Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

އެފްއޭއެމްގެ ޓެކްނިކަލް މުވައްޒަފުންނަށް މުސާރަ ނުދޭތާ 15 މަސް!

އެ މުސާރަ ލިބޭނެ ދުވަހެއް ވެސް ނޭންގޭ ކަމަށާއި، މިއީ ފުޓުބޯޅައިގެ ޙާލަތު އޮތް ދަށް މިންވަރު ސާބިތު ކޮށްދޭނެ ކަމެއް ކަމަށް ވެސް އޭނާ ބުނި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2024 | އާދީއްތަ 02:01
އެފްއޭއެމް ބޭރުގައި ފުލުހުން ފޯރިމަރަނީ

އެފްއޭއެމް ބޭރުގައި ފުލުހުން ފޯރިމަރަނީ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓެކްނިކަލް މުވައްޒަފުންނަށް މުސާރަ ނުދޭތާ، 15 މަސް ދުވަސް ވެފައިވާނެ ކަމަށް އެ މުވައްޒަފުން ބުނެފި އެވެ.

އެފްއޭއެމްގައި މަސައްކަތް ކުރަމުން އަންނަ އިދާރީ މުވައްޒަފުންނަށް ދެ ލައްކައެއްހާ ޑޮލަރު ސާފު ދީފައިވާނެ ކަމަށް، އެ އިދާރާގެ ވަގުތީ ޖެނަރަލް ސެކްރެޓަރީ މުޙައްމަދު ޖައުޝަން ޝަރީފް (ޖައި) ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ޖައު ވިދާޅުވީ މިހާތަނަށް އަށް މަސް ދުވަހުގެ މުސާރަ ދެވުނީ، އިދާރީ މުވައްޒަފުންނަށް އެކަނި ކަމަށެވެ. އަދި އުންމީދަކީ ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން މުސާރައިގެ ކަންތައް އެއްކޮށް ނިންމާލުން ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް، އެފްއޭއެމްގެ ޓެކްނިކަލް މުވައްޒަފުންނަށް މުސާރަ ނުދެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އެފްއޭއެމްގައި މަސައްކަތް ކުރާ ޓެކްނިކަލް މުވައްޒަފަކު ބުނީ، މިހާތަނަށް 15 މަސް ދުވަހުގެ މުސާރަ ނުދެވި އޮތް ކަމަށެވެ. އަދި އެ މުސާރަ ލިބޭނެ ދުވަހެއް ވެސް ނޭންގޭ ކަމަށާއި، މިއީ ފުޓުބޯޅައިގެ ޙާލަތު އޮތް ދަށް މިންވަރު ސާބިތު ކޮށްދޭނެ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

މާލީ ގޮތުން ބޮޑު މައްސަލަ ގަނޑެއްގެ ތެރޭގައި އޮތް އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދެވޭ މައްސަލަ އޮތީ ބޮޑުވެފަ އެވެ. އެކަމާ ގުޅިގެން، ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިވެފައިވާއިރު، އަނެއް ބައި މުވައްޒަފުން ވަނީ މަސައްކަތަށް ނިކުތުމަށް ދެކޮޅު ވެސް ހަދައިފަ އެވެ. އެފްއޭއެމްގެ މުވައްޒަފުންނަށް މިހާރު މުސާރަ ދެމުން އަންނަނީ، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ފޮނުވާފައިވާ ޚާއްސަ ބަޖެޓުންނެވެ. އަދި އެއީ ހަމައެކަނި މުވައްޒަފުންނަށް މުސާރަ ދިނުމަށް ފީފާ އިން ދީފައިވާ ބަޖެޓެކެވެ. އެ ފައިސާ ޚަރަދު ކުރި ގޮތުގެ ތަފުސީލު ފީފާ އަށް ހިއްސާ ކުރަން ވެސް ޖެހެ އެވެ.

މުވައްޒަފުންނަށް މުސާރަ ނުދެވުމުގެ އިތުރުން، އެހެނިހެން އަމިއްލަ ތަންތަނުން ޚިދުމަތް ހޯދުމަށް ފަހު، އެފްއޭއެމުން އެ ތަންނަނަށް ފައިސާ ނުދައްކާ މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ. އެކަމާ ގުޅިގެން ޝަރުއީ ކޯޓުތަކުން ވަނީ އެފްއޭއެމާ ދެކޮޅަށް ޙުކުމް ވެސް ކޮށްފަ އެވެ. މާލީ މައްސަލަ ގަނޑެއްގެ ތެރޭގައި އޮތް އެފްއޭއެމަށް ލިބޭ ފައިސާ އަށް އެ އިދާރާގެ އިސްވެރިން ޚިޔާނާތްތެރިވި މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލައިގެ ތެރޭގައި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ދެކޮޅަށް ދައުވާ އުފުލައި، ކްރިމިނަލް ކޯޓުގައި ވަނީ ޝަރީއަތް ވެސް ފަށައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި

09 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

03 އެޕްރީލު 2017
މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި

މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި

09 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު