Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެލެންޖު ބޮޑު، އެހެން ނަމަވެސް އާޓެޓާ ހުރީ އުންމީދުގައި!

ޚާއްސަކޮށް ޗެމްޕިއަންސް ލީގުގައި އާސެނަލް ވާދަނުކުރާތާ ހަތް އަހަރު ފަހުން، އަނެއްކާ ވެސް ޗެމްޕިއަންސް ލީގުގައި ވާދަކުރާއިރު، ޗެލެންޖު ބޮޑުވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ފެބުރުއަރީ 2024 | ބުދަ 06:26
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ މެޗުގައި ޕޯޓޯއާ ދެކޮޅަށް ނުކުންނައިރު އާސެނަލަށް ޗެލެންޖު ބޮޑު ކަމަށާއި އެހެން ނަމަވެސް އުންމީދުގައި ހުރި ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އޭނާ މިހެން ބުނީ، ޕޯޓޯގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގުގައި ކުޅުމަކީ އާސެނަލަށް ޙައްގު ކަމެއް ކަމަށެވެ. ޚާއްސަކޮށް ޗެމްޕިއަންސް ލީގުގައި އާސެނަލް ވާދަނުކުރާތާ ހަތް އަހަރު ފަހުން، އަނެއްކާ ވެސް ޗެމްޕިއަންސް ލީގުގައި ވާދަކުރާއިރު، ޗެލެންޖު ބޮޑުވާނެ ކަމަށް އޭނާ ބުންޏެވެ. ހަމައެހެންމެ، ކުރިއަށް އޮތް ސްޓޭޖަށް ނުދެވޭތާ 14 އަހަރު ވެފައިވާ ކަމަށާއި އެވެސް ކުރިމަތީގައި އޮތް ޗެލެންޖެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކޮށްފަ އެވެ.

ނަމަވެސް، އެކަންކަމާ ކުރިމަތިލާން އުފާވާ ކަމަށާއި، އުންމީދަކީ ޔަގީންކަމައެކު ތިބެ ކުރިއަށް ދިޔުން ކަމަށް އާޓެޓާ ބުންޏެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ޕޯޓޯއާ ދެކޮޅަށް ކުޅުމަކީ ވެސް އުނދަގޫ ކަމަކަށް ވާނެ އެވެ. ޚާއްސަކޮށް އެ ޓީމަކީ ޔޫރަޕުގައި ކުޅެމުން އަންނަތާ ގިނަ ދުވަސްވެފައިވާ ޓީމެއް ކަމަށާއި، އެއީ ތަޖުރިބާ ހުރި ޓީމެއް ކަމަށް ވެސް އޭނާ ފާހަގަ ކުރި އެވެ. އެހެންކަމުން އާސެނަލްގެ ޓީމާމެދު ފުރިހަމަ އަށް އިތުބާރު އޮތް ކަމަށާއި، ކުޅުންތެރިން ކުރާ މަސައްކަތުން ބޭނުންވާ ކަންކަން ހާސިލުވާނެ ކަމަށް ވެސް އާޓެޓާ ބުންޏެވެ.

ގިނަ އަހަރުތަކަކަށްފަހު ޗެމްޕިއަންސް ލީގުގައި ކުޅޭ ނަމަވެސް، އެކަމުގެ ވާހަކަ އެއްވެސް ވަރަކަށް ކުޅުންތެރިންނާ ދައްކާފައި ނުވާނެ ކަމަށް އާޓެޓާ ބުންޏެވެ. ސަބަބެއްގެ ގޮތުގައި އޭނާ ބުނީ ކުޅުންތެރިންނަށް ވެސް އެކަން އިނގޭނެ ކަމަށާއި އޭގެ ތެރެއިން ބައެއް ކުޅުންތެރިން އޭރު ވެސް ޓީމުގައި ތިބުން ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިންނާއި ކޯޗިން އޮފިޝަލުން ވެސް ތިބީ ކުރިމަތިވާ ހުރިހާ ޗެލެންޖުތަކާ އެކު ވެސް ކުރިއަށް ދާން ބޭނުންވެފައި ކަމަށެވެ.

އާސެނަލްގެ ކޯޗުކަމާ ހަވާލުވެ އާޓެޓާ އަންނަނީ ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ. މިދިޔަ ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގަށް އާސެނަލުން ވާދަކުރިއިރު، މި ސީޒަންގެ ލީގަށް ވެސް އެ ޓީމު އަންނަނީ ވާދަކުރަމުންނެވެ. ހަތް އަހަރު ފަހުން އާސެނަލަށް ޗެމްޕިއަންސް ލީގުން ޖާގަ ހޯދައިދިނީ ވެސް އާޓެޓާ އެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު