Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނަވަލްނީގެ ހަށިގަނޑު ނުދޭން އުޅުން

ނަވަލްނީގެ ހަށިގަނޑު ނުދޭން އުޅޭ ކަމަށް އާއިލާއިން ތުހުމަތު ކޮށްފި

އެލެކްސީ ނަވަލްނީ އަކީ ރަޝިޔާ ސަރުކާރުގެ އިސްވެރިން ޚާއްސަކޮށް ރައީސް ވްލަޑިމަރ ޕޫޓިންގެ ކޮރަޕްޝަން ހާމަ ކުރުމަށް އެންމެ ގަދަޔަށް އަޑުއުފުލަމުން އައި އެއްފަރާތެވެ.

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2024 | އާދީއްތަ 12:06
ރަޝިޔާ ގެ މައި އިދިކޮޅު ލީޑަރ އެލެކްސީ ނަވަލްނީ

ރަޝިޔާ ގެ މައި އިދިކޮޅު ލީޑަރ އެލެކްސީ ނަވަލްނީ

ޖަލުގައި ހުއްޓާ ކުއްލި ގޮތަކަށް މަރުވެފައިވާ ރަޝިޔާގެ އެންމެ ބޮޑު އިދިކޮޅު ލީޑަރ އެލެކްސީ ނަވަލްނީގެ ހަށިގަނޑު އާއިލާ އާ ހަވާލުނުކޮށް ސަރުކާރުން ގަސްތުގައި ލަސްކުރަމުންދާކަމަށް ނަވަލްނީގެ އާއިލާއިން ތުހުމަތު ކޮށްފިއެވެ.

ނަވަލްނީ ބަހައްޓާފައި ހުރީ މޮސްކޯގެ އުތުރުން 12 ސަތޭކައެއްހާ މޭލު ދުރުގައި އެންމެ ފިނި ހިސާބުގައި ހުންނަ، އެންމެ ބޮޑެތި ކުށްވެރިންނަށް ޚާއްސަ ކޮށްފައިވާ ޖަލުގައެވެ.

ނަވަލްނީގެ މަންމަ ލުޑްމިލާ ނަވަލްނީ ހޮނިހިރު ދުވަހު ހަށިގަޑާ ހަވާލުވުމަށް ކޮލޮނީ އަށް ގޮސްފައި ވެއެވެ. ނަމަވެސް ހަށިގަނޑު ހަވާލުކޮށްފައެއް ނުވެއެވެ. ފުރަތަމަ ހެދި ޕޯސްޓް މޯޓަމް ރަގަޅުނޫންކަމަށާ އެހެން ޕޯސްމޯޓަމެއް ހެދުމަށް ހަށިގަނޑު މޯގްއަކަށް ގެންދެވިފައިވާ ކަމަށް ބުނެފައިވެއެވެ.  އެތަނަށް ދިޔައިރު އެތަންވެސް ހުރީ ބަންދު ކޮށްފައި ކަމަށް އާއިލާއިން ބުނެފައި ވެއެވެ.

ނަވަލްނީ މަރުވި ގަޑިއެއްކަމަށް އިދާރާތަކުން ދީފައިވާ ގަޑިއަކީ މެންދުރުފަހު 2:17 އެވެ. އަދި މަރުވި ސަބަބެއް ކަމަށް ދީފައިވާ ސަބަބަކީ "ސަޑްން ޑެތު ސިންޑްރޯމް" އެވެ.

ކުރިން ޕްރިޒަން ސަރވިސް އިން ބުނެފައިވަނީ ނަވްލްނީ ހިގާލަން ނެރުނުތަނާ ކުއްލިއަކަށް ހޭނެތުނީ ކަމުގައެވެ. އަދި މެޑިކަލް ޓީމުން ކުރިމަސައްކަތުންވެސް އޭނާސަލާމަތް ނުކުރެވި މަރުވީކަމަށް ބުނެފައި ވެއެވެ.

އެލެކްސީ ނަވަލްނީ އަކީ ރަޝިޔާ ސަރުކާރުގެ އިސްވެރިން ޚާއްސަކޮށް ރައީސް ވްލަޑިމަރ ޕޫޓިންގެ ކޮރަޕްޝަން ހާމަ ކުރުމަށް އެންމެ ގަދަޔަށް އަޑުއުފުލަމުން އައި އެއްފަރާތެވެ. އަދި ޔޫކްރެއިން އާދެކޮޅަށް ފެށިހަނގުރާމައާ ގުޅިގެންވެސް ޕޫޓިންއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އައިސްފައި ވެއެވެ. މިކަމާގުޅިގެން ދިގު ޖަލުހުކުމެއް އިއްވައި އޭނާހުރީ ޖަލަށް ލާފައެވެ.

ނަވަލްނީގެ މަރާ ގުޅިގެން ރަޝިޔާގެ އިތުރުން ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައިވެސް އަންނަނީ މުޒާހަރާތައް ކުރަމުންނެވެ. ރަޝިޔާގައި މުޒާހަރާ ކުރުން ހުއްޓުވުމަށް ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ފުލުހުން ނެރެފައެވެ. މިއާއެކުވެސް މުޒާހަރާކޮށްގެންނާއި މާބެހެއްޓުންފަދަ ހަރަކާތްތައް ހިންގައިގެން މިހާތަނަށް 400 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ހިއުމަން ރައިޓްސް ގްރޫޕް ތަކުން ބުނެފައި ވެއެވެ.

އެލެކްސީ ނަވަލްނީ އަކީ ހިއްވަރުގަދަ ކަމަސް މުޅިދުނިޔޭގަވެސް މަޝްހޫރުވެފައިވާ ފަރާތެކެވެ. އޭނާގެ ހަޔާތުގެ މައްޗަށް ހަދާފައިވާ ޑޮކިއުމެންޓްރީ އަކަށް 2023 ގެ އޮސްކާގައި އެވޯޑް ލިބިފައި ވެއެވެ.

ޖަރމަނީގެ މިއުނިކް ގައި މިހާރު ކުރިޔަށްދާ ޖީ-ސެވަން ފޮރިންމިނިސްޓަރސް މީޓިންގ ގައި އިއްޔެވަނީ ނަވަލްނީގެ ހިއްވަރަށް ތައުރީފްކޮށް އޭނާގެ ހަނދާނުގައި އެއްމިނިޓްގެ ސުކޫތެއް ގެނެސްފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި

އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި

05 މެއި 2017
ކެމިކަލް ހަމަލާއަކީ އުފައްދައިގެން އުޅޭ ވާހަކައެއް: އަސަދު

ކެމިކަލް ހަމަލާއަކީ އުފައްދައިގެން އުޅޭ ވާހަކައެއް: އަސަދު

14 އެޕްރީލު 2017
ދެކުނު ކޮރެއާގެ ގެއްލިގެން އުޅޭ އާގު ބޯޓް އަޑިއަށް ގޮސްފައިވަކަމަށް ބެލެވެން ފަށައިފި

ދެކުނު ކޮރެއާގެ ގެއްލިގެން އުޅޭ އާގު ބޯޓް އަޑިއަށް ގޮސްފައިވަކަމަށް ބެލެވެން ފަށައިފި

02 އެޕްރީލު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު މެލޭޝިއާ އިން އުތުރު ކޮރެއާއާ ހަވާލުކޮށްފި

ކިމް ޖޮން ނަމްގެ ހަށިގަނޑު މެލޭޝިއާ އިން އުތުރު ކޮރެއާއާ ހަވާލުކޮށްފި

31 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު މެލޭޝިއާ އިން އެހެން ގަައުމަކަށް ފޮނުވާލާކަށް އަދި ނޫޅޭ: މެލޭޝިއާ

ކިމް ޖޮން ނަމްގެ ހަށިގަނޑު މެލޭޝިއާ އިން އެހެން ގަައުމަކަށް ފޮނުވާލާކަށް އަދި ނޫޅޭ: މެލޭޝިއާ

28 މާރިޗު 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު