Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިންގެ މުޒާހަރާ

މަސްވެރިންގެ މުޒާހަރާ: މަސްވެރިން ތިބީ ފައިސާ އެއްކޮށް ނުދޭހާ ހިނދަކު ދޫދޭގޮތަކަށްނޫން

މިމަހުގެ 26 ވަނަ ދުވަހު 100 މިލިއަން ރުފިޔާ ދޭނެކަމަށް މިނިސްޓަރ ވިދާޅުވެފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 ފެބުރުއަރީ 2024 | ހޯމަ 14:06
ކޫއްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން

ކޫއްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން

ފައިސާ ނުދޭ މައްސަލައާ ގުޅިގެން ގއ. ކޫއްޑޫގައި ގިނަ އަދަދެއްގެ މަސްވެރިން މުޒާހަރާކުރަމުން އަންނައިރު ހަމައަށް ފައިސާ ނުލިބޭނަމަ މުޒާހަރާކުރުން ހުއްޓާނުލާނެކަމަށް އެމީހުން ބުނެފިއެވެ.

މިކަމާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ގދ. ފަރެސްމާތޮޑާ މަސްވެރިއެއްކަމުގައިވާ މުހައްމަދު މުއުތަސިމް ބުނީ މުޒާހަރާ ކުރަން ފެށިފަހުން މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ، ނުދީ ހުރި 300 މިލިއަން ރުފިޔާގެ ތެރެއިން މިމަހުގެ 26 ވަނަ ދުވަހު 100 މިލިއަން ރުފިޔާ ދޭނެކަމަށް ވިދާޅުވެފައިވާކަމަށެވެ. އަދި ބާކީ ބައި އަންނަ މަހުގެ 5 ގައި ދޭނެކަމަށް ވިދާޅުވެފައިވާކަމަށެވެ.

ނަމަވެސް ފައިސާ ނުދޭތާ ތިން މަސްވެފައިވާތީ ފައިސާ އެއްކޮށް ނުދޭނަމަ ކޫއްޑޫގައި ކުރަމުން އަންނަ މުޒާހަރާ ހުއްޓާނުލާނެކަމަށާއި ކޫއްޑޫ އޮޕަރޭޝަނަށް އަންނާނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމުންކަމަށް މުއުތަސިމް ބުންޏެވެ. މުއުތަސިމް އިތުރަށް ބުނީ މިސަރުކާރުން 25 ރުފިޔާގެ ރޭޓުން ގަނެފައިވާ ހުރިހާ މަހަކަށް ދޭންޖެހޭ ފައިސާ މަސްވެރިންނަށް ދޭންޖެހޭކަމަށެވެ. ވަކި ތާރީޚުތަކެއް ދެމުން އައިނަމަވެސް އެކަން މިހާރު ގަބޫލުނުކުރެވޭކަމަށް އޭނާ ބުންޏެވެ.

މުއުތަސިމް އިތުރަށް ބުނީ ދޭންޖެހޭ ފައިސާ ނުލިބޭތީ ވަރަށް ދަތިކަމަށެވެ. ކުރިޔަށް އޮތީ ރަމަޟާން މަސްކަމަށާއި އެހެންކަމުން ފައިސާ ނުލިބިއްޖެނަމަ މަސްވެރިންގެ އާއިލާތަކަށް ވަރަށް ދަތިވާނެކަމަށެވެ.

އެހެންކަމުން މަސްވެރިން ނިންމާފައިވަނީ ފައިސާ ނުލިބެނީސް ކޫއްޑޫން ނުފައިބަން ކަމަށެވެ. އަދި ހޯމަ ދުވަހުގެ ހަވީރު 4 ޖަހާއިރު ކޫއްޑޫން ކަރަންޓް ކަނޑާލަން ކުރިން ނިންމިކަމަށާއި ނަމަވެސް މިފްކޯގެ ސީއީއޯ ވަޑައިގަންނަވާތީ މިވަގުތަށް ކަރަންޓް ކަނޑާނުލަން ނިންމާފައިވާކަމަށެވެ. ނަމަވެސް ފައިސާ ނުލިބޭނެމަ ކުރަންޖެހުނު ކޮންމެ ކަމެއް ކުރަންވެސް މަސްވެރިން ތިބީ ތައްޔާރަށްކަމަށް މުއުތަސިމް ބުންޏެވެ.

މަސްވެރިންގެ މުޒާހަރާގައި އައްޑޫސިޓީ، ހުވަދުއަތޮޅު، ދ، ތ، އަދި ލ. އަތޮޅުގެ މަސްވެރިން ބައިވެރިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަސްވެރިންނަށް ދޭން ޖެހޭ 470 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ވަނީ ނުދީ ހިފަހައްޓާފައެވެ. އަދި އެއްވެސް ވަރަކަށް ފައިސާ ދޫނުކުރާތާ ދެމަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް މަސްވެރިން ބުނެއެވެ.

މަސްވެރިންނަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބޭ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. މިމައްސަލައާ ގުޅޭގޮތުން މިނިސްޓަރު ޝިޔާމް ސީދާ ޖަވާބެއް ދެއްވާފައިނުވާއިރު، ޝިޔާމްއަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ރައްޔިތުން މަޖިލިހުގެ މެންބަރެއްގެ ގޮތުގައި ހުންނަވައި މަސްވެރިންނަށް ފައިސާ ނުދީގެން އެންމެ ބޮޑަށް ފާޑު ވިދާޅުވި މެންބަރެވެ. އަދި ދާދިފަހުން މި މައްސަލައާ ގުޅިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދެއްކުމަށް މިފްކޯއަށް ލޯނެއް ނަގައިގެން ނަމަވެސް އަނބުރާ ފައިސާ ދެއްވާނެ ކަމަށެވެ. ނަމަވެސް އެ ފައިސާ ދޫކުރާނެ މުއްދަތެއް މިހާތަނަށް އައިއިރު ސަރުކާރުން ހާމަކޮށްފައިނުވެއެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް