Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލުތައް

ސަރުކާރުގެ ސިޔާސަތުތަކާ އިދިކޮޅު ކަންކަން ތަންފީޒުކުރުމަށް ކައުންސިލުގެ މާލިއްޔަތުން ޚަރަދު ނުކުރެވޭނެކަމަށް ބަޔާންކުރާ ޤަވާއިދަށް އަމަލުކުރަން ފަށައިފި

ޤަވާއިދުގައި ކައުންސިލުގެ މާލިއްޔަތުން ޚަރަދު ނުކުރެވޭނެ ކަންކަން ވަނީ ބަޔާންކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ފެބުރުއަރީ 2024 | އަންގާރަ 07:36
އެލްޖީއޭ

އެލްޖީއޭ

ލޯކަލް ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

އަލަށް އަމަލުކުރަން ފެށި މި ޤަވާއިދަކީ ކައުންސިލްތަކުގެ ހަރަކާތްތަކާއި މަސައްކަތްތައް އެއްގޮތްކުރުމާއި، ކައުންސިލްތައް ހިންގުމުގައި ހިފަހައްޓަންޖެހޭ އަސާސީ ސިފަތަކާއި މިންގަނޑުތައް ހިފެހެއްޓުމަށް ހަދަންޖެހޭ ގަވާއިދުތައް ހެދުމުގެ މަސްއޫލިއްޔަތު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް މަތިކޮށްފައިވާތީ އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

މި ޤަވާއިދުގައި ކައުންސިލުގެ މާލިއްޔަތުން ޚަރަދު ނުކުރެވޭނެ ކަންކަން ވަނީ ބަޔާންކޮށްފައެވެ.

އޭގެ ތެރޭގައި ވަކި ރައްޔިތެއްގެ ނުވަތަ ރައްޔިތުންތަކެއްގެ ފަރުދީ މަޞްލަޙަތު ޙިމާޔަތްކުރުމަށް ޚަރަދުކުރުމާއި، ކައުންސިލުގެ މާލިއްޔަތުން ނަގުދު ފައިސާއާއި "އިން-ކައިންޑް" އެހީ ރައްޔިތުންނަށް ބެހުން ހިމެެނެއެވެ.

މީގެ އިތުރުން، ކައުންސިލުން ފާސްކޮށްފައިވާ ބަޖެޓުގައި ނުހިމެނޭ ކަންކަމަށް ކައުންސިލުގެ މާލިއްޔަތުން ޚަރަދުކުރުންވެސް ވަނީ މަނާކޮށްފައެވެ.

އަދި ދިވެހި ދައުލަތާއި ސަރުކާރުން އެކަށައަޅައިފައިވާ ސިޔާސަތުތަކާ އިދިކޮޅު ކަންކަން ތަންފީޒު ކުރުމަށްޓަކައި ޚަރަދުކުރުމަކީ މަނާކަމެއްކަމަށްވެސް މި ޤަވާއިދުގައި ބުނެއެވެ.

ޤަވާއިދުގައި އިތުރަށް ބުނެފައިވަނީ، ކައުންސިލުން ކަމެއް ނިންމުމުގައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަން ދޭންވާނެ ކަމަށެވެ.

އަދި ކައުންސިލުން ކަންކަން ނިންމަންވާނީ ޤާނޫނުތަކާއ،ި ގަވާއިދުތަކާއި، ސަރުކާރުގެ ސިޔާސަތުތަކާއި، ރަށުގެ ތަރައްޤީގެ ޕްލޭނާއި ޤައުމުގެ ތަރައްޤީގެ ޕްލޭނާ ތައާރުޒުނުވާ ގޮތެއްގެ މަތިންކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ކައުންސިލުގެ ބަޖެޓު ކަނޑައެޅުން ހިމެނޭ ގޮތުން ކައުންސިލުތަކަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މާލީ އެންމެހައި ކަންކަމުގައި ކައުންސިލުތަކުން ޢަމަލުކުރަންވާނީ ދައުލަތުގެ މުދަލާއި ފައިސާއާބެހޭ އެންމެހައި ޤާނޫނުތަކާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި،  އެ ޤާނޫނުތަކުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި ދައުލަތުގެ ފައިސާއާބެހޭ ކަންކަމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ވެސް ޤަވާއިދުގައި ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު