Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފަޅު އެއްބަސްވުން

ގުޅިފަޅު އެއްބަސްވުމުން ދައުލަތަށް ގެއްލުންވާ ސަބަބެއް ނުދެއްކެނީ ސަބަބެއް ނެތުމުން- އަކްރަމް

16 ފެބުރުއަރީ 2024 | ހުކުރު 08:18

ގުޅިފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލުމަށް ހައިކޯޓުން އަމުރެއް ނެރެފައިވަނީ 14 ފެބްރުއަރީ 2024ގަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 16 ފެބުރުއަރީ 2024 | ހުކުރު 08:18
ޕްލޭނިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން

ޕްލޭނިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން

ގުޅިފަޅު އެއްބަސްވުމަކީ ދައުލަތަށް ގެއްލުންވާ ގޮތަށް ހަދާފައިވާ އެގްރީމަންޓެއް ކަމަށް ބުނާ ނަމަ އެއީ ކޮން ގެއްލުމެއްކަން ބުނެ ނުދެވެނީ ރައްޔިތުންނަށް އޮޅުވާލާތީ ކަމަށް ހައުސިން މިނިސްޓްރީގެ ކުރީ ގެސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް މިހެން ވިދާޅުވީ އެކްސްގައި އޭނާ ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ގުޅިފަޅު ހިއްކަން ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުން އޮތީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް މި ސަރުކާރުގެ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވަނީ ވިދާޅުވެފައެވެ. އޭނާ މިހެން ވިދާޅުވީ ތިމާވެއްޓަށް އިއާދަ ނުކުރެވޭ ގެއްލުންތަކެއް ވާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން ގުޅިފަޅު ހިއްކުމުގެ މަސައްކަތް މަޑުޖައްސާލަން ހައި ކޯޓުން ކުރި އަމުރާ ގުޅިގެންނެވެ. ދައުލަތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ހައި ކޯޓުން ނެރެފައިވާ އަމުރު ތަންފީޒުކުރުން ފަސްކުރަން އަމުރުކޮށްފައެވެ.

Advertisement - newsAdvertisement

މިނިސްޓަރު މުއްތަލިބް ވިދާޅުވެފައި ވަނީ ހައި ކޯޓުން މަސައްކަތް ހުއްޓާލަން އަމުރު ނެރެފައިވާ ސަރުކާރުން ބޭނުން ވެގެން ނޫން ކަަމަށެވެ. އެކަން އޮޅުވާލަނީ ދައުލަތަށް ގެއްލުންވާ ގޮތަށް އެގްރީމަންޓް ހެދި ފަރާތްތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ވާހަކަތަކާއި ގުޅިގެން އަކްރަމް ވިދާޅުވީ ގެއްލުންވާކަމެއް ފާހަގަނުކުރެވުނީ އެފަދަ ކަމެއް ނެތުމުން ކަމަށެވެ. ނޫން ނަމަ އެކަން ހާމަކޮށްދެއްވަންވީ ނޫންތޯ އަކްރަމް ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން، އާންމުންނަށް ގޯތި ދިނުމަށް ކަނޑައަޅައި ހިއްކަންފެށި ގުޅިފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލުމަށް ހައިކޯޓުން ނެރުނު އަމުރު ފަސްކުރުމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ގުޅިފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލުމަށް ހައިކޯޓުން އަމުރެއް ނެރެފައިވަނީ 14 ފެބްރުއަރީ 2024ގައެވެ.

މިއީ ތިމާވެށީގެ މިފަދަ މައްސަލައެއްގައި، ރާއްޖޭގައި ހިންގަމުންދިޔަ ބިޔަ މަޝްރޫއެއް ހުއްޓުވުމަށް ކޯޓަކުން އަމުރު ނެރުނު ފުރަތަމަ ފަހަރެވެ. ގުޅިފަޅު ހިއްކާތީ، އެ ސަރަހައްދުގެ އިތުރުން އެ ސަރަހައްދު ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބޭނެކަމަށް ބުނެ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ، ތިމާވެށީގެ ކަންކަމުގައި އަޑު އުފުލާ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވާ ހުމައިދާ އަބްދުލްޣަފޫރެވެ.

އެ މައްސަލަ މަޑުޖައްސާލުމަށް އެދި ހައި ކޯޓަށް މައްސަލައެއް ހުށަހެޅީ، ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، ހުއްޓާލުމަށް ނުފެންނަ ކަމަށް ސިވިލް ކޯޓުން ނެރުނު އަމުރު މުރާޖައާކުރަން ހުށަހެޅުމުންނެވެ.

ނަމަވެސް ބަންޑާރަނައިބުގެ އޮފީހުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް، ހައިކޯޓުގެ އަމުރަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް އެދުމާ ގުޅިގެން 15 ފެބްރުއަރީ 2024ގައި ސުޕްރީމް ކޯޓުން ބުނީ، ހައިކޯޓުގެ އަމުރަށް އަމަލުކުރުން ފަސްކޮށްނުދީފިނަމަ، ދައުލަތަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވުމުގެ ފުރުސަތު އޮތްކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

10 އޯގަސްޓު 2017

އަމީތާއި ސައުދާއި ވައްޑެއާ މެދު އަމަލު ކުރަނީ އިހާނެތިކޮށް ، ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް : ވަކީލުން

10 އޯގަސްޓު 2017
އަމީތާއި ސައުދާއި ވައްޑެއާ މެދު އަމަލު ކުރަނީ އިހާނެތިކޮށް ، ބަންދުގައި  ބަހައްޓަން ޖެހޭ ސަބަބެއް ނެތް : ވަކީލުން
20 ޖުލައި 2017

ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަން ކޮމިޝަނެއް އުފައްދައިފި

20 ޖުލައި 2017
ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަން ކޮމިޝަނެއް އުފައްދައިފި
04 ޖުލައި 2017

ޖަލްސާތައް މެދުކަނޑާލި ސަބަބެއް އަމީން އާންމަށް އެނގިވަޑައިނުގެންނެވި!

04 ޖުލައި 2017
ޖަލްސާތައް މެދުކަނޑާލި ސަބަބެއް އަމީން އާންމަށް އެނގިވަޑައިނުގެންނެވި!
01 ޖުލައި 2017

ކާނަލް ނާޒިމް އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް ނެތް: އަދާލަތު

01 ޖުލައި 2017
ކާނަލް ނާޒިމް އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް ނެތް: އަދާލަތު
20 ޖޫން 2017

ދައުލަތަށް ލިބެންޖެހޭ 4.5 ބިލިއަން ރުފިޔާ ހޯދަން ވަނީ ދައުވާކޮށްފައި: ސަރުކާރު

20 ޖޫން 2017
ދައުލަތަށް ލިބެންޖެހޭ 4.5 ބިލިއަން ރުފިޔާ ހޯދަން ވަނީ ދައުވާކޮށްފައި: ސަރުކާރު
14 ޖޫން 2017

ގަތަރާ އޮތް ގުޅުން ކަނޑާލަން ޖެހޭ ސަބަބެއް ނެތް: ރައީސް މައުމޫނު

14 ޖޫން 2017
ގަތަރާ އޮތް ގުޅުން ކަނޑާލަން ޖެހޭ ސަބަބެއް ނެތް: ރައީސް މައުމޫނު
04 މެއި 2017

ދެލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރި މައްސަލައިގެ އިސްތިއުނާފަށް ތައްޔާރުވުމަށް ދައުލަތަށް ފަސް ދުވަސް ދީފި

04 މެއި 2017
ދެލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރި މައްސަލައިގެ އިސްތިއުނާފަށް ތައްޔާރުވުމަށް ދައުލަތަށް ފަސް ދުވަސް ދީފި
12 އެޕްރީލު 2017

ބިލްގެ މަގުސަދަކީ ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ހޯދުން: އިދިކޮޅު މެމްބަރުން

12 އެޕްރީލު 2017
ބިލްގެ މަގުސަދަކީ ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ހޯދުން: އިދިކޮޅު މެމްބަރުން
31 މާރިޗު 2017

ދައުލަތަށް އެންމެ ގިނަ ފައިސާ ވައްދާ ބަޔަކަށް ހދ އަތޮޅު ރައްޔިތުން ވާނެ، އެކަމަކު ބޮޑު އެންމެ ޕްރޮޖެކްޓެއް ނުހިނގާ: ނާޒިމް

31 މާރިޗު 2017
ދައުލަތަށް އެންމެ ގިނަ ފައިސާ ވައްދާ ބަޔަކަށް ހދ އަތޮޅު ރައްޔިތުން ވާނެ، އެކަމަކު ބޮޑު އެންމެ ޕްރޮޖެކްޓެއް ނުހިނގާ: ނާޒިމް
11 މާރިޗު 2017

ޝަރީޢަތަށް ހުށަހަޅައިގެން ދައުލަތަށް 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް އެދިފައިވާނެ : އޭސީސީ

11 މާރިޗު 2017
ޝަރީޢަތަށް ހުށަހަޅައިގެން ދައުލަތަށް 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް އެދިފައިވާނެ : އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް