Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެއާ ކާގޯ އޮޓޯމޭޓަޑް ނިޒާމް

އެއާ ކާގޯ އޮޓޯމޭޓަޑް ކަސްޓަމްސް ކްލިއަރެންސް ނިޒާމް އިފްތިތާހްކޮށްފި

ކޮންމެ މުއައްސަސާއަކުން ވެސް އަވަސް ޚިދުމަތެއް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 9 ފެބުރުއަރީ 2024 | ހުކުރު 08:39
އެއާ ކާގޯ އޮޓޯމޭޓަޑް ކަސްޓަމްސް ކްލިއަރެންސް ނިޒާމު އިފްތިތާހުކޮށްދެއްވަނީ

އެއާ ކާގޯ އޮޓޯމޭޓަޑް ކަސްޓަމްސް ކްލިއަރެންސް ނިޒާމު އިފްތިތާހުކޮށްދެއްވަނީ

އެއާ ކާގޯ އޮޓޯމޭޓަޑް ކަސްޓަމްސް ކްލިއަރެންސް ނިޒާމް އިފްތިތާހްކޮށްފިއެވެ.

ބުރާސްފަތި ދުވަހު ކަސްޓަމްސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ނިޒާމު އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހުސާނެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި މިނިސްޓަރު އިހުސާން ވިދާޅުވީ ކޮންމެ މުއައްސަސާއަކުން ވެސް ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ، އަވަސް ޚިދުމަތެއް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ކަސްޓަމްސްއަށް އިޝާރާތް ކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ މެނުއަލް ނިޒާމެއްގެ ތެރެއިން ގިނަ ވަގުތުތަކެއް ޚިދުމަތްހޯދާ ފަރާތްތަކުން ހޭދަކޮށްގެން ދެ ދުވަހުން ފުރިހަމަކުރެވެމުން އައި ޚިދުމަތެއް، ފުލީ އޮޓޮމޭޓްކުރެވި، ދެ ގަޑިއިރުން ޚިދުމަތް ދެވޭނެ ގޮތް ހެދުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބޭނެ ބޮޑު ލުއި ފަސޭހައެއް ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ރާއްޖެއަށް ގެންނަ މުދާ ކްލިއަރކުރުމާ ގުޅޭގޮތުން ކަސްޓަމްސްއިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަކީ ޒަމާންވީ މެނުއަލް ޕްރޮސެސްތަކެއް ބޭނުންކޮށްގެން ފޯރުކޮށްދެމުންދާ ޚިދުމަތްތަކެކެވެ.

ނަމަވެސް އެއާކާގޯ އޮޓޯމޭޓަޑް ކަސްޓަމްސް ކްލިއަރެންސް ނިޒާމު ގާއިމު ކުރުމާއެކު ޚިދުމަތްތައް ވަރަށްބޮޑަށް އަވަސްވެ ގިނަ ގުނަ ފަސޭހަތަކެއް ލިބޭނެއެވެ. އަދި ޕްރޮސެސްތައް ޓްރާންސްޕޭރަންޓްވެ، ހަމަހަމަގޮތެއްގައި ރެންޑަމްކޮށް އޮފިސަރުންގެ މެދުގައި ޑިކްލަރޭޝަން ފޯމުތައް ކަނޑައެޅި، ޚިދުމަތް ހޯދާ ފަރާތްތަކަށް އެއް ހަމައަކުން ޚިދުމަތް ލިބޭކަން ކަށަވަރު ކުރެވޭނެއެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

ފަސް އެއާރޕޯޓް އަޅަން 57.5 މިލިއަން ޑޮލަރަށް މެލޭޝިއާ ކުންފުންޏަކާ ހަވާލުކޮށްފި

07 މާރިޗު 2017
ފަސް އެއާރޕޯޓް އަޅަން 57.5 މިލިއަން ޑޮލަރަށް މެލޭޝިއާ ކުންފުންޏަކާ ހަވާލުކޮށްފި
06 މާރިޗު 2017

ކާޑެއްދޫ އެއާޕޯޓް ޙަވާލުކުރުން ލަސްވާތީ މެނޭޖްމަންޓާ ފުލުހުން މަޝްވަރާކޮށްފި

06 މާރިޗު 2017
ކާޑެއްދޫ އެއާޕޯޓް ޙަވާލުކުރުން ލަސްވާތީ މެނޭޖްމަންޓާ ފުލުހުން މަޝްވަރާކޮށްފި
26 ފެބުރުއަރީ 2017

ކަސްޓަމްސްއިން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ކަސްޓަމްސްއިން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
23 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި
19 ފެބުރުއަރީ 2017

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު