Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގެ އާއްމު އިންތިޚާބު

ވޯޓުލުން ފެށުމާއެކު ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި މޯބައިލް ފޯނުގެ ހިދުމަތް މެދުކަނޑާލައިފި

ޕާކިސްތާނު ސަރުކާރުން ބުނީ މި ޝަޓްޑައުންގައި ހުރިހާ ނެޓްވޯކެއްގައި ވޮއިސް، އެސްއެމްއެސް އަދި މޮބައިލް އިންޓަނެޓްގެ ހިދުމަތް ހިމެނޭނެ ކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 8 ފެބުރުއަރީ 2024 | ބުރާސްފަތި 06:00
ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ހަތިޔާރާއެކު މަގުތަކުގައި ޙަރަކާތްތެރިވަނީ

ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ހަތިޔާރާއެކު މަގުތަކުގައި ޙަރަކާތްތެރިވަނީ

ޕާކިސްތާނުގެ ގައުމީ އިންތިހާބުގެ ވޯޓުލުން ފެށުމާއެކު އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި މޯބައިލް ފޯނުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައި ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފިއެވެ.

ޕާކިސްތާނުގައި ވޯޓުލުން މިއަދު ހެނދުނު 8:00 ޖެހިއިރު ފަށާފައިވާއިރު، ވޯޓުލުން ނިންމޭނީ ހަވީރު 5:00 ގައެވެ. ޕާކިސްތާނު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ މިއީ ސަލާމަތީ ނުރައްކާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި އެޅި ފިޔަވަޅެއް ކަމަށާއި ވޯޓުލުމުގައި އަމަން އަމާންކަން ދެމެހެއްޓުމުގެ މަގްސަދުގައި އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.

ޕާކިސްތާނުގެ ދާޚިލީ ވުޒާރާއިން ނެރުނު އެ ބަޔާނުގައި ބުނެފައިވަނީ ދާދި ފަހުން ހިނގި ޓެރަރިޒަމްގެ ހާދިސާތަކުގެ ސަބަބުން އެތައް ބަޔަކު މަރުވި ކަމަށާއި އެއީވެސް މޯބައިލް ހިދުމަތްތަކަށް ހުރަސް އެޅުމުގެ ސަބަބެއް ކަމަށެވެ.

ޕާކިސްތާނުގައި ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވާއިރު، އިސްލާމިކް ސްޓޭޓް (އައިއެސް) އިން ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސްގައި ބުދަ ދުވަހު ދިން ބޮމުގެ ހަމަލާތަކެއްގައި އިންތިހާބީ އޮފީސްތައް ކައިރީގައި 26 މީހަކު ވަނީ މަރުވެފައެވެ.

ޕާކިސްތާނު ސަރުކާރުން ބުނީ މި ޝަޓްޑައުންގައި ހުރިހާ ނެޓްވޯކެއްގައި ވޮއިސް، އެސްއެމްއެސް އަދި މޮބައިލް އިންޓަނެޓްގެ ހިދުމަތް ހިމެނޭނެ ކަމަށެވެ.

ސަލާމަތީ ފިޔަވަޅުތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވާއިރު، ބައެއް ފަރާތްތަކުން ވަނީ މި ފިޔަވަޅުތަކަށް ތައުރީފުކޮށް، އަނެއް ބަޔަކު ބުނަމުން ދަނީ އެކަމުގެ ސަބަބުން ދެފުށް ފެންނަ އިންތިޚާބަކަށް ހުރަސްއެޅޭކަމަށެވެ. އަދި ސޯޝަލް މީޑިއާ ބޭނުން ނުކުރެވޭތީވެސް ބައެއް މީހުން ވަނީ ޝަކުވާކޮށްފައެވެ.  

ޕާކިސްތާނުގައި ވާދަވެރި އިންތިޚާބެއް ކުރިއަށްދާއިރު، ވޯޓްލާ މަރުކަޒުތަކުން އޮޅުވާލަފާނެތީ އެކަމަށް ފުރުޞަތު ނުދިނުމުގެ ގޮތުން ވޯޓުލުމަށްފަހުވެސް ޕީޓީއައި ޕާޓީގެ ސަޕޯޓަރުން ވޯޓުލާ މަރުކަޒުތަކުގެ ބޭރުގައި މަޑުކުރުމަށް ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ ގޮވާލައްވާފައެވެ. އެކަމަކު ސަރުކާރުން ބުނަނީ އެކަމަކީ ހަމަނެޖުހުން އުފެދުމަށް އޮތް ފުރުޞަތަކަށް ވާތީ އެކަމަށް ޖާގަ ނުދެވޭނެ ކަމަށެވެ.

ޕާކިސްތާނުގެ ސަލާމަތީ ކަންކަމުގައި ހަތް ލައްކައަށްވުރެ ގިނަ ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

އިގްތިސާދީ ހަލަބޮލިކަމުގެ ތެރޭގައި އޮތް ޕާކިސްތާނުގެ ޢާޢްމު އިންތިޚާބުގައި މިއަދު ވޯޓުލުން ކުރިއަށް ދާއިރު، ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ އާއި އިމްރާންގެ ޕީޓީއައި ވާދަކުރާނެއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ބުރާސްފަތި ދުވަހުގެ ރޭ އިއުލާނު ކުރާނެ ކަމަށް ބެލެވިފައިވީ ނަމަވެސް، ތަޖުރިބާކާރުން ބުނަނީ ސާފު ނަތީޖާތަކެއް ލިބޭނީ ހުކުރު ދުވަހުގެ ނިޔަލަށް ކަމަށެވެ.

ބިލާވަލް ބުއްޓޫ ޒަރްދާރީގެ ޕީޕީޕީ ފަދަ ކުދި ޕާޓީތަކުން ކިންގްމޭކަރުގެ ރޯލު އަދާކުރުމުގެ ފުރުސަތު އޮންނާނީ 169 ގޮނޑި ހިމެނޭ ޕާލަމެންޓުގެ ސީދާ އަޣުލަބިއްޔަތު އެއްވެސް ޕާޓީއަކަށް ނުލިބިއްޖެ ނަމައެވެ.

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

"ބާސެލޯނާގައި ހަމަލާ ދިން މީހުން ސިޓީގެ އެކި މޮނިއުމެންޓްތަކަށް ހަމަލާ ދޭން ރާވާފައިވޭ"

23 އޯގަސްޓު 2017
 "ބާސެލޯނާގައި ހަމަލާ ދިން މީހުން ސިޓީގެ އެކި މޮނިއުމެންޓްތަކަށް ހަމަލާ ދޭން ރާވާފައިވޭ"
01 އޯގަސްޓު 2017

ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރަކަށް އައްބާސީ އިންތިހާބުކޮށްފި

01 އޯގަސްޓު 2017
ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރަކަށް އައްބާސީ އިންތިހާބުކޮށްފި
01 އޯގަސްޓު 2017

ޕާކިސްތާނުގެ އާ ބޮޑު ވަޒީރަކަށް ކުރީގެ ޕެޓްރޯލިއަމް މިނިސްޓަރު ޝާހިދު ހައްގާން އައްބާސީ ވަޑައިގަންނަވަނީ

01 އޯގަސްޓު 2017
ޕާކިސްތާނުގެ އާ ބޮޑު ވަޒީރަކަށް ކުރީގެ ޕެޓްރޯލިއަމް މިނިސްޓަރު ޝާހިދު ހައްގާން އައްބާސީ ވަޑައިގަންނަވަނީ
31 ޖުލައި 2017

ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު އިންތިޚާބުކުރުން އަންގާރަ ދުވަހަށް!

31 ޖުލައި 2017
ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު އިންތިޚާބުކުރުން އަންގާރަ ދުވަހަށް!
29 ޖުލައި 2017

ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހްބާޒް

29 ޖުލައި 2017
ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހްބާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު