Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

18 ޓަޗް، އެއް ހަމަލާ، ކޭން އުޅުނީ ގްރޭޑް 6ގެ ކުއްޖެއްހެން!

ރަނގަޅަށް ނުކުޅެވުނު ކަމަށް ކޭން ވެސް އެއްބަސްވޭ

ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2024 | އާދީއްތަ 09:03
ބަޔާން މިއުނިކްގެ ފޯވަޑް ހެރީ ކޭން

ބަޔާން މިއުނިކްގެ ފޯވަޑް ހެރީ ކޭން

ޖަރުމަނު ލީގުގައި ރޭ ބަޔާން ލެވަކޫސަން އަތުން 3-0އިން ބަޔާން މިއުނިކް ބަލިވި މެޗަށް ފަހު އިނގިރޭސި ކެޕްޓަން ހެރީކޭން އަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.

ޖަރުމަނުގެ ނޫސްތަކުން ބުނަނީ މި ސީޒަނު ފެށުމުގެ ކުރިން 100 މިލިއަން ޔޫރޯ އަށް ބަޔާންއަށް ގެނައި ފޯވަޑް ރޭގެ މެޗުގައި އުޅުނީ ގްރޭޑް 6ގެ ކުއްޖަކު އުޅޭހެން ކަމަށެވެ.

އިތުރަށް ބައެއް މީޑިއާތަކުން ބުނެފައިވަނީ ބޮޑުއަގުގައި ކޭން ބަޔާން އަށް ގެނައީ ބުންޑަސްލީގާގެ ތަށި ހޯދަން ކަމަށާއި ބޯޅަ ނުކުޅޭ ތަނެއްގައި ވެސް އޭނާއަށް އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާ އަށް ދޭ ރަންބޫޓު ހޯދިދާނެ ކަމަށެވެ. މި ގޮތަށް ބުނެފައިވަނީ ލީގުގައި އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާގެ ރަންބޫޓަށް ވާދަކުރާ ލިސްޓުގެ ކުރީގައި 24 ގޯލު ޖަހައިގެން އޭނާ ހުރުމުންނެވެ.

މެޗަށް ފަހު ކޭން ވެސް ވަނީ އޭނާ އާއި މުޅި ޓީމަށް ވެސް ރޭގެ މެޗުގައި ނުކުޅެވުނު ކަމަށް އެއްބަސްވެފަ އެވެ.

މިވާހަކަ އަށް ތަޖުރިބާކާރު ފޯވަޑް ތޯމަސް މުލާ ވެސް އެއްބަސްވި އެވެ. ނަމަވެސް އޭނާ ބުނީ ޕްރެޝަރު ބޮޑުވިޔަސް ޓީމުގެ ކުޅުން މާބޮޑަށް ދަށް ކަމަށެވެ.

ކޭން ބުނީ ފަސް ޕޮއިންޓްގެ ލީޑެއް ލެވަކޫސަން އަށް ލިބުނަސް ލީގުގައި އަދި ގިނަ އަދަދެއްގެ މެޗުތައް ހުރުމުން ތައްޓާމެދު އުއްމީދު ކަނޑާނުލާ ކަމަށެވެ.

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ޑޯޓްމަންޑް ބަހަށް ހަމަލާ ދިން މީހަކު ހައްޔަރުކޮށްފި

21 އެޕްރީލު 2017
ޑޯޓްމަންޑް ބަހަށް ހަމަލާ ދިން މީހަކު ހައްޔަރުކޮށްފި
15 އެޕްރީލު 2017

ބަހަށް ދިން ހަމަލާއާއެކު ޑޯޓްމަންޑު ޗެމްޕިއަންސް ލީގުން ވަކިވަނީ!

15 އެޕްރީލު 2017
ބަހަށް ދިން ހަމަލާއާއެކު ޑޯޓްމަންޑު ޗެމްޕިއަންސް ލީގުން ވަކިވަނީ!
15 މާރިޗު 2017

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

15 މާރިޗު 2017
ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ
27 ފެބުރުއަރީ 2017

ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް ޓޭބަލްގެ ދެވަނައަށް

27 ފެބުރުއަރީ 2017
ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް ޓޭބަލްގެ ދެވަނައަށް
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު