Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ ކެމްޕޭން

ފެންނަމުންދަނީ ވެރިކަމަށް އައިއިރު ރައްޔިތުންނަށް ހެދި ދޮގުތައް ވެރިކަމަށް އައުމަށްފަހުވެސް ތަކުރާރުކުރަމުންދާ މަންޒަރު: ސާލިޙު

މިފަދަ ދަނޑިވަޅެއްގައި ކެރިގެން ރައްޔިތުންގެ ވިސްނުމާއެކު މަސައްކަތް ކުރާނެ ބަޔަކު މަޖިލީހަށް ބޭނުންވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2024 | އާދީއްތަ 07:39
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

މިހާރު ފެންނަމުންދަނީ އަދުގެ ސަރުކާރު ވެރިކަމަށް އައިއިރު ވީ ވައުދުތަކާއި، ރައްޔިތުންނަށް ހެދި ދޮގުތައް ވެރިކަމަށް އައުމަށްފަހުވެސް ތަކުރާރު ކުރަމުންދާ މަންޒަރުކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ހިންނަވަރު ދާއިރާއަށް އެމްޑީޕީން ވާދަ ކުރައްވާ ޖީހާން މަހުމޫދުގެ ކެމްޕޭނު ޙަރަކާތެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ސާލިޙު ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަކީވެސް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭނެ މަޖިލީހެއް ކަމަށެވެ. އެގޮތުން ޤައުމު މިއަދު މި ދަނީ ރަނގަޅު މިސްރާބަކަށް ނޫންކަމަށާއި ލޯ މަރާލައިގެން ހުރެވޭކަށް ނެތްކަމަށް ސާލިޙު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސާލިޙު ވިދާޅުވީ، މިއަދުގެ ސަރުކާރުން ވެރިކަމަށް އައިއިރު ވީ ވައުދުތަކާއި، ރައްޔިތުންނަށް ހެދި ދޮގުތައް ވެރިކަމަށް އައުމަށްފަހުވެސް ތަކުރާރު ކުރަމުންދާ މަންޒަރު ފެންނަމުންދާކަމަށެވެ.

ސާލިޙު ވިދާޅުވީ، މިފަދަ ދަނޑިވަޅެއްގައި ކެރިގެން ރައްޔިތުންގެ ވިސްނުމާއެކު މަސައްކަތް ކުރާނެ ބަޔަކު މަޖިލީހަށް ބޭނުންވާކަމަށެވެ.

އަދި މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމުން، އެންމެ ފުރަތަމަ އަމާޒަކީވެސް މި ސަރުކާރު ހަމަ މަގަށް އަޅުވައި، އިތުރުފުޅު ނުހެއްދެވުމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު އަރިހުން އެދިލެއްވުންކަން ވެސް ފާހަގަ ކުރެއްވިއެވެ.

ޖީހާނަކީ އެފަދަ ކެންޑިޑޭޓެއްކަން ފާހަގަ ކުރައްވައި ސާލިޙު ވަނީ ޓީމެއްގެ ގޮތުގައި ނުކުމެ، ހިންނަވަރު ދާއިރާގެ ގޮނޑި އެމްޑީޕީއަަށް ކާމިޔާބު ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ކުރީގެ ރައީސް ސާލިޙު ވަނީ ޤައުމީ ވިސްނުމެއްގައި، ޕާޓީގެ ރޫޙުގައި ނުކުމެ މަސައްކަތް ކުރުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު