Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޗައިނާގެ ސިނާއީ މަސައްކަތްތެރިން

ޗައިނާގައި ހުނަރުވެރި މަސައްކަތްތެރިން މަދުވެ، ސިނާއަތުތަކުގެ ކުރިމަގު އޮތީ އަނދިރިކަމެއްގެ ތެރޭގައި

2025އާ ހަމައަށް ޗައިނާގެ އުފެއްދުންތެރިކަމުގެ ސިނާއަތަށް 30 މިލިއަން ހުނަރުވެރި މަސައްކަތްތެރިން ބޭނުންވޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2024 | އާދީއްތަ 17:01
ޗައިނާގެ ފެކްޓްރީއެއްގައި ފަންނުވެރިންތަކެއް މަސައްކަތް ކުރަމުންދަނީ

ޗައިނާގެ ފެކްޓްރީއެއްގައި ފަންނުވެރިންތަކެއް މަސައްކަތް ކުރަމުންދަނީ

ޗައިނާއަކީ 2023 ވަނައަހަރު ނިމުނުއިރުވެސް ދުނިޔޭގެ އެންމެ އާބާދީ ބޮޑުގައުމުގެ ގޮތުގައި ރެކޯޑްކުރެވިފައިވާ 1.4 ބިލިއަން މީހުން ހިއްސާކުރާ، މަސައްކަތްތެރި އާބާދީއެކެވެ. ޗައިނާގެ އުފެއްދުންތެރިކަމަކީ، ދުނިޔޭގެ އެންމެ ބޮޑު އެއް އިޤްތިޞާދަށް ވުމަށް ޗައިނާ ކުރަމުންދާ މަސައްކަތް ކާމިޔާބުވުމަށް އޮތް އެންމެ ބޮޑު އެއް ސަބަބެވެ. ނަމަވެސް ޗައިނާގެ އިޤްތިޞާދީ މާހިރުންނާއި އޮފިޝަލުން ލަފާކުރައްވާގޮތުގައި ޗައިނާގައި މިހާރު ދަނީ ހުނަރުވެރި މަސައްކަތްތެރިން މަދުވެ މަސައްކަތްތެރި ސިނާއަތުތަކުގެ ކުރިމަގު އަނދިރިކަމަކާ ދިމާއަށެވެ.

ޗައިނާގެ އެންމެބޮޑު މީޑިއާ ޒިންހުއާ ނިޔުސް އެޖެންސީން ރިޕޯޓްކޮށްފައި ވާގޮތުގައި ޓެކްނޮލޮޖީގެ ދާއިރާގައި ޗައިނާގެ ހުނަރު މުޅި ދުނިޔޭގައިވެސް ފާހަގަކޮށްލެވޭއިރު، އެގައުމުގެ ސިނާއަތުތަކުގެ ޑިމާންޑަށް ފުދޭވަރަށް މަސައްކަތްކުރާނެ ހުނަރުވެރި މަސައްކަތްތެރިން މަދުވެ، އިންޑަސްޓްރިއަލް ސެކްޓަރ ދަނީ ހުސްކަމަކާ ދިމާއަށެވެ.

2025އާ ހަމައަށް ޗައިނާގެ އުފެއްދުންތެރިކަމުގެ ސިނާއަތަށް 30 މިލިއަން ހުނަރުވެރި މަސައްކަތްތެރިން ބޭނުންވާނެކަމަށް ލަފާކުރާއިރު، މަސައްކަތްތެރިންގެ މަދުކަން ކުރިމަތިވާނެ ކަމަށް ޗައިނާގެ މިނިސްޓްރީ އޮފް ހިއުމަން ރިސޯސަން އެންޑް ސޯޝަލް ސެކިއުރިޓީން ދާދި ފަހުން ނެރުނު ރިޕޯޓަކާ ހާވަލާދީ ޒިންހުއާ ނިއުސްއިން ވަނީ ބުނެފައެވެ.

ޗައިނާގައި މަސައްކަތްތެރިން މަދުވަމުންދާ މައިގަނޑު ސަބަބަކީ މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މީހުން ތައްޔާރުކުރާ ވޮކޭޝަނަލް ތަޢުލީމުގެ ނިޒާމަށް އެކަށީގެންވާ ތަރުހީބު ނުލިބޭއިރު، އެ ދާއިރާއަށް ޚާއްޞަ ޓީޗަރުންނާއި އަދި ކޯޕަރޭޓް ސެކްޓަރުން އެކަށީގެންވާ އެއްބާރުލުންވެސް ނުލިބޭތީ ކަމަށް، ޒިންހުއާގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ޗައިނާގެ މިނިސްޓްރީ އޮފް ހިއުމަން ރިސޯސަން އެންޑް ސޯޝަލް ސެކިއުރިޓީން 2022 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ޗައިނާގައި މަސައްކަތްތެރިންނަށް އެންމެ ބޭނުން ޖެހިފައިވާ 100 ދާއިރާ ވަނީ ފާހަގަކޮށްފައެވެ. އޭގެތެރެއިން 41 ދާއިރާއަކީ އުފެއްދުންތެރިކަމުގެ ސިނާއަތުގެ ދާއިރާތަކެވެ.

ޗައިނާގެ އިޤްތިޞާދުގެ ފަހި މުސްތަޤުބަލަކަށާއި، ތަރައްޤީވެފައިވާ ޒަމާނީ ގައުމެއްގެ ގޮތުގައި ޗައިނާ ދެމިއޮތުމަށްޓަކައި އާބާދީގައި ހުނަރުވެރި މަސައްކަތްތެރިން އިތުރުކުރުން މުހިންމު ކަމަށް އެގައުމުގެ ކޮމިއުނިސްޓު ޕާޓީގެ ނޫހެއް ކަމަށްވާ ޕީޕަލްސް ޑެއިލީން ވެސް ބުނެފައި ވެއެވެ.

ނަމަވެސް ވޮކޭޝަނަލް ތަޢުލީމާއެކު މުޖުތަމަޢަށް ނުކުންނަ މީހުންނަށް ލިބޭ މުސާރަ ކުޑަވުމާއި، އަދި އާއިލާއާއި ރަހުމަތްތެރިންގެ ފަރާތުން އެކަށީގެންވާ ތަރުހީބު ނުލިބޭތީ، އެގައުމުގައި ބޮޑުވަމުން އަންނަ ޖީލުގައި ވޮކޭޝަނަލް ތަޢުލީމު ހާސިލުކުރުމަށް މާ ބޮޑު ޝައުގުވެރިކަމެއް ނެތެވެ.

ޗައިނާއަކީ 2023 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ އެންމެ ބޮޑު އާބާދީއަށް ވާއިރު، އެގައުމުގެ އާބާދީއަކީ 1.4 ބިލިއަން މީހުންނެވެ. ނަމަވެސް އުމުރުން 16 އަހަރާ 59 އަހަރާ ދެމެދުގެ ޗައިނާގެ ވަޒީފާ އަދާކުރާ އުމުރުގެ އާބާދީ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ދަށަށް ގޮސްފައި ވަނީ، މުސްކުޅިވެފައިވާ ޑިމޮގްރަފިކްސްއާއި އުފަންވާ ނިސްބަތް ދަށްވުމުގެ ސަބަބުންނެވެ.

2022 ވަނަ އަހަރު ޗައިނާގެ މަސައްކަތްތެރިންގެ އަދަދު ގާތްގަނޑަކަށް 786 މިލިއަނަށް އަރާއިރު، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 35 މިލިއަން މީހުންނަށް ދަށަށް ދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މަސައްކަތްތެރިންގެ އަދަދު ދަށްވުމުގެ ސަބަބުން ޗައިނާގެ އިޤްތިޞާދީ ކުރިއެރުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، އުފަންވާ ނިސްބަތް އިތުރުކުރުމަށާއި، އޮޓޮމޭޝަން، އޭއައި އަދި ޢިނާޔަތްތައް މެދުވެރިކޮށް އުފެއްދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ދަނީ ބާރު އަޅަމުންނެވެ.

އުމުރުން ދުވަސްވެފައިވާ ޗައިނާގެ ބޮޑު އާބާދީއަކީ ވެލްފެއަރއާއި ޞިއްޙީ ޚިދުމަތްތައް އިތުރަށް ބޭނުންވާ އާބާދީއަކަށް ވާއިރު، އެއީވެސް ޗައިނާގެ ވަސީލަތްތަކަށް ބުރޫއަރާ ކަމެކެވެ. އޭގެ ރައްދުގައި ސަރުކާރުން ވަނީ، ރިޓަޔަރކުރާ އުމުރު ފަސްކުރުމާއި، ބޭރުގެ ހުނަރުވެރިންގެ އިމިގްރޭޝަން އިތުރުކޮށް، މަސައްކަތުގެ މާހައުލުގައި ޖިންސީ ހަމަހަމަކަން އިތުރުކުރުމަށް ސިޔާސަތުތައް ތަންފީޒުކުރަން ފަށާފައެވެ.

ކަމާބެހޭ މާހިރުން ވިދާޅުވާގޮތުގައި، ޗައިނާގެ ޑިމޮގްރަފިކް ޝިފްޓްތައް މެނޭޖްކުރުމަކީ ދުނިޔޭގެ އިޤްތިޞާދީ ސުޕަރޕަވަރެއްގެ ގޮތުގައި ޗައިނާގެ ޓްރެޖެކްޓަރީއަށް އަސަރުކުރާ އެންމެ ބޮޑު ދާޚިލީ މައްސަލައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝިމާއު - ރަން މެޑެއްޔެއް ހޯދަން ކެތްމަދުވެފައި

ޝިމާއު - ރަން މެޑެއްޔެއް ހޯދަން ކެތްމަދުވެފައި

01 ޑިސެމްބަރު 2021
ސްކޫލަށް އެނބުރި ދިއުމަށް ދަރިވަރުން ތިބީ ހަމަ އަސްލު ވެސް ކެތްމަދުވެފައި!

ސްކޫލަށް އެނބުރި ދިއުމަށް ދަރިވަރުން ތިބީ ހަމަ އަސްލު ވެސް ކެތްމަދުވެފައި!

10 އޯގަސްޓު 2021
''އިންޑިއާ ކޮންސިއުލޭޓްގެ މަސައްކަތް ކުރުމަށް މަންދޫބުން ތިއްބެވީ ކެތްމަދުވެފައި''

''އިންޑިއާ ކޮންސިއުލޭޓްގެ މަސައްކަތް ކުރުމަށް މަންދޫބުން ތިއްބެވީ ކެތްމަދުވެފައި''

31 މެއި 2021
ގޮންޖެހުން ތަކާއި އެކުވެސް ކާމިޔާބު ހޯދުމަށް ނާނަ ކެތް މަދުވެފައި!

ގޮންޖެހުން ތަކާއި އެކުވެސް ކާމިޔާބު ހޯދުމަށް ނާނަ ކެތް މަދުވެފައި!

13 ސެޕްޓެމްބަރު 2020
ސިންގަޕޯރުގައި ކޮވިޑް-19 ފެތުރެން ދިމާވި ސަބަބަކީ އެގައުމަށް ހިޖުރަކޮށްފައިވާ މަސައްކަތްތެރިންނަށް ސަމާލުކަންނުދެވުން

ސިންގަޕޯރުގައި ކޮވިޑް-19 ފެތުރެން ދިމާވި ސަބަބަކީ އެގައުމަށް ހިޖުރަކޮށްފައިވާ މަސައްކަތްތެރިންނަށް ސަމާލުކަންނުދެވުން

16 އެޕްރީލު 2020

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު