރެއިން ބައެއް މީހުން ބުނާހާ ގޮތަކަށް މަސައްކަތް ކުރާ މީހަކަށެވެ. މީޑިއާ އާއި ކުރިމަތީގައި ޒަވީއާ ގުޅޭގޮތުން ހެޔޮބަސްތައް ބުނެ އިންޓަވިއުދިނަސް ޑެކޯގެ ބަހާއި އަމަލުތައް ދިމާނުވާން ފެށުމުން ޒަވީ ހިތްހަމަނުޖެހުނީ އެވެ.

ސްޕޭނުގެ މަޝްހޫރު އަދި ތަޖުރިބާކާރު ނޫސްވެރިން ދެކޭ ގޮތުގައި ޒަވީ އަކީ އޭނާގެ ވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ބޭނުންވާ މީހެކެވެ. މިފަދަ އެއް މިސާލަކީ 2008 ވަނަ އަހަރުގެ ޔޫރޯ އަށް ފަހު އެނބުރި ކުލަބަށް ކުޅެން ދިޔައިރު އޭނާގެ ސިނކުޑީގައި ކުލަބު ބަދަލު ކުރުމުގެ ވިސްނުން އެނބުރެން ފެށުމެވެ. އެކަމަކު އައު ކޯޗު ކޯޗު ޕެޕް ގާޑިއޯލާގެ ރުހުން އޭނާ އަށް އޮތްކަން ކަށަވަރުކުރުމަށްފަހު ޒަވީ ކުލަބުގައި މަޑުކުރި އެވެ. މިކަށަވަރުކަން ހޯދުމަށް، އޭނާގެ ކުރީގެ ކެޕްޓަން އަދި ކޯޗާކު ޒަވީ ބޭއްވި ބައްދަލުވުމަށް ހޭދަވީ ދެތިން މިނިޓް ކަމަށް ސްޕޭނުގެ ތަޖުރިބާކާޜު ނޫސްވެރިން ބުނެ އެވެ.

ދެ ފަރާތުގެ ކުރު ވާހަކަކޮޅާއެކު އެ ބައްދަލުވުން ނިންމައި ޒަވީ އާއި ގާޑިއޯލާ އެކުއެކީގައި ބާސެލޯނާގައި ދުނިޔެ ދުށް އެންމެ މޮޅު އެއް ޓީމު އުފެއްދި އެވެ.

އެކަމަކު ބާސެލޯނާގައި މިވަގުތު ޒަވީ އަށް ކުރިމަތިވެގެން އުޅެނީ އެފަދަ އިތުބާރަކާއި ޔަގީންކަން ދޭނެ މީހެއް ނެތުމުގެ މައްސަލަ އެވެ. މައްސަލަ އުފެދެން ފެށީ ދެތިން ކަމަކަކުންނެވެ. އެންމެ ފުރަތަމަ ކަމަކީ ބާސެލޯނާގެ އާއްމު ތަނެއްގައި ލަމާސިއާގައި ބާސެލޯނާގެ ބީ ޓީމުގެ ކޯޗު ރަފޭލް މާކޭޒް އަންނަނީ ސީނިއާ ޓީމުގެ ކޯޗަކަށްވާން ތައްޔާރުވަމުން ކަމަށް ލަޕޯޓާ ބުނުމެވެ. އަދި އެކަމަށް ބާރު ލިބެނީ ޒަވީގެ ގާބިލްކަމާމެދު ސުވާލު އެފެދޭ ގޮތަށް ވާހަކަ ދެއްކުމަށްފަހު ލަމާސިއާގެ ޕްރެކްޓިސް ބަލަން ލަޕޯޓާ ދިއުމެވެ. އަދި ނޫސްވެރިންނާ ބައްދަލުކޮށް މާކޭޒަށް ތައުރީފް ކުރުމެވެ. ދެ ވަނަ ކަމަކީ ޒަވީގެ ގާބިލްކަމާމެދު ސުވާލު އުފެދޭ ގޮތަށް ޑެކޯ އާއްމު ފޯރަމްތަކުގަ އާއި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވާހަކަ ދެއްކުމެވެ. ދެމީހުން އެއް މޭޒަކުން ބައްދަލުވުމުން ޒަވީ އަށް ހިފެހެއްޓުމެއްނެތް ތާއީދު އޮތްކަމަށް ޑެކޯ ބުނި ނަމަވެސް އެކަން ގަބޫލުކުރަން ދަތިވީއެވެ.

މިއާއެކު ސީނިއާ ބައެއް ކުޅުންތެރިން ޒަވީގެ ގާބިލްކަމާމެދު ސުވާލު އުފައްދައި ފޫހިކަން ގެނުވާކަން އޭނާ އަށް އިހުސާސްވާން ފެށި އެވެ. ދެން އޮތީ މިއިން ޒަމާނަކު ޔޫރަޕުގައި ވާދަކުރެވޭ ވަރުގެ މޮޅު ޓީމެއް ބިނާކުރެވޭވަރުގެ ކުޅުންތެރިން ނުހޯދޭނެ ކަމަށް ޒަވީ އަށް ހީވާން ފެށުމެވެ. އޭނާ ވަނީ ބާސެލޯނާ އަށް ގެނައުމަށް ނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާ ވާހަކަ ދެއްކައިފަ އެވެ. އެކަމަކު މެންޗެސްޓާ ސިޓީގެ ފޯވަޑް އާލިން ހާލަންޑް ގެނެވާހާ މާލީ ތަނަވަސްކަމެއް ކުލަބުގައި ނެތެވެ. ސިޓީގެ ބާނާޑޯ ސިލްވާ ވެސް ނުގެނެވުނީ މިހެންވެ އެވެ. މިދިޔަ ސީޒަނުގައި ގެންނަން އުޅުނު ޒުބިމެންޑީއާ މަޝްވަރާގެ މޭޒަށްވެސް ނުދެވުނެވެ. ދެން އޮތް ކަމަކީ ބާސެލޯނާގެ ހޫނު ގޮނޑީގައި ދިގު މުއްދަތެއްގައި އިންނަން ޒަވީ ބޭނުންނުވުމެވެ. އޭނާ އަބަދުވެސް ބުނާ ވާހަކަ އަކީ ބާސެލޯނާގެ ފާގަސަން އަށް އޭނާ ނުވާނެ ކަމަށެވެ.

އެންމެ ފަހު ކަމަކީ ކާމިޔާބު ނުލިބެން ފަށައި ސަޕޯޓަރުންގެ ހިތްހަމަ ނުޖެހުމާ ކުރިމަތިލާން ޖެހުމެވެ. ޓީމުގެ ކުޅުންތެރިއެއްގެ ގޮތުންނާއި ކެޕްޓަނެއް އަދި ލެޖެންޑެއްގެ ގޮތުން އޭނާ ދެކެ ލޯބިވީ އެތައް ބައެއްގެ ފުސްމޫނު ފެންނަން ފެށުމެވެ. އާދައިގެ ޓީމެއް އޮތަސް، ކާމިޔާބު ނުލިބެން ފެށުމުން އޭނާއާ މެދު ބާސެލޯނާގެ ކުރިމަގު ޖީލު ދެކޭ ގޮތް ވެސް ބަދަލުވާނެ ފެށީ އެވެ. މި ގޮތުން އޭނާގެ ކުދިން ކިޔަވަންދާ ސްކޫލްތަކުގެ ތުއްތު ދަރިވަރުން، ޒަވީ އަކީ މޮޅު ކޯޗެއް ނޫން ކަމަށް އޭނާގެ ދަރިން ގާތުގައި ބުނަން ފެށުމުން ލަގޮނޑިއަށް ކެތްނުވާން ފެށީ އެވެ. ޓީމަށް ވަގުތު ހުސްކޮށްފައި އާއިލާ އަށް ވަގުތު ވެސް ނުދެވެން ފެށީ އެވެ. މިފަދަ އެތައް ސަބަބަކާހުރެ ކިތަންމެ ބޭނުންނުވިޔަސް ކޯޗުކަމާ ދުރަށްދާން މަޖުބޫރުކުރުވާ އާއިލީ އެތައް ސަބަބުތަކެއް އޭނާ ވަށާލީ އެވެ. އަނެއްކޮޅުން ބާސެލޯނާގެ ބޯޑު ވެސް އޭނާއާ މެދު ދެ ކަފިވީ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑް: މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އުއްމީދުގައި ކުލަޖައްސައިދޭނެ ތަނެއް

ޕިކްނިކް އައިލެންޑް: މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އުއްމީދުގައި ކުލަޖައްސައިދޭނެ ތަނެއް

09 ނޮވެމްބަރު 2019
ފެރިދޫ ކައުންސިލްގެ ރައީސް: ފިކުރު ތަފާތުވިޔަސް ތަރައްގީގެ އުއްމީދުގައި

ފެރިދޫ ކައުންސިލްގެ ރައީސް: ފިކުރު ތަފާތުވިޔަސް ތަރައްގީގެ އުއްމީދުގައި

07 ނޮވެމްބަރު 2019
އަފްރާޝީމް މަރަށް 7 އަހަރު : އަދިވެސް އިންސާފު ލިބޭނެކަމުގެ އުއްމީދު ގައި!

އަފްރާޝީމް މަރަށް 7 އަހަރު : އަދިވެސް އިންސާފު ލިބޭނެކަމުގެ އުއްމީދު ގައި!

02 އޮކްޓޯބަރު 2019
އެންމެ އުއްމީދީ ނޫސްވެރިޔާ އުއްމީދުން ފުރިފައި

އެންމެ އުއްމީދީ ނޫސްވެރިޔާ އުއްމީދުން ފުރިފައި

18 ސެޕްޓެމްބަރު 2019
"ހޯޕް" ކެމްޕެއިންގެ ދަށުން 8000 ކުދިންނަށް އުއްމީދު އާވެއްޖެ

"ހޯޕް" ކެމްޕެއިންގެ ދަށުން 8000 ކުދިންނަށް އުއްމީދު އާވެއްޖެ

02 އޯގަސްޓު 2019

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު