Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އޮޅުވާލައިގެން ފައިސާ ހޯދުން

އޮޅުވާލައިގެން ފައިސާ ހޯދުމުގެ އިތުރު ބޮޅެއް - މި ފަހަރު ހައްޖުގެ ޖާގަ ކަށަވަރުކުރުމުގެ ނަމުގައި

މިގޮތަށް ހިންގާ ސްކޭމްތަކުން ގެއްލޭ ފައިސާ ވަރަށް ގިނަ ފަހަރު އަނބުރާ ނުހޯދޭކަން ފާހަގަކޮށްލެވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2024 | ހޮނިހިރު 13:26
ހައްޖުވެރިން އަޅުކަން އަދާކުރަނީ

ހައްޖުވެރިން އަޅުކަން އަދާކުރަނީ

ރާއްޖޭގަައި އެ މައްސަލަ އެއްގެ ތުރާލާއި ތަކުލީފު އިންތިހާއަށް ޖެހިފައިވާ އެއް މައްސަލައަކީ ސްކޭމްތަކުގެ މައްސަލައެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުން އެކި ސްކޭމްތައް ހިންގައިގެން ފައިސާ ޓެކުން ވަނީ ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެފައެވެ. ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާނަމަ، 2021 ވަނަ އަހަރުން ފެށިގެން 150 މިލިއަނަށްވުރެ ގިނަ ރުފިޔާ ސްކޭމްތައް ހިންގައިގެން ނަގާފައިވެއެވެ.

ކަންމިހެން އޮތްއިރު، މިގޮތަށް ސްކޭމްތައް ހިންގާ މީހުން ގެންގުޅޭ އުކުޅުތައް އަބަދުވެސް ހުންނަނީ ބަދަލުވޭވޭއެވެ. އެ މީހުން ސްކޭމްތައް ހިންގަނީ އެއިރެއްގައި ހިންގާ ޕްރޮމޯޝަންތަކާއި އޮފަރތަކުގެ މައުލޫމާތު ހިމެނޭހެން، އާއްމުންގެ ޝައުގުވެރިކަން ވެސް ދަމައިގަންނަ ކަހަލަ ގޮތަކަށެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ފްލެޓެއް ލިބިފައިވާކަމަށް ބުނެ، މިދިޔަ ހަފުތާގައި ވެސް 200،000 ރުފިޔާ މީހެއްގެ އަތުން ޓެކުމުގެ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފްލެޓު ލިބޭނެ ކަމަށް ބުނެ މީހެއްގެ އަތުން ދެ ލައްކަ ރުފިޔާ ހީލަތުން ނަގާފައިވާ މައްސަލައެއް ބަލަން ފެށިކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން ފުލުހުން ބުނީ، ފްލެޓު ލިބޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން އެ މީހާގެ ބޭންކް އެކައުންޓުން ފައިސާ ނެގި މައްސަލައެއް ނިމިިޔަ ހަފުތާގެ ބުދަ ދުވަހުގެ ހަވީރު އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. ހަމައެހެންމެ އޮޅުވާލައިގެން ފައިސާ ހޯދާފައިވަނީ ގއ. ވިލިނގިލީ މީހެއްގެ އަތުން ކަމަށާއި، މި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށިނަމަވެސް، މި މައްސަލައިގައި އަދި މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެންމެ ފަހުން މިފަދަ ސްކޭމް ހިންގާ ބަޔަކު ހެދި އުކުޅަކީ ހައްޖުގެ އަޅުކަމާއި ގުޅުވައިގެން ސްކޭމް ހިންގަން ފެށުމެވެ. އެގޮތުން މިއަހަރުގެ ހައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރަން ކަމަށް ބުނެ ސްކޭމަކުން ފައިސާ ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އަދި ހައްޖަށް ދާން ބޭނުންވާނަމަ، ޖާގަ ކަށަވަރު ކުރަން ކަމަށް ބުނެ އާއްމުންނަށް ގުޅުމަށް ފަހު އަމިއްލަ އެކައުންޓުތަކަކަށް ފައިސާ ޖަމާކުރަން އެދެމުންދާކަން ހައްޖު ކޯޕަރޭޝަނުން ވަނީ އާއްމުންގެ ސަމާލުކަމަށް ގެނެސްފައެވެ. ހައްޖު ކޯޕަރޭޝަނުން ވަނީ އެ ކޯޕަރޭޝަނުގެ ޚިދުމަތްތަކަށް ފައިސާ ދައްކާނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކަށް ކަން ފާހަގަކޮށްފައެވެ. އަދި އަމިއްލަ ފަރުދެއްގެ އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް އެ ކޯޕަރޭޝަނުން ނާންގާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

މިފަދަ ސްކޭމެއް މިހާރު ހިންގަމުންދާއިރު، ތަފާތު އެކި ޕްރޮމޯޝަންގެ ނަމުގައާއި، ފްލެޓު ލިބޭނެ ކަަމަށް ބުނެ މިފަދަ ސްކޭމްތައް ދޭތެރެ ދޭތެރެއިން ހިންގައެވެ. މިކަންކަމަށް ސަމާލުވުމަށް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

ސްކޭމްތަކުގެ މައްސަލަތައް ރިކޯޑްކުރަން ފެށީއްސުރެ މިހާތަނަށް އާންމުންގެ އަތުން ގެއްލުނު ފައިސާގެ އަދަދު ގާތްގަނޑަކަށް 57.8 މިލިއަނަށްވުރެ އިތުރުކަމަށް ފުލުހުން ވަނީ ބުނެފައެވެ. ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މިވަގުތު ކަންބޮޑުވާ އެންމެ ބޮޑު އެއް މައްސަލައަކީ ސްކޭމްގެ މައްސަލަތައް ކަމަށާއި، ސްކޭމްގެ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅޭ ކަމަށެވެ.

އެގޮތުން މިހާތަނަށް ސްކޭމްގެ 28003 މައްސަލައެއް ރިކޯޑް ކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަބްދުﷲ ރަޝީދު ވިދާޅުވީ ޖުމްލަ ގެއްލުނު ފައިސާގެ އަދަދަށް ބަލާއިރު، އެއީ ގާތްގަނޑަކަށް 57 މިލިއަން 8 ލައްކަ ދިވެހި ރުފިޔާ ކަމަށެވެ. އަދި 64 ލައްކަ ޑޮލަރު ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތަށް ހިންގާ ސްކޭމްތަކުން ގެއްލޭ ފައިސާ ވަރަށް ގިނަ ފަހަރު އަނބުރާ ނުހޯދޭކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
ފައިސާ ގޯނީގެ އިއުތިރާފް އޮއްވާ، ގާސިމް ދެއިރު ދެދަޅަޔަށް ފުލުހަށް!

ފައިސާ ގޯނީގެ އިއުތިރާފް އޮއްވާ، ގާސިމް ދެއިރު ދެދަޅަޔަށް ފުލުހަށް!

02 އެޕްރީލު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

24 މާރިޗު 2017
އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ

އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ

04 މާރިޗު 2017

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު