Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނު އިސްރާއީލް ހަނގުރާމަ

ޣައްޒާގައި މަރުވި ގިނަ މީހުންނަކީ ކުށެއް ނެތް އާންމުން: ބައިޑެން

13 ފެބުރުއަރީ 2024 | އަންގާރަ 09:10

ރަފަޙްގައި އިސްރާއީލުން ހިންގާ އޮޕަރޭޝަން އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އިތުބާރު ކުރެވޭ ޕްލޭނަކާ ނުލައި ކުރިއަށް ނުގެންދެވޭނެ: އެމެރިކާގެ ރައީސް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 13 ފެބުރުއަރީ 2024 | އަންގާރަ 09:10
އެމެރިކާގެ ރައީސް ޖޯ ބައިޑެން

އެމެރިކާގެ ރައީސް ޖޯ ބައިޑެން

ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ދޭ ހަމަލާތަކުގައި މަރުވި ގިނަ މީހުންނަކީ ކުށެއް ނެތް އާންމުން ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

"މި ހަމަނުޖެހުންތަކުގައި މަރުވި ފަލަސްތީނުގެ 28،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ކުށެއް ނެތް އާންމުން ކަމަށާއި އޭގެ ތެރޭގައި އެތައް ހާސް ކުޑަކުދިން ވެސް ހިމެނޭ،" އުރުދުންގެ ރަސްގެފާނު އަބްދުالله ދެވަނައާ އެކު ވައިޓް ހައުސްގައި ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި ބައިޑެން ވިދާޅުވިއެވެ.

ބައިޑެން އިތުރަށް ވިދާޅުވީ އެތައް ލައްކަ ބަޔަކަށް ކާބޯތަކެއްޗާއި ފެނާއި އެހެނިހެން އަސާސީ ހިދުމަތްތައް ނުލިބޭ ކަމަށާއި އެތައް އާއިލާއަކަށް ގެއްލުނީ އެކަކު ނޫން ކަމަށާއި އެތައް ގާތް ތިމާގެ ބަޔަކު ވެސް ގެއްލިފައިވާ ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ބައިޑެން ވިދާޅުވީ ޣައްޒާއިން ގެއްލުނު ކޮންމެ ކުށެއް ނެތް ފުރާނައަކީ ހިތާމަވެރި ހާދިސާއެއްކަމާއި އަދި އިސްރާއީލުގައި ގެއްލުނު ކޮންމެ ކުށެއް ނެތް ފުރާނައަކީ ވެސް ހިތާމަވެރި ހާދިސާއެއް ކަމަށެވެ.

އިސްރާއީލާއި ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުންގެ ތެރެއިން ފުރާނަ ގެއްލުނު މީހުންނަށާއި އެ އާއިލާތަކަށް ހެޔޮ ދުއާ ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބައިޑެން އިތުރަށް ވިދާޅުވީ އިސްރާއީލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ސުލުޙަ ޤާއިމުކުރުމުގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް އެމެރިކާއިން ކުރަމުން އަންނަ ކަމަށާއި، އެ އެއްބަސްވުމުގެ ސަބަބުން މަދުވެގެން ހަ ހަފުތާވަންދެން ހަމަލާ ބަދަލުކުރުން ހުއްޓިގެންދާނެ ކަމަށެވެ. އަދި އެ އެއްބަސްވުން އިތުރަށް ދެމެހެއްޓެނިވި ގޮތެއްގައި ބިނާކުރުމަށް ވަގުތު ނަގާނެ ކަމަށެވެ.

ރަފަޙްގައި އަސްކަރީ ބޮޑު އޮޕަރޭޝަނެއް އިސްރާއީލުން ކުރިއަށް ގެންދަން އުޅެނީ "އެތަނުގައި ހިމާޔަތް ހޯދާ އެއް މިލިއަނަށް ވުރެ ގިނަ މީހުންގެ ސަލާމަތާއި އެހީތެރިކަން ކަށަވަރު ކުރުމަށް އިތުބާރު ކުރެވޭ ޕްލޭނެއް ނެތި" ކަމަށް ވިދާޅުވެ އެމެރިކާގެ ކުރީގެ ގޮވާލުންތައް ތަކުރާރު ކުރެއްވިއެވެ.

އަދި ހަމަނުޖެހުންތަކުން ފިލަން ދިއުމުން ފަލަސްތީނުގެ އެތައްބަޔަކު ގެދޮރު ގެއްލިފައިވާއިރު، އެހުރިހާ އެންމެން ރަފަޙްގައި ތިބިކަން ފައިވާކަން ފާހަގަކުރައްވައި ބައިޑެން ވިދާޅުވީ އެމީހުންނަށް ހިމާޔަތް ދޭން ޖެހޭ ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި އުރުދުންގެ ރަސްގެފާނު އަބްދުالله ދެވަނަ ވެސް ވަނީ ރަފަޙްއަށް ހަމަލާދިނުމަށް އިސްރާއީލުން ރާވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭނާ ވިދާޅުވީ "އެކަމުގެ ސަބަބުން އިތުރު އިންސާނީ ކާރިސާއެއް އުފެދިގެން ދާނެކަން ޔަގީން" ކަމަށެވެ.

އަދި ޣައްޒާއަށް ވަދެވޭ ހުރިހާ ޕޮއިންޓްތަކަކާއި މެކޭނިޒަމްތަކެއް މެދުވެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އަވަސް އަދި ވަގުތުން މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަނގުރާމައިން ހިމާޔަތް ހޯދަމުން އަންނަ 1.4 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަފަޙްއިން އާންމުން ނެރެ، ބާކީ ތިބި ހަމާސްގެ މުޖާހިދުން ބަލިކުރުމަށް ދެވަނަ ޕްލޭނެއް އެކުލަވާލުމަށް އަސްކަރިއްޔާއަށް އަންގަވާފައެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން އިން ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމުގައި 28،340 މީހުން މިހާތަނަށް ޝާހީދުވެފައިވާއިރު، ލައްކައެއްހާ މީހުންވަނީ ޒަޚަމްވެފައެވެ. އަދި އެ ސަރަހައްދުގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހަށްޖެހި، ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނކުރެވޭވަރުވެފައި ކަމަށް އދއިން ބުނެއެވެ.

މިދިޔަ ޖެނުއަރީ މަހު ބައިނަލްއަގުވާމީ ކޯޓުން ނެރުނު ވަގުތީ ހުކުމުގައި ވަނީ އިސްރާއީލުގެ ސަރުކާރުން ޖިނާއީ އަމަލުތައް ހުއްޓާލުމަށާއި ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދިނުމަށް ފިޔަވަޅުތައް އެޅުމަށް އަމުރުކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
06 ފެބުރުއަރީ 2017

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް