Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކުޑަކުއްޖެއްގެ ބުރަކަށްޓަށް ޖެވެލިން ހެރުން

"11 އަހަރުގެ ދަރިފުޅު ސަލާމަތްވީ މަރުގެ އެތިފަހަރަކުން، 6 މަސް ދުވަހަށް ބެޑް ރެސްޓަށް"

ކުއްޖާގެ ބުރަކަށްޓަށް ޖެވެލިން ހެރުމުން ވަނީ ވަރަށް ބޮޑަށް އަނިޔާވެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2024 | ހުކުރު 04:44
ޒައިން

ޒައިން

މި ވާހަކަ ފަށާނީ އައްޑޫސިޓީގެ ހިތަދޫ އަށް ނިސްބަތްވާ ވަސީމާ އަހުމަދު އާއި ހިސާބުންނެވެ. މި މަހުގެ 09 ވަނަ ދުވަހުގެ އިރު އޮއްސެން ކައިރިވި ވަގުތު އޭނާ ތައްޔާރުވަމުން ދިޔައީ އޭނާގެ އުމުރުން 11 އަހަރުގެ މުހައްމަދު ޒައިން ޒަމީން ބަލާ ދާށެވެ. ޒައިން އެ ވަގުތު ވީ އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުގެ ފަހުގެ ފަރިތަކުރުންތަކުގައެވެ. ދަރިފުޅު ބަލާދާން ނުކުތް ގަޑީގައި އޭނާ އަށް އައި ފޯނުކޯލަކީ ދަރިފުޅުގެ ކޯޗްގެ ފޯނު ކޯލެވެ. އެ ފޯނު ކޯލް އާއި އެކު އޭނާ އަށް ލިބުނީ ހާސްކުރުވަނިވި ޚަބަރެކެވެ. އެއީ ދެ ލޯ ފަދަ ލޯބިވާ ދަރިފުޅުގެ ގަޔަށް ޖެވެލިން އެއް ހެރުނު ޚަބަރެވެ. ވީ އެންމެ އަވަހަކަށް އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލަށް ދަރިފުޅާއި ހަމައަށް ދިޔައެވެ.

ވަސީމާގެ ވާހަކަތައް ކިޔާދެމުން ދިޔަ ވަރަކަށް އަޅުގަނޑަށް ފާހަގަކުރެވުނު ވަރަށް ގިނަ ކަންތައްތަކެއް ހުއްޓެވެ. އެ ވާހަކަތަކަށް ބަލާލުމުގެ ކުރިން މި ހާދިސާ ހިނގި ގޮތަށް ބަލާލަމާތޯއެވެ؟

އަޅުގަނޑަށް ވަސީމާ އާއި އޭނާގެ 11 އަހަރުގެ ދަރިފުޅާއި ބައްދަލުވީ ބުރާސްފަތި ދުވަހު އޭޑީކޭ ހޮސްޕިޓަލުންނެވެ. މި މަހުގެ 9 ވަނަ ދުވަހު ޒައިން އެތްލެޓިކްސް ޕްރެކްޓިސް އަށް ދިޔައީ އެހެން ދުވަސްތަކެކޭ އެއްފަދައިން އޭނާގެ ތަމްރީނުތަކުގައި ބައިވެރިވެ އެތްލެޓިކްސް މުބާރާތަށް ތައްޔާރުވުމުގެ ގޮތުންނެވެ. ހާދިސާ ހިނގި ގޮތް ކިޔާދެމުން ޒައިން ބުނީ ހާދިސާ ހިނގި ވަގުތު އޭނާވެސް އުޅުނީ އެތްލެޓިކްސް ޕްރެކްޓިސްގައެވެ. އޭރު ދުވަހުގެ ޕްރެކްޓިސް ނިމެން ހުރީ ކުޑަ ވަގުތުކޮޅެކެވެ. ޒައިން ދިޔައީ ޝައުގުވެރިކަމާއި އެކު އޭނާގެ ޑިސްކަސް އެއްލުމުގެ ހަރަކާތްތައް ފަރިތަކުރަމުންނެވެ. މިއީ އޭނާ މިފަދަ ޤައުމީ މުބާރާތެއްގައި ބައިވެރިވާ ފުރަތަމަ ފަހަރުކަމަށް ވުމާއި އެކު އޭނާ ހުރީ ވަރަށް އުންމީދާއި އެކުގައެވެ. އެ ދުވަހު ވެސް އޭނާ ޕްރެކްޓިސްގައި ޝާމިލްވެ އުޅުނީ ވަރަށް ޝައުގާއި އެކުގައެވެ. ޑިސްކަސް ނަގަން ދިޔަ ވަގުތު އޭނާގެ ބުރަކަށްޓަށް ޖެވެލިން ހެރުމުން އޭނާ އަށް ހުއްޓުން އަރާ ގޮތްވި ކަމަށް އޭނާ ވަނީ ކިޔާދީފައެވެ.

ކުޑަކުޑަ ޒައިން ބުނާ ގޮތުން އޭނާ އަށް އަނިޔާ ލިބުމާއި އެކު އޭނާ ހަތަރު މީހަކު ވެގެން އުފުލާލާއިގެން ގެންގޮސް ކާރެއްގައި އޭނާ އަވަހަށް ހޮސްޕިޓަލަށް ގެންދިޔައެވެ. އޭރުވެސް ވެގެން އުޅޭ ގޮތް އޭނާ އަށް ވެސް ސީދާސީދަލަށް ފަހުމު ނުވާކަން އޭނާގެ ވާހަކަތަކުން އެނގެއެވެ. ލިބުނު އަނިޔާގެ ސީރިއަސްކަން ތަސައްވުރުކޮށް ނުލެވުނީ ހަމައެކަނި ޒައިންއަކަށް ނޫނެވެ.

ކުރިންވެސް ދަންނަވާލި ފަދައިން އެތްލެޓިކްސް އަށް ތައްޔާރުވަމުން ދިޔަ ކުއްޖެއްގެ ގަޔަށް ޖެވެލިން ހެރި ބޮޑެތި އަނިޔާތަކެއްވި މި ހާދިސާ އިން ވަރަށް ގިނަ ކަންކަން ފާހަގަކުރެވެއެވެ. އެއްކަމަކީ އިހުމާލެވެ. އަނެއްކަމަކީ ސިއްހީ ނިޒާމްގެ ދޯހަޅިކަމެވެ. އަނެއްކަމަކީ މިފަދަ މައްސަލަތަކަށް ދޭ އަހައްމިޔަތުކަން ކުޑަކަމެވެ.

މި ހާދިސާ ހިނގި އިރު ޒައިން ކިޔަވަމުންދާ ސްކޫލްގެ އެތްލެޓިކްސް އަށް ޕްރެކްޓިސްކުރާ ހުރިހާ ކުދިން އެތަނުގައި ތިއްބެވެ. ނަމަވެސް ސްކޫލްގެ ކޯޗާއި އަދި އިތުރު އެހީތެރިއަކު ފިޔަވާ އިތުރު މީހަކު އެ ސަރަހައްދުގައެއް ނެތެވެ. އާއްމު އުސޫލެއްގެ ގޮތުން މި އެތްލެޓިކްސް ފަރިތަކުރުންތަކަކީ އޮމާންކަމާއި އެކު ކުރިއަށް ދިޔަ ފަރިތަކުރުންތަކަކަށްވީ ނަމަވެސް އެތްލެޓިކްސްގެ ފަރިތަކުރުންތަކުގައި ދޭންވާ ސަމާލުކަން ނުދިނުމަކީ މީގެ ކުރިން ވެސް ބައެއް ބެލެނިވެރިންގެ ހުރި ކަންބޮޑުވުމެކެވެ. ރާއްޖެ އެމްވީ އާއި ވާހަކަދެއްކި ބެލެނިވެރިޔަކު ބުނީ ޖެވެލިން އުކާ އިރު އެ ތަނުގައި ކުދިން ހަރަކާތްތެރިވާތަން ކުރިން ވެސް ފެންނަ ކަަމަށެވެ. އަދި މިފަދަ ހާދިސާ އެއް ހިނގާފާނެތީ އެ ވާހަކަ ބެލެނިވެރިންގެ މެދުގައި ކޮންމެވެސް ވަރަކަށް ދެކެވުނު ކަމަށެވެ. ނަމަވެސް އާއްމުކޮށް މި ފަރިތަކުރުންތައް ކުރިއަށް ދާއިރު ދަރިވަރުން ބެލެހެއްޓުމަށް ސްކޫލް ދަރިވަރުން ތިބޭކަމަށް އޭނާ ވަނީ ބުނެފައެވެ.

އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބެލެނިވެރިޔާ އެ ފާހަގަކުރި ފަދައިން ހާދިސާ ހިނގި ވަގުތު ދަރިވަރުން ބަލަހައްޓަން އެކަށީގެންވާ އަދަދަކަށް މީހުންނެއް ނެތެވެ. ހާދިސާ ހިނގުމުން ވެސް ޕްރެކްޓިސް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ކުޑަ އިރުކޮޅެއްގެ ތެރޭގައި ޕްރެކްޓިސް ނިންމާލިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެތްލެޓިކްސް ޕްރެކްޓިސް ސަރަހައްދުގައި ތިބި ބެލެނިވެރިންނާއި، ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ މަންޒަރު ދުށް ބައެއް މީހުންނާއި ވާހަކަދެއްކުމުން އެނގުނީ ކުއްޖާގެ ގަޔަށް ޖެވެލިން ހެރުނު ނަމަވެސް އެކަމުގެ ނުރައްކާތެރިކަން އެންމެ އެކަށީގެންވާ ގޮތުގައި ބަލައިނުގަނެވޭކަމެވެ.

ޒައިން އަށް ދިމާވި ހާދިސާގެ ސީރިއަސްކަން ގިނަ މީހުންނަށް ރޭކާލީ އެމްއާރްއައިގެ ނަތީޖާ ލިބުނު ފަހުންނެވެ. އައްޑޫސިޓީ އިކުޓޯރިއަލް ހޮސްޕިޓަލަށް ޒައިން ގެންދިއުމުން އޭނާގެ ބުރަކަށްޓަށް ޖެވެލިން ވަތް ތަނުގައި ކަފަ އަޅާ ބަންދުކުރިއެވެ. ނަމަވެސް އޭނާ އަށް އިތުރު ފަރުވާ އެއް ނުދެއެވެ. ހާދިސާ ހިނގި ސަރައްދުގައި ތިބި މީހުންނާއި، ޒައިން އަދި އޭނާގެ އާއިލާގެ ވާހަކައިން އެނގުނު ކަމަކީ ޒައިން ހޮސްޕިޓަލަށް ގެންދިއުމުގެ މަރުހަލާ ކިތަންމެ އަވަހަށް ދިޔަ ނަމަވެސް ސީޓީ ސްކޭން ހަދާ ނަތީޖާ ލިބުމާއި ހަމައަށް ގިނަ ވަގުތުތަކެއް ހޭދަވީކަމެވެ. އެކަން އެގޮތަށް ހިނގަން މެދުވެރިވި ސަބަބަކީ ސީޓީ ސްކޭންގެ ނަތީޖާ އިންޑިއާ މެދުވެރިކޮށް ލިބެންދެން މަޑުކޮށްގެން ތިބެން ޖެހުމެވެ. 45 މިނިިޓު ފަހުން ސީޓީ ސްކޭންގެ ނަތީޖާ ލިބުނު އިރު ޒައިންގެ މައިބަދައިގައި ރެނދު ލާފައިވާކަން އެނގުނެވެ. ވީއެންމެ އަވަހަށް އޭނާ މާލެ ގެންދިއުމުގެ މަސައްކަތް އެ ހިސާބުން އޭނާގެ އާއިލާއިން ފެށިއެވެ.

ޒައިންގެ މަންމަ ކިޔާދިން ގޮތުގައި އެ ދުވަހަކީ އެއީ އެތްލެޓިކްސް އެސޯސިއޭޝަންގެ މީހުންވެސް މުބާރާތް ފެށުމަށްޓަކާ އައްޑޫ އަށް ދިޔަ ދުވަހެވެ. ސްކޫލާއި އެސޯސިއޭޝަނުން ވެސް އާއިލާ މެދުވެރިކޮށް ޒައިންގެ ހާލު އޮޅުންފިލުވަމުން ދިޔަކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ޒައިން އަށް ފަރުވާ ދިނުމަށް މާލެ އަށް ގެންދިއުމަށް އެންސްޕާ އާއި އާސަންދައިގެ އެހީތެރިކަން ވެސް ލިބުނުކަމަށް އޭނާ ބުނެއެވެ.

ޒައިންގެ ބުރަކަށްޓަށް ޖެވެލިން ހެރުމުގެ ހާދިސާ ހިނގީ ހުކުރު ދުވަހުއެވެ. އޭނާ މާލެ އަށް ގެނެވުނީ ހޮނިހިރު ދުވަހުއެވެ. އެ 24 ގަޑިއިރަކީ އޭނާ އާއި އާއިލާ އަށް ދަތި 24 ގަޑިއިރެވެ. ސިއްހީ ޚިދުމަތްދޭ ތަންތަނުގެ އިހުމާލާއި ފަރުވާކުޑަކަމުން ޒައިންގެ ފުރާނަ ނުރައްކަލުގެ ތުންފަތްމައްޗަށް ހުށަހެޅުނެވެ. ފުރަތަމަކަމަކީ މިހާ އެމަރޖެންސީކަމެއްގައި އެމްއާރްއައިގެ ނަތީޖާ ލިބުމަށް ހޭދަވި ދިގު ވަގުތެވެ. ޒައިން މާލެ ގެނައުމަށް އެންމެ ފުރަތަމަ ވާހަކަދެއްކީ އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލް މެދުވެރިކޮށް އައިޖީއެމްއެޗާއިއެވެ. އެތަނުގައި ނިއުރޯސަރޖަން އެއް ނެތެވެ. އަދި ޒައިން އަށް ދިމާވި ހާލަތަށް ފަރުވާ ދެވޭނެ ޑޮކްޓަރު ހުންނެވީ ލީވްގައި ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދިނެވެ.

ޒައިންގެ މަންމަ އާއި އާއިލާގެ ފުރަތަމަ ފޯކަސްއަކަށް އެ ވަގުތުވީ ޒައިން އަށް އަވަސް ފަރުވާ ހޯދާދިނުމެވެ. އެގޮތުން އައިޖީއެމްޗުން އޭނާ އަށް ފަރުވާ ނުލިބޭނެކަން އެނގުނު ހިސާބުން އޭޑީކޭ އަށް ގެންދިއުމަށް މަސައްކަތް ފެށިއެވެ. އާސަންދަ އަށް ވެސް ދެ ފަހަރު ސިޓީ ހުށަހަޅަން ޖެހުނެވެ. އެންމެ ފުރަތަމަ ސިޓީ ހުށަހެޅުމުން އާސަަންދައިން ދިން ޖަވާބަކީ ސަރުކާރު ހޮސްޕިޓަލަކުން އެކަން ކުރެވޭނެ ނޫންތޯ ސުވާލު އުފައްދާ ދިން ޖަވާބެކެވެ. ދެން އަނެއްކާވެސް އިތުރު ސިޓީއެއް ލައިގެން އާސަންދައިން އެހީ ހޯދަން ކުރި މަސައްކަތް ކާމިޔާބުވިއެވެ.

ޒައިން އަށް ދިމާވި ގޮންޖެހުންތައް އެހިސާބުން ނިމުނީކީ ނޫނެވެ. އޭޑީކޭގެ އެކި ޑޮކްޓަރުންނަށް ގުޅަމުން ގޮސް ޑރ.ނިޔާފް އާއި ގުޅުމާއި ހިސާބުން ޒައިންގެ މަންމަގެ ސަމާލުކަމަށްް އައީ ޒައިން އަށް އިތުރު ނުރައްކަލަކަށް ވެދާނެކަމެކެވެ. އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލުގައި ޒައިންގެ ބުރަކަށީގައި ޖެވެލިން ވަދެފައި ހުރިތަން ކަފަ އަޅާ ބަންދުކުރުމުގެ ސަބަބުން އެތަނުގައި އިންފެކްޝަން އުފެދުނުކަން އެނގުނީ އެ ހިސާބުންނެވެ. ޒައިން މާލެ ގެންނަ ނަަމަ އެތަން އެހެން ހުރެގެން ނުފުރޭނެކަމަށް ޑރ.ނިޔާފް ދެއްވި އިރުޝާދާއި އެކު އޭނާ މާލެ ގެނައުމުގެ ކުރިން ބުރަކަށީގައި ޖެވެލިން ވަދެފައި ހުރިތަން ފަހާފައިވެއެވެ. ޒައިން މާލެ ގެނެސްގެން ވެސް އޭނާގެ މައިންބަފައިންނަށް ނޭވާ ހިފަހައްޓާލަން ޖެހުނެވެ.

ސަރޖަރީއަށް ފަހު ޒައިން އެންމެ ފުރަތަމަ ގުޅަން ބޭނުންވީ އޭނާގެ ކޯޗަށެވެ. އެކަމުން އެކަނި ވެސް މި އެތްލެޓިކްސް މުބާރާތާއި މެދު ބެހެއްޓި ޝައުގުވެރިކަން ހާމަވެއެވެ. ޒައިން އާއި އަޅުގަނޑާއި ބައްދަލުވި ވަގުތު އަޅުގަނޑަށް ފެނުނީ ޒައިންގެ ކިބައިން އަޖައިބު ކުރުވާ ފަދަ ޕޮޒިޓިވް ނުވަތަ ފައްސިކަމެވެ. 80 އަށް ވުރެ ގިނަ ދަރިވަރުންނާއި ވާދަކޮށްގެން މި މުބާރާތަށް ޒައިން ކޮލިފައިވުމުން އޭނާ ހުރި ވަރަށް އުފަލުންނެވެ. ޒައިންގެ ކޯޗު ވެސް ރާއްޖެ އެމްވީ އަށް ބުނީ ޒައިން އަކީ މި މުބާރާތަށް ތައްޔާރުވި ދަރިވަރުންގެ ތެރެއިން އެންމެ އުންމީދީ އެއް ދަރިވަރު ކަމަށެވެ.

ޒައިން ބުނާގޮތުން އޭނާގެ އުންމީދަކީ އަންނަ އަހަރު އާ ހިތްވަރަކާއި އެކު އެތްލެޓިކްސް މުބާރާތާއި ހަމައަށް ގޮސް ރަނގަޅު ކާމިޔާބެއް ހޯދުމެވެ. އާއްމު މައުލޫމާތު ހޯދުމާއި، އާ ކަންކަން ދަސްކުރުމަށް ޝައުގުވެރިކަން ހުންނަ ޒައިން އަކީ ކިޔެވުމަށް މޮޅު އިތުރު ހަރަކާތްތަކުގައި ވެސް ގިނައިން ބައިވެރިވާ އެކްޓިވް ދަރިވަރެކެވެ. ދިމާވި ހާދިސާ އަށް ފަހު ބެޑްރެސްޓްކުރަން މަޖުބޫރުވުމުން އޭނާ އަށް އަހަރުގެ ބޮޑު ބައި ހޭދަކުރަން ޖެހޭނީ ކުލާހަށް ހާޒިރުވެ ކިޔެވުމާއި ދުރުގައެވެ. އޮންލައިންކޮށް އޭނާ އަށް ކިޔެވުމުގައި ބައިވެރިވެވޭނެ ކަމަށް ބެލެވުނު ނަމަވެސް މާއްދީ ގޮތުން ކުލާހަށް ހާޒިރު ނުވެ ފިލާވަޅު ދަސްކުރުމާއި، އިމްތިހާންތައް ހެދުމަކީ އޭނާ އަށް ދިމާވާނެ ބޮޑު ގޮންޖެހުމެކެވެ.

މި ހުރިހާ ކަމަކަށް ފަހު ވެސް ޒައިންގެ މަންމަގެ ވާހަކަ ވެސް ބެހެއްޓީ ވަރަށް ޕޮޒިޓިވްކޮށެވެ. މިފަދަ ކަމެއް ހިނގީމަ މުއައްސަސާތަކާއި އިދާރާތަކާއި މެދު ހުންނަ ނަފްރަތާއި ރުޅިވެރިކަމެއް އެ މީހުންގެ ކިބަޔަކުން ނުފެނެއެވެ. އެހެންނަމަވެސް ވަސީމާގެ ވެސް އަދި މުޅި އާއިލާގެ ވެސް އުންމީދަކީ މިފަދަ ކަމެއް އިތުރު ކުއްޖަކަށް މެދުވެރިނުވުމެވެ. އަދި މި މައްސަލައިގެ ތެރެއިން ފެނުނު ސިއްހީ ބާގަނޑުތައް ބައްދާ އެ ނިޒާމް ހަރުދަނާކުރުމެވެ. މިއަށް ވުރެ ޒިންމާދާރު ނިޒާމެއް ބިނާކުރުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާއަހަރުގެ ދެ ޝޯވެސް ފޯރިގަދަ، ޝޯ ނިމުނުއިރު ފާޑުކިޔުން

އާއަހަރުގެ ދެ ޝޯވެސް ފޯރިގަދަ، ޝޯ ނިމުނުއިރު ފާޑުކިޔުން

01 ޖެނުއަރީ 2018
ޤާސިމް ވިދާޅުވިޔަސް އުމަރުގެ ވާހަކަ ދައްކާނެ، ދައްކަން ޖެހޭ!

ޤާސިމް ވިދާޅުވިޔަސް އުމަރުގެ ވާހަކަ ދައްކާނެ، ދައްކަން ޖެހޭ!

20 ޑިސެމްބަރު 2017
ޖުމްހޫރީ ޕާޓީގައި ހަރުގަނޑު ވިއްދައި، އުމަރުގެ ހުދުވާ ކޯލިޝަންގެ ކަރަށް!

ޖުމްހޫރީ ޕާޓީގައި ހަރުގަނޑު ވިއްދައި، އުމަރުގެ ހުދުވާ ކޯލިޝަންގެ ކަރަށް!

14 ޑިސެމްބަރު 2017
ނާހިދުގެ މަރުގެ ހަގީގަތާއި އާއިލާގެ އެދުން

ނާހިދުގެ މަރުގެ ހަގީގަތާއި އާއިލާގެ އެދުން

11 ޑިސެމްބަރު 2017
ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

29 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު