Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް ޖަލްސާ

ކޯރަމް ހަމަނުވެގެން ޖަލްސާ ނުފެށި މެދުކަނޑާލައިފި

މަޖިލީހުގެ ތަޅުމުގައި ތިބީ މަދު މެންބަރެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 ފެބުރުއަރީ 2024 | ބުދަ 04:46
ބުދަ ދުވަހުގެ ޖަލްސާގައި ކޯރަމް ހަމަނުވެގެން ޖަލްސާ ވަނީ މެދުކަނޑާލާފައި

ބުދަ ދުވަހުގެ ޖަލްސާގައި ކޯރަމް ހަމަނުވެގެން ޖަލްސާ ވަނީ މެދުކަނޑާލާފައި

ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ މެދުކަނޑާލައިފިއެވެ.

ޖަލްސާ 9:00 ގައި ފެށުމަށްފަހު 20 ވަރަކަށް މިނެޓަށް ކޯރަމް ހަމަވޭތޯ ރިޔާސަތުން ބެެއްލެވިއެވެ. އަދި ޖަލްސާ ފެށުމަށް ބޭނުންވާ މެންބަރުންގެ އަދަދު ހަމަ ނުވުމުން ޖަލްސާ ވަނީ 10:00 ގައި އަލުން ފެށުމަށް މެދުކަނޑާލާފައެވެ.

މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ހޯރަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބްރައީސް އަހުމަދު ސަލީމް ވިދާޅުވީ ޖަލްސާ ނުފެށި ލަސްވަމުންދަނީ ކޯރަމް ހަމަ ނުވެގެން ކަމަށެވެ. އަދި ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ހަމަކުރުމަށް ބޭނުންވާ ވަރަށް މެންބަރުން ތަޅުމުގައި ނެތް ކަމަށާއި، އަލުން 10:00 ގައި ޖަލްސާ ފެށުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަދި ކޯރަމް ހަމަކުރުމުގައި ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުން އެހީތެރިކަން ދިނުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ. އަދި 10:00 ގައި ޖަލްސާ ފަށާނެ ކަމަށް އިއުލާންކޮށް، ޖަލްސާ ވަނީ މެދު ކަނޑާލާފައެވެ.

ބުދަ ދުވަހުގެ 9:00 ގައި ފެށުމަށް ތާވަލުކުރި ޖަލްސާގެ އެޖެންޑާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވާފައިވ މައްސަލައެވެ.

މީގެ އިތުރުން ނުނިމި ހުރި މަސައްކަތްތަކުގެ ތެރެއިން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާ ގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް 17 ނޮވެންބަރު 2023 ގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ 22 މެންބަރުންގެ ތެރެއިން، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައިނުވާ 3 މެންބަރުން ވަޒީރުންގެ މަޖިލީހަށް އަލުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޤަރާރުގެ ބަހުސްކުރިއަށް ގެންދެވުމެވެ.

މީގެ އިތުރުން އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ، މަސްވެރިން ބާނާ މަހަށްވާ ފައިސާ ނުލިބި ގިނަ ދުވަސްވެފައިވާތީއާއ،ި އެކަމުގެ ސަބަބުން މަސްވެރިންނަށް އެތައް ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާތީ، މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ވީއެންމެ އަވަހަކަށް އެފަރާތްތަކަށް ހަވާލުކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ބަހުސްކުރިއަށް ގެންދެވުމެވެ.

3 ކަމަކަށް ވޯޓަށް އެހުމަށް ވަނީ އެޖެންޑާކޮށްފައެވެ. އެއީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރެއްގެ މަގާމު ހުސްވެފައިވާތީ، އެ ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވާފައިވާ ނަންފުޅުތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާއި، ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހަޅުއްވާފައިވާ ވަޒީރުންނާއި ސުވާލުކުރުމުގެ ގާނޫނުގެ އުވާލުމުގެ ބިލު ބަލައިގަތުމާއި ގުޅޭ ވޯޓެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޕީޕީއެމް ޖަލްސާގައި މީހުން ހިފެހެއްޓުމަށް ވަށައިގެން ދާޖަހައިފި

16 ފެބުރުއަރީ 2017
ޕީޕީއެމް ޖަލްސާގައި މީހުން ހިފެހެއްޓުމަށް ވަށައިގެން ދާޖަހައިފި
14 ފެބުރުއަރީ 2017

ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!

14 ފެބުރުއަރީ 2017
ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
06 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

06 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު