Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަމީންގެ ޓެރަރިޒަމް މައްސަލަ

އަމީންގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް 27 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2024 | އާދީއްތަ 09:41
ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މުހައްމަދު އަމީން

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މުހައްމަދު އަމީން

ޓެރަރިމް މަނާކުރުމުގެ ގާނޫނުގެ ދަށުން، މުހައްމަދު އަމީންގެ މައްޗަށް ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުންކޮށްފައިވާ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް 27 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހު އެ ކޯޓުގައި ބޭއްވި ޝަރީއަތުގައި އެވެ. 27 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި ނަމަވެސް، ބަންދުގައި ހުރި މުއްދަތު އުނިކުރުމަށް ފަހު، ތަންފީޒު ކުރަން ޖެހޭނީ 23 އަހަރާއި، 11 މަހާއި އަދި 9 ދުވަސް ކަމަށް އެ ހުކުމުގައި ވެ އެވެ.

އަމީންގެ މައްޗަށް އުފުލި ދައުވާގައި ދައުލަތުން ބުނެފައިވަނީ އަމީނަކީ އިސްލާމިކް ސްޓޭޓްގެ ދިވެހިރާއްޖޭގައި ހުންނަ ލީޑަރުގެ ގޮތުގައި ހަރަކާތްތެރިވެ، ދީނީ ވަކި ފިކުރެއް ކުރިއަރުވަން މަސައްކަތްކުރި މީހެއް ކަމަށެވެ.

އަމީނަށް ކުރި ޙުކުމާއި ގުޅިގެން އޭނާގެ އާއިލާއާއި ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 23 އޮކްޓޯބަރ 2019ގައި މުހައްމަދު އަމީން ހައްޔަރުކުރެވި، ދިގު މުއްދަތަކަށް ބަންދުގައި ބަހައްޓައިގެން 4 އަހަރަށް ދިގުދަންމައިގެން ކުރިއަށްގެންދިޔަ ޝަރީއަތަކަށްފަހު، ނޮވެމްބަރު 8 2023ގައި އޭނާގެ މައްޗަށް މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވާކަމަށް ނިންމައި 27 އަހަރު ޖަލުގައި ބަންދުކުރުމަށް ކުރި ހުކުމަކީ، ހުށަހެޅިފައިވާ ހެކިތަކާއި ގަރީނާތަކަށް ބަލައި، އެންމެ އިންސާފުވެރި ގޮތަކަށް ކުރެވިފައިވާ ހުކުމެއްކަމަށް އާއިލާއަށް ނުފެންނަ ކަމަށެވެ.

އާއިލާއަށް އެ މައްސަލައާމެދު ފާހަގަކުރެވޭ ބޭއިންސާފު ކަންކަން ހުރިކަމަށް ވަނީ ބުނެފައެވެ. އެގޮތުން ހައްޔަރުކުރުމަށްފަހު، ދައުލަތުގެ އެދުމާއެކު ދިގު މުއްދަތެއް ތަހުގީގުގައި ހޭދަކުރިކަމަށް ވަނީ ބުނެފައެވެ.

އެ މުއްދަތުގައި އަމީން ހުރީ ބަންދުގައި ކަމަށާއި، ޝަރީއަތުގެ މަރުހަލާގައިވެސް ދައުލަތުން މައްސަލަ ދިގުދަންމަން މަަސައްކަތްކުރި ކަމަށް ތުހުމަތުކޮށްފައި ވެއެވެ. އަދި ކްރިމިނަލް ކޯޓުން އެކުލަވާލި ތާވަލާ އެއްގޮތަށް ޝަރީއަތްވެސް ގެންދެވިފައި ނުވާކަމަށް އާއިލާގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު