Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފުޓްބޯޅަ ގަވާއިދު

ނޫކާޑަކީ ފުޓްބޯޅައެއްނޫން: ޔޫއޭފާގެ ރައީސް

ނޫ ކާޑު ތައާރަފްކުރަން މަޝްހޫރު ކޯޗުން ވެސް ދެކޮޅު

ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2024 | ބުރާސްފަތި 08:34
އިނގިރޭސި ރެފްރީން އެންތޮނީ ނޫކާޑު ހިފައިގެން ހުރި މަންޒަރެއް

އިނގިރޭސި ރެފްރީން އެންތޮނީ ނޫކާޑު ހިފައިގެން ހުރި މަންޒަރެއް

ފުޓްބޯޅަ ގަވާއިދަށް ތައާރަފްކުރަން އުޅޭ ނޫ ކާޑަކީ ފުޓްބޯޅައިގެ ބައެއްނޫން ކަމަށް ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ އެލެގްޒެންޑާ ސެފެރިން ވިދާޅުވެއްޖެ އެވެ.

ނޫކާޑު ތައާރަފްކުރަން މަސައްކަތް ކުރަނީ އިންޓަނޭޝަނަލް ފުޓްބޯޅަ އެސޯސިއޭޝަން ބޯޑް (އައިއެފްއޭބީ) އިންނެވެ. އެ ޖަމާއަތުން ވަނީ ޔޫރަޕާއި އެނޫންބައްރުތަކުގެ ދަށް ލީގުތަކުގައި މި ކާޑު ބޭނުންކޮށް ޓެސްޓްކޮށްފަ އެވެ. މިހާރު ކުރަން އުޅޭ ކަމަކީ ފުޓްބޯޅައިގެ އެންމެ މަތީ ލެވެލްގައި މި ކާޑު ޓެސްޓް ކުރުމެވެ.

ނަމަވެސް ސެފެރިން ބުނީ 1970 ވަނަ އަހަރުގެ ވޯލްޑްކަޕަށް ރީނދޫ ކާޑާއި ރަތްކާޑު ތައާރަފްކުރި ފަހުން ގަވާއިދަށް އަންނަ ބޮޑު ބަދަލަކީ ނޫކާޑު ވެގެންދާއިރު މީގެ ސަބަބުން މާއެދެވޭ ހެޔޮ ބަދަލެއް އަންނާނެ ކަމަށް ނުފެންނަ ކަމަށެވެ.

އޭނާ މިފަދައިން ވިދާޅުވީ ނޫކާޑާމެދު އިނގިރޭސި ޕްރެމިއާ ލީގުގެ ބޮޑެތި ޓީމުތަކުގެ ކޯޗުން ވެސް ދެކޮޅު ހަދާފައިވަނިކޮށެވެ. އޭގެ ތެރޭގައި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ލިވަޕޫލްގެ ޔާގެން ކްލޮޕް ހިމެނެ އެވެ. އަދި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ މިކާޑާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ނޫ ކާޑަކީ ރަތްކާޑު ދެއްކުމުގެ ދޭ އިންޒާރެކެވެ. މި ގޮތުން ގަސްތުގައި ކުރައްކާތެރި ފައުލެއް ނުވަތަ ރެފްރީގެ ނިންމުމާ ދެކޮޅު ހެދުމުގެ އަމަލެއް، ނުވަތަ ހުތުރު ބަހުން ވާހަކަ ދެއްކުމާއި ނަސްލީގޮތުން ދިމާކުރުން، ގަސްތުގައި ގޯލެއް ޖަހަނިކޮށް އެކަމަށް ހުރަސް އެޅުން ފަދަ ކަންކަމުގައި މި ކާޑު ބޭނުން ކުރާނެ އެވެ. ދަށް ޑިވިޝަންތަކުގައި މި ކާޑު ދެއްކުމުން އެކުޅުންތެރިއަކު ނުވަތަ އޮފިޝަލަކު ކާޑު ދެއްކި ވަގުތުން ފެށިގެން 10 މިނިޓް ވަންދެން މެޗުގައި ބައިވެރިނުވެވޭނެ އެވެ. އަދި އަލުން މެޗުގައި ބައިވެރިވުމަށްފަހު ދެ ވަނަ ނޫ ކާޑެއް ދައްކައިފިނަމަ ރަތްކާޑު ދެއްކި ކަމަށް ބަލަނީ އެވެ.

މި ގަވާއިދާމެދު ފާޑުކިޔާ ކޯޗުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މިގަވާއިދުގެ ދަށުން ކީޕަރު ދަނޑުން ފޮނުވާލައި ވަގުތުކޮޅަކަށް މެޗާ ވަކިވާން ޖެހޭއިރު ބަދަލު ކީޕަރަށް ކުޅެން ނުނުކުމެވޭތީ އެވެ.

ނަމަވެސް އިނގިރޭސި އެފްއޭއިން ވަނީ އެފްއޭކަޕްގަ އާއި އިނގިރޭސި އަންހެން ލީގުގައި މި ކާޑު ޓެސްޓްކުރަން މިހާރު އެއްބަސްވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުގެ ވެރިންނާއި ރައީސް ޔާމިން ބައްދަލުކުރައްވައިފި

ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުގެ ވެރިންނާއި ރައީސް ޔާމިން ބައްދަލުކުރައްވައިފި

03 މެއި 2017
ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

03 އެޕްރީލު 2017
ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން

ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން

16 މާރިޗު 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު