Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ އާއި ވެނެޒުއޭލާގެ ގުޅުން

ރަޝިޔާ އާއި ވެނެޒުއޭލާގެ މުދާތައް ހުޅަނގުން ފްރީޒްކުރުމާ ގުޅިގެން އެ ދެގައުމުން ފިޔަވަޅު އަޅަނީ

ވެނެޒުއެލާއަކީ އެމެރިކާއާއި އެޤައުމުގެ ބައިވެރިންގެ "އަނިޔާވެރި، ސިޔާސަތުތަކެއް" ގެންގުޅޭ ޤައުމެއް: ރަޝިޔާގެ ޚާރިޖީ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 21 ފެބުރުއަރީ 2024 | ބުދަ 10:07
ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް (ވ) އަދި ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ (ކ)

ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް (ވ) އަދި ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ (ކ)

ހުޅަނގުގައި ހުރި ރަޝިއާ އާއި ވެނެޒުއޭލާގެ މުދާތައް ފްރީޒްކުރުމާ ގުޅިގެން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ރަޝިއާގެ ޚާރިޖީ ވަޒީރު ސާގޭ ލަވްރޯފް އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ވެނެޒުއޭލާގެ ވެރިރަށް ކަރަކަސްގައި އެގައުމުގެ ޚާރިޖީ ވަޒީރު ޔެވަން ގިލްއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މަޝްވަރާތަކުގައި އެމަނިކުފާނާއި ގިލް މިކަމާ މެދު ޚިޔާލު ބަދަލުކުރެއްވިކަން ފާހަގަކުރައްވައި ލަވްރޯފް ވިދާޅުވީ ވެނެޒުއޭލާއަކީ އެމެރިކާ އާއި އެގައުމުގެ ބައިވެރިންގެ ސިޔާސަތުތަކުގެ ޝިކާރައަކަށްވެފައިވާ ގައުމެއް ކަމަށާއި އެއީ އަނިޔާވެރި އަދި އިންސާފުން ބޭރު ސިޔާސަތުތަކެއްގެ ގޮތުގައި ސިފަކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ވެނެޒުއޭލާގެ ކުންފުންޏެއް ކަމަށްވާ އެމްޓްރަސޫރަށް ނިސްބަތްވާ ބޮއިން 747-300 މަރުކާގެ މަތިންދާބޯޓެއް އެމެރިކާއިން ހިފެހެއްޓުމަކީ އެ ސިޔާސަތަށް ފެތޭ ކަމެއް ކަމަށެވެ.

މަތިންދާބޯޓު ހިފެހެއްޓުމުގެ އިތުރުން، ހުޅަނގުގެ ގިނަ ގައުމުތަކުގައި ރަޝިއާގެ ދައުލަތުގެ ރިޒާވް ފަދައިން ވެނެޒުއޭލާގެ ފައިސާ އާއި ދައުލަތުގެ ރިޒާވް ވެސް ވަނީ ފްރީޒްކޮށްފައެވެ. އަދި މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓާއި އެނޫންވެސް ދާއިރާއަކުން ތަހުޒީބީ ގުޅުންތައް ހިންގުމުގެ އާދައާ ވަރަށް ބޮޑަށް ހިލާފު ކަމެއް ކަމަށް ވިދާޅުވި ލަވްރޯޕް ވިދާޅުވި އެވެ.

ލަވްރޯފް ވިދާޅުވީ ރަޝިއާ އާއި ވެނެޒުއޭލާއާ ދެމެދު އޮތް ގުޅުން ސްޓްރެޓެޖިކް ޕާޓްނާޝިޕްގެ ސްޓޭބަލް ލެވެލްއަކަށް ގޮސްފައިވާ ކަމަށާއި ނިއުކްލިއާ ހަކަތަ އާއި ތެޔޮ އުފެއްދުމުގެ ރޮނގުން ދެގައުމުން އެއްބާރުލުން ދިނުމުގެ ސްޕީޑާއި ވޮލިއުމް އިތުރުކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އަދި ތެލުގެ މުއްސަނދިކަން ލިބިފައިވާ އެސްސެކުއިބޯ ސަރަހައްދާ ގުޅޭ ގޮތުން ވެނެޒުއޭލާ އާއި ގަޔާނާގެ ރައީސުންގެ ބައްދަލުވުމެއް ތައްޔާރު ކުރަމުން އަންނަ ކަމަށާއި ބިނާކުރަނިވި މަޝްވަރާގެ އަސާސެއް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

160،000 އަކަ ކިލޯމީޓަރު (61،776 އަކަ މޭލު) ގެ ސަރަހައްދަކުން ގިނަ އަދަދެއްގެ ތެލާއި ގޭސް ފެނިފައިވާ ކަމަށް ބުނެ ގަޔާނާ އާއި ވެނެޒުއޭލާއާ ދެމެދު ޒަމާނުއްސުރެ ދެބަސްވުންތަކެއް އުފެދިފައިވެއެވެ. މިކަން އިތުރަށް ހޫނުވީ މީގެ އަށް އަހަރު ކުރިން އެކްސޮންމޮބިލް އިން އެ ސަރަހައްދުން ފުރަތަމަ ފަހަރަށް ތެޔޮ ފެނުމާ ގުޅިގެންނެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރާއެކު ބޭއްވެވި މި ބައްދަލުވުމަކީ އުފެއްދުންތެރި ބައްދަލުވުމެއްގެ ގޮތުގައި ސިފަކުރައްވަމުން ގިލް ވިދާޅުވީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ލަވްރޯފް ވަނީ ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯއާ ވެސް މަޝްވަރާކުރައްވައިފައެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
07 ޖެނުއަރީ 2017

އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2017
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު