Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީހެއްގެ އެކައުންޓުން ފައިސާ ފޭރިގަތުން

މީހެއްގެ އެކައުންޓުން ފޭރިގަތް 1.8 މިލިއަން ރުފިޔާގެ ތެރެއިން 1.6 މިލިއަން ރުފިޔާ ހޯދައިފި

މި މައްސަލައިގައި ޝާމިލުވަނީ އުމުރުން 16 އަހަރުގެ ކުއްޖަކާއި، 24 އަހަރުގެ އަންހެނަކާއި ފިރިހެނަކާއި އަދި 23 އަހަރުގެ ފިރިހެނެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 ފެބުރުއަރީ 2024 | ހޯމަ 12:46
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގައި ހުޅުވާފައިވާ ދިވެއްސެއްގެ އެކައުންޓުން ފޭރިގަތް 1.8 މިލިއަން ރުފިޔާގެ ތެރެއިން 1.6 މިލިއަން ރުފިޔާ ހޯދާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މިމަހުގެ 13 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މިމައްސަލައާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އިސްކަންދަރުކޮށީގައި އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދުބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ފައިސާތައް ފޭރިގަނެފައިވަނީ ފޯނު ކޮމްޕްރޮމައިޒް ކޮށްގެންކަމަށެވެ. އެގޮތުން މިކަން ކޮށްފައިވަނީ ފޯނާއި އެކައުންޓްތަކުގެ ތަފްސީލު އެނގޭ މީހަކު މެދުވެރިކޮށްގެންނެވެ. އަބްދުﷲ ރަޝީދު ވިދާޅުވީ، މިމައްސަލަ ހުށަހެޅުމާއެކު 48 ގަޑިއިރު ތެރޭގައި މިމައްސަލައިގައި ހިމެނޭ ފައިސާގެ 98 އިންސައްތަ ފައިސާ ހޯދިފައިވާކަމަށެވެ.

މިކަމުގައި ޝާމިލްވަނީ އުމުރުން 16 އަހަރުގެ ކުޑަކުއްޖެއް ހިމެނޭގޮތަށް، 4 މީހެކެވެ. ދެން މި މައްސަލައިގައި ޝާމިލްވަނީ އުމުރުން 24 އަހަރުގެ އަންހެނަކާއި ފިރިހެނަކާއި އަދި 23 އަހަރުގެ ފިރިހެނެކެވެ. ކުޑަކުއްޖާ ނޫން ދެން ތިބި މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެދަށުގައެވެ.

މި މައްސަލައިގެ އިތުރު ތަފްސީލު ދެއްވަމުން ހެޑް އޮފް ފްރޯޑް އިންވެސްޓިގޭޝަން، އިންސްޕެކްޓަރ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވީ، މި މައްސަލައިގައި ޝާމިލުވާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުން މިފައިސާ ބޭނުންކޮށްފައިވަނީ ފޯނާއި އިލެކްޓްރޯނިކް ތަކެތި ގަތުމަށާއި ދޫނި އަދި ގަޑިފަދަ ތަކެތި ގަތުމަށް ކަމަށެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ދިރިއުޅުނު ތަންތަން ބަލައިފާސްކުރުމުން މިކަމާ ގުޅުންހުރި ތަކެތި ފެނިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިހާ އަވަހަށް މިފައިސާ ރިކަވަރ ކުރެވުނީ ބޭންކުތަކާއި އާންމު ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ލިބުމުންކަމަށް މަރިޔަމް ވިދާޅުވިއެވެ. އަދި މިހާތަނަށް އައިއިރު މިމައްސަލައިގައި އިސްލާމިކް ބޭންކުގެ އިހުމާލެއް އޮތްކަމަށް ނުފެންނަކަމަށް މަރިޔަމް ވިދާޅުވިއެވެ.

އިންވެސްޓިގޭޝަން އޮފިސަރު، ސާޖަންޓް އަބްދުﷲ ނަދީމް ވިދާޅުވީ އެ ފައިސާ ޓްރާންސްފަރ ކޮށްފައިވަނީ ދެ ލޭޔަރަކުން، ތިން މީހެއްގެ އެކައުންޓަށް ކަމަށެވެ. އެންމެ ބޮޑު އަދަދެއް ޓްރާންސްފަރ ކޮށްފައިވަނީ ސަސްޕެކްޓް 1ށެވެ. އެ މީހާގެ އެކައުންޓަށް، ފަސް ފަހަރެއްގެ މަތިން 1 މިލިއަން ރުފިޔާ ފޮނުވާފައި ވެއެވެ. ސަސްޕެކްޓް 2ށް 8 ލައްކަ ރުފިޔާ ޓްރާންސްފަރ ކޮށްފައިވެއެވެ.

ފައިސާތައް ފޭރިގެންފައިވަނީ މައްސަލަ ހުށަހެޅި ފަރާތް ނަމާދަށް ދާ ގަޑިތައް ބަލައިގެންނެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު