Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދެ ވަނަ ޑިވިޝަން

މަރްހަބާ! ވިކްޓަރީ އަލުން ފުރަތަމަ ޑިވިޝަނަށް

12 ފެބުރުއަރީ 2024 | ހޯމަ 13:07

ވިކްޓަރީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވީ 2020ގައި

ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2024 | ހޯމަ 13:07
ވިކްޓަރީގެ ކުޅުންތެރިން: މި ސީޒަނުގައި ކުޅޭނީ ފުރަތަމަ ޑިވިޝަނުގައި

ވިކްޓަރީގެ ކުޅުންތެރިން: މި ސީޒަނުގައި ކުޅޭނީ ފުރަތަމަ ޑިވިޝަނުގައި

އެންމެ ބޮޑު ވާދަވެރިޔާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ކަޓުވާލައި ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުގެ ފަހު ޖާގަ ވިކްޓަރީ ސްޕޯޓްސް ކުލަބުން ހޯދައިފި އެވެ.

ވިކްޓަރީ މި ޖާގަ ހޯދީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މުއްސަދި ތާރީހު އޮތް ދެ ކުލަބު މިއަދު ހަވީރު ކުޅުނު ދެ ވަނަ ޑިވިޝަންގެ ސެމީ ފައިނަލް މެޗު 2-0އިން ކާމިޔާބުކޮށްގެންނެވެ. ވިކްޓަރީގެ ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފުގައި ހުސައިން ފައިސަލް (ފައިޓޯ)އެވެ. ދެ ވަނަ ލަނޑު ފަހު ހާފުގައި ޖެހީ އިބްރާހީމް ރިޒްހާން އެވެ.

ރަނގަޅު ކުޅުމެއް މުބާރާތުގައި ދެއްކި ނަމަވެސް ނިއުރޭޑިއަންޓްގެ ކުޅުންތެރިންނަށް މިއަދުގެ މެޗުގައި އެކަށީގެންވާ ވަރާއި ގާތަށް ވެސް ނުކުޅެވުނެވެ. ހާއްސަކޮށް އެ ޓީމުގެ ފޯވަޑް ކޯފީ އޮވޫސޫއަށް ރަނގަޅަށް ނުކުޅެވުމުން ކޯޗު އަހުމަދު ނިމާދު ވަނީ މެޗު ނުނިމެނީސް އޭނާ ބަދަލުކޮށްފަ އެވެ.

މިއަދުގެ މެޗު ނާކާމިޔާބުވުމުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމަށް ނިއު އަށް ވަނީ އަނެއްކާ ވެސް އިތުރު އަހަރަކު އިންތިޒާރު ކުރަން ޖެހިފަ އެވެ. ނިއު އާއި ވިކްޓަރީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވީ 2020ގަ އެވެ. އޭގެ ފަހުން މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނަށް އަރަން ދެ ޓީމު ކުރި މަސައްކަތް ވެސް ވީ ނާކާމިޔާބެވެ. އެކަމަކު މިދިޔަ އަހަރު ނިއުގެ ކޯޗަކަށް ހުރި ސޮބާހް މުހައްމަދަށް މިއަހަރަކީ ކާމިޔާބު އަހަރެކެވެ. އޭނާ މި އަހަރުގެ ދެ ވަނަ ޑިވިޝަނަށް ނުކުތީ ކުރީގެ ކުލަބު ވިކްޓަރީ ގޮވައިގެންނެވެ.

ކުރިއަށް އޮތް ސީޒަނުގައި ފުރަތަމަ ޑިވިޝަނަށް ދެ ވަނަ ޑިވިޝަނުން ކޮލިފައިވި އަނެއް ޓީމަކީ މަސްއޮޑި ސްޕޯޓްސް އެވެ. ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމު ހޮވަން މަސްއޮޑި އާއި ވިކްޓަރީ ކުޅޭ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުުރު ދުވަހު ހަވީރު އެވެ.

މި ދެޓީމާއެކު ކުރިއަށް އޮތް ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި 10 ޓީމު ކުޅޭނެ އެވެ. އެއީ މާޒިޔާ އާއި ކްލަބް ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކުލަބާއި ގްރީން ސްޓްރީޓްސް އާއި ކްލަބް އީގަލްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޔުނައިޓެޑް ވިކްޓަރީ އާއި ބުރު ސްޕޯޓްސް އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
30 ޖެނުއަރީ 2017

މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ

30 ޖެނުއަރީ 2017
މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
04 ޖެނުއަރީ 2017

ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް އިންތިހާބުކޮށްފި

04 ޖެނުއަރީ 2017
ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް  އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް