Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީލޮން މަސްކުގެ ސްޓާލިންކް

ސްޓާލިންކް ޓަރމިނަލްތައް ރަޝިއާގެ އަސްކަރިއްޔާއަށް ވިއްކާކަމަށް ބުނާވާހަކަ އީލޮން މަސްކް ދޮގުކުރައްވައިފި

12 ފެބުރުއަރީ 2024 | ހޯމަ 17:35

ޔޫކްރެއިން އަސްކަރިއްޔާއިން ބުނީ ރަޝިއާ ސިފައިން ސްޓާލިންކް ޓަރމިނަލްތައް ބޭނުންކޮށްގެން ހަމަލާދިނުމަށް މަސައްކަތް ކުރިތަން ފެނިފައިވާކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 12 ފެބުރުއަރީ 2024 | ހޯމަ 17:35
ޔޫކްރެއިން ސިފައިންގެ މީހަކު ސްޓާލިންކް ޓަރމިނަލެއް ސެޓްކުރަނީ

ޔޫކްރެއިން ސިފައިންގެ މީހަކު ސްޓާލިންކް ޓަރމިނަލެއް ސެޓްކުރަނީ

އެމެރިކާގެ ވިޔަފާރިވެރިޔާ އަދި ސްޕޭސްއެކްސްގެ ބާނީ އީލޮން މަސްކް، އޭނާގެ ކުންފުނި ސްޕޭސްއެކްސްގެ ސްޓާލިންކް ޓަރމިނަލްތައް ރަޝިއާއަށް ވިއްކަމުންދާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފިއެވެ.

އީލޮން މަސްކް މިކަން ދޮގުކުރައްވާފައި ވަނީ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

"ސްޕޭސް އެކްސްއިން ސްޓާލިންކް ޓަރމިނަލްތައް ރަޝިއާއަށް ވިއްކާކަމަށް ބުނަނީ އެއީ ދޮގު ޚަބަރުތަކެއް. މީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކައެއް. އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގަ، ސީދާ ގޮތުންނާ ނުސީދާ ގޮތުންވެސް ސްޓާލިންކް އެއްވެސް އެއްޗެއް ރަޝިއާއަށް ވިއްކާފައެއް ނުވޭ،" ސޯޝަލް ނެޓްވޯކް އެކްސްގައި އޭނާ ލިޔުއްވާފައިވެއެވެ.

ޔޫކްރެއިންގެ އަސްކަރީ އިންޓެލިޖެންސް ސަރވިސްއިން އާދީއްތަ ދުވަހު ބުނީ ސްޓާލިންކް ޓާމިނަލްތައް ބޭނުންކޮށްގެން ރަޝިއާސިފައިން ޔޫކްރެއިން ސިފައިންނަށް ހަމަލާދޭކަން އެނގިފައި ވާކަމަށެވެ. އަދި އެކަމުގެ ހެތްކެއްގެ ގޮތުގައި ރަޝިއާގެ ދެ ސިފައިންގެ މެދުގައި ދެއްކި ވާހަކަތަކެއްގެ ރެކޯޑިންގެއް ލިބިފައިވާ ކަމަށް ޔޫކްރެއިންގެ އަސްކަރީ އިންޓެލިޖެންސުން ވަނީ ބުނެފައެވެ.

ކްރެމްލިނުން ހޯމަ ދުވަހު ބުނީ، އީލޮން މަސްކްގެ ސްޕޭސް އެކްސްއިން އުފައްދާފައިވާ ސްޓާލިންކް ސިސްޓަމަކީ ރަޝިއާގައި ބޭނުންކުރުމަށް ސެޓިފައިކޮށްފައިވާ ސިސްޓަމެއް ނޫންކަމަށާއި ޔޫކްރެއިނުން ތުހުމަތުކުރާ ގޮތަށް އެކަން ނުވާނެކަމަށެވެ.

ހަލުވި ސްޕީޑްގެ މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އީލޮން މަސްކުގެ ކުންފުނި ސްޕޭސް އެކްސްއިން ހިންގާ ސިލްސިލާ ސެޓެލައިޓްތައް ބޭނުންކުރާ ސްޓާލިންކް ޓަރމިނަލްތަކަކީ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާ ސިފައިންނަށް ވަރަށް މުހިންމު ޓަރމިނަލްތަކެއް ކަމަށް، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ސްޓާލިންކުގެ އިންޓަރނެޓް ސަރވިސް މުޅި ދުނިޔެއަށް ފުޅާކުރުމަށް އެކުންފުނިން އަމާޒުހިފައިފައި ވާއިރު، ރަޝިޔާސިފައިން ސްޓާލިންކް ބޭނުންކުރާ ކަމުގެ ގިނަ ވާހަކަތަކެއް މިފަހަކަށް އައިސް ޔޫކްރެއިންގެ މީޑިޔާތަކުގައި ވަނީ ފެންމަތިވާން ފަށައިފިއެވެ.

ޔޫކްރެއިންގެ މި ތުހުމަތުތަކަށް ރައްދު ދެމުން ސްޕޭސް އެކްސްއިން ފެބްރުއަރީ 8 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން "ރަޝިއާ ސަރުކާރާއި އެގައުމުގެ އަސްކަރިއްޔާއާއެކު އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ނުކުރަން" ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

18 މެއި 2017

ރަޝިއާގެ މައްސަލަ ބަލާ ކައުންސިލްގައި އިސްކޮށް ހުންނަވާނީ އެފްބީއައިގެ ކުރީގެ ވެރިޔާ

18 މެއި 2017
ރަޝިއާގެ މައްސަލަ ބަލާ ކައުންސިލްގައި އިސްކޮށް ހުންނަވާނީ އެފްބީއައިގެ ކުރީގެ ވެރިޔާ
02 މެއި 2017

ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ

02 މެއި 2017
ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ
05 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް

05 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް
04 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް