Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިދޭސީންގެ މެޑިކަލް ހެދުމުގެ ނިޒާމް

ރާއްޖޭގައި ދިގު މުއްދަތަކަށް ދިރިއުޅޭ ބިދޭސީންގެ މެޑިކަލް ހެދުމުގެ ނިޒާމަށް ބަދަލު ގެނެސް އާ އުސޫލެއް ތައާރަފް ކޮށްފި

މެރިޖްވިޒާއަށް ފުރަތަމަ އެދޭއިރު މެޑިކަލް ހަދަން ޖެހޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 8 ފެބުރުއަރީ 2024 | ބުރާސްފަތި 11:17
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން

ރާއްޖޭގައި ދިގު މުއްދަތަކަށް ދިރިއުޅޭ ބިދޭސީންގެ މެޑިކަލް ހެދުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެވި، އާ އުސޫލެއް ތައާރަފް ކޮށްފިއެވެ.

ބުރާސްފަތި ދުވަހު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އުސޫލު ތަޢާރަފުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން އެވެ.

މި އުސޫލުގެ މަގުސަދަކީ ރާއްޖޭގައި ގައިން ގަޔަށް އަރާ އެކިއެކި ބަލިތައް ކޮންޓްރޯލް ކުރުމަށާއި، ފެތުރުނަ ނުދިނުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް، ޓޫރިސްޓުން ފިޔަވާ ރާއްޖޭގައި ދިގުމުއްތަކަށް އުޅޭ އެންމެހައި ބިދޭސީންނަކީ ސިއްހަތު ރަނގަޅު ދުޅަހެޔޮ އުފެއްދުންތެރި ބައެއްކަން ކަށަވަރުކުރުން ކަމަށް މިނިސްޓްރީން ބުނެއެވެ.

މި އުސޫލަށް މިހާރު ގެނެވުނު ބަދަލާއެކު ވަރކް ވިޒާގެ އިތުރުން ޑިޕެންޑެންޓް ވިޒާ، ރެސިޑެންޓް ވިޒާ، ސްޓޫޑެންޓް ވިޒާ، ކޯޕަރޭޓް ރެސިޑެންޓް ވިޒާ އަދި މެރިޖް ވިޒާ (ހަދާ ފުރަތަމަ ފަހަރު) މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ މިންގަނޑުތަކަކަށް މެޑިކަލްއެއް ހަދަން ޖެހޭނެއެވެ. އަދި މެޑިކަލްގައި ބަލާ ބަލިތަކަށް އެންޑެމިކް ގައުމުތަކުން ބިޒްނަސް ވިޒާގައި ތިބޭ މިހުން ވިޒާ އެކްސްޓެންޑް ކުރާއިރު މެޑިކަލް ހަދަންޖެހޭނެއެވެ. މީގެ އިތުރުން މެރިޖްވިޒާއަށް ފުރަތަމަ އެދޭއިރު މެޑިކަލް ހަދަން ޖެހޭނެއެވެ.

މީގެ އިތުރުން، ކުރިން މެޑިކަލްގައި ބަލާ ބަލިތަކުގެ އިތުރަށް، ފައިލޭރިއާ އެންޑެމިކް ގައުމުތަކުގެ މީހުން ފައިލޭރިއާ އަށް ޓެސްޓްކުރުން މިއުސޫލަށް ވަނީ އިތުރުކުރެވިފައެވެ. މިފަދަ މީހުން ޓެސްޓް ކުރުމަށްފަހު ޕޮސިޓިވް ވެއްޖެނަމަ، މެޑިކަލް ދޫކުރެވޭނީ ފައިލޭރިއާއަށް ބޭސް ކެއުމަށްފަހުއެވެ.

ހެލްތް މިނިސްޓްރީން ބުނީ ރާއްޖޭގައި މަސައްކަތް ކުރުމަށް އަންނަ ބިދޭސީންގެ ތެރެއިން ވަރކް ވިޒާގައި އަންނަ މީހުންނާއި، އަދި ޑިޕެންޑެންޓް ވިޒާ، ސްޓުޑެންޓް ވިޒާ، ރެސިޑެންޓް ވިޒާ ކޯޕަރޭޓް ރެސިޑެންޓް ވިޒާގައި ތިބޭ ފަރާތްތަކުން ރާއްޖެ ފުރަތަމަ އަންނަ އިރު އަދި އަހަރަކު އެއްފަހަރު މެޑިކަލް ހަދަން ޖެހޭނެ ކަމަށެވެ. އަދި ބިޒްނަސް ވިޒާގައި ތިބޭ މިހުން ވިޒާ އެކްސްޓެންޑް ކުރާއިރު މެޑިކަލް ހަދަންޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މެރިޖްވިޒާއަށް ފުރަތަމަ އެދޭއިރު މެޑިކަލް ހަދަން ޖެހޭނެއެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން

13 ފެބުރުއަރީ 2017
އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން
12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު