Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްބޯޅަ ގަވާއިދު

ނޫ ކާޑަށް ޕްރިމިއާ ލީގު ކޯޗިން ދެކޮޅު؟

އަހަރެންނަށް ހީވަނީ މިއީ ކަމެއް އިތުރަށް ގޯސްކުރަނީހެން: ކްލޮޕް

ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2024 | ހޯމަ 08:16
ރެފްރީ އަކު ނޫ ކާޑެއް ދައްކަނީ

ރެފްރީ އަކު ނޫ ކާޑެއް ދައްކަނީ

ފުޓްބޯޅަ ގަވާއިދަށް ބަދަލު ގެނެސްގެން ތައާރަފްކޮށްފައިވާ ނޫ ކާޑާ މެދު ޕްރެމިއާ ލީގުގެ ބޮޑެތި ޓީމުގެ ކޯޗުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ނޫ ކާޑު މަތީ ފަންތީގެ މުބާރާތްތަކުގައި ބޭނުން ކުރަން ފަށައި ޓެސްޓް ކުރަން އިންޓަނޭޝަނަލް ފުޓްބޯޅަ އެސޯސިއޭޝަން ބޯޑް (އައިއެފްއޭބީ) އިން ނިންމީ މިދޔަ ހަފުތާ އެވެ. އެ ޖަމާއަތުން މި ގޮތަށް ނިންމީ ދަށް ޑިވިޝަންތަކުގައި މި ކާޑު ބޭނުންކުރުކުރުމަށް ފަހު މިއީ ކުރެވިދާނެ ކަމެއް ކަމަށް ބަލައިފަ އެވެ.

ނޫ ކާޑަކީ ރަތްކާޑު ދެއްކުމުގެ ކުރިން ދޭ އިންޒާރެކެވެ. މި ގޮތުން ގަސްތުގައި ކުރައްކާތެރި ފައުލެއް ނުވަތަ ރެފްރީގެ ނިންމުމާ ދެކޮޅު ހެދުމުގެ އަމަލެއް، ނުވަތަ ހުތުރު ބަހުން ވާހަކަ ދެއްކުމާއި ނަސްލީގޮތުން ދިމާކުރުން ފަދަ ކަންކަމުގައި މި ކާޑު ބޭނުން ކުރާނެ އެވެ. ދަށް ޑިވިޝަންތަކުގައި މި ކާޑު ދެއްކުމުން އެކުޅުންތެރިއަކު ނުވަތަ އޮފިޝަލަކު ކާޑު ދެއްކި ވަގުތުން ފެށިގެން 10 މިނިޓް ވަންދެން މެޗުގައި ބައިވެރިނުވެވޭނެ ގޮތް ހެދި އެވެ. އަލުން މެޗުގައި ބައިވެރިވުމަށްފަހު ދެ ވަނަ ނޫ ކާޑެއް ދައްކައިފިނަމަ ރަތްކާޑު ދެއްކި ކަމަށް ބަލަނީ އެވެ.

ނަމަވެސް ޕްރެމިއާ ލީގުގެ ގިނަ ކޯޗުން މި ގަވާއިދާ ދެކޮޅެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މިކާޑު ތައާރަފްކޮށްގެން އިތުރަށް ރަނގަޅުވާނެ ކަމެއް އޭނާ އަށް ނުފެންނަ ކަމަށެވެ.

ޓޮޓެންހަމުގެ ކޯޗު އެންޖޭ ޕޮސްޓްޗެކްގޫ ބުނީ އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވީއޭއާރު އެންމެ ފުރިހަމަނުވުން ކަމަށެވެ. އަދި އިތުރު ކާޑެއް ތައާރަފްކޮށްގެން އެކަން ރަނގަޅުވާނެ ގޮތެއް ނުވިސްނޭ ކަމަށެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ނޫ ކާޑަށް ފީފާގެ ރުހުން ވެސް ފުރިހަމައަށް ނުލިބެނީސް މި ކާޑު ޕްރެމިއާ ލީގަށް ތައާރަފް ކުރުމަކީ ގޯހެއް ކަމަށެވެ.

މި ގަވާއިދަކީ ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން އެހާ ގަބޫލުވާ ގޮތެއްނޫނެވެ. ޕްރެމިއާ ލީގުގެ އިތުރުން ދުނިޔޭގެ ގަދަ އެހެން ލީގުތަކުން ވެސް ވަނީ ނޫކާޑު ބޭނުންކުރަން ނުފެންނަ ކަމަށް ބުނެފަ އެވެ. ނަމަވެސް އައިއެފްއޭބީން ބޭނުންވަނީ ނޫ ކާޑު މަތީ ލީގުތަކުގައި ޓެސްޓްކޮށް މިކަމުގެ ސަބަބުން ކުޅުންތެރިންނާއި އޮފިޝަލުންގެ އަމަލުތަކަށް ހެޔޮ ބަދަލެއް ގެނެވިދާނެތޯ ޓެސްޓު ކުރުމަށެވެ. މި ގޮތުން މަދުވެގެން އެއް އަހަރު ވަންދެން މި ކާޑު ބޭނުން ކުރުމަށް އައިއެފްއޭބީއިން ވަނީ ފާސްކޮށްފަ އެވެ.

އެ ޖަމާއަތުން ބުނީ ދަށް ޑިވިޝަންތަކުގައި ނޫކާޑު ބޭނުންކުރުމުން ކުޅުންތެރިންގެ އަމަލުތަކަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށާއި މިހެންވެ މިއީ މަތީ ފަންތީގައި ޓެސްޓްކުރަން ނުޖެހޭ ކަމެއްނޫން ކަމަށެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
07 ޖެނުއަރީ 2017

ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)

07 ޖެނުއަރީ 2017
ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު