Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެންޑީއެފް ޓްރެއިނިންގ ސެޝަން

އެމްއެންޑީއެފްއާއި ޔޫއެސް އޯޑީސީ އާ ގުޅިގެން ހިންގި "ސީވިޝަން އެގްޒެކެޓިވް ޓްރެއިނިންގ" ނިންމާލައިފި

ތަމްރީނުގެ މަޤްޞަދަކީ ސީވިޝަން އެޕްލިކޭޝަން ފައިދާހުރި ގޮތެއްގައި ބޭނުންކުރުމަށް، ކޮންމެހެން ބޭނުންވާ ހުނަރުތައް ފޯރުކޮށްދިނުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ފެބުރުއަރީ 2024 | ބުރާސްފަތި 02:00
އެމްއެންޑީއެފްއާއި ޔޫއެސް އޯޑީސީ އާ ގުޅިގެން ހިންގި "ސީވިޝަން އެގްޒެކެޓިވް ޓްރެއިނިންގ"

އެމްއެންޑީއެފްއާއި ޔޫއެސް އޯޑީސީ އާ ގުޅިގެން ހިންގި "ސީވިޝަން އެގްޒެކެޓިވް ޓްރެއިނިންގ"

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި ޔުނައިޓެޑް ސްޓޭޓްސް އޮފީސް އޮފް ޑިފެންސް ކޯޕަރޭޝަން (އޯޑީސީ) ގުޅިގެން ހިންގި ސީވިޝަން އެޕްލިކޭޝަންގެ އެގްޒެކެޓިވް ޓްރެއިނިންގ ނިންމާލައިފިއެވެ.

މި ޓްރެއިނިންގ ނިންމުމުގެ ގޮތުން ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ތަމްރީނު ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް، ކާނަލް މުޙައްމަދު ސަލީމްއެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި، ސީވިޝަން އެގެޒެކެޓިވް ޓްރެއިނިންގ ފުރިހަމަކުރެއްވި ފަރާތްތަކާ މުޚާޠަބު ކުރައްވައި ޝަރަފުވެރި މެހެމާނު ދެއްކެވި ވާހަކަފުޅުގައި، މި ތަމްރީނުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި މި ޓްރެއިނިންގ ހިންގުމުގައި ހަރަކާތްތެރިވި ސީވިޝަންގެ އިންސްޓްރަކްޓަރުންނަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނުގެ މަޤްޞަދަކީ ސީވިޝަން އެޕްލިކޭޝަން ފައިދާހުރި ގޮތެއްގައި ބޭނުންކުރުމަށް، ކޮންމެހެން ބޭނުންވާ ހުނަރުތައް އޮޕަރޭޝަނަލް ކޮމާންޑަރުންނާއި އެގްޒެކެޓިވް ލެވެލްގައި މަސައްކަތްކުރާ އޮފިސަރުންނަށް ފޯރުކޮށްދިނުމެވެ. މިތަމްރީނުގެ އެހީގައި މި އެޕްލިކޭޝަން ބޭނުންކޮށްގެން މެރިޓައިމް ޑޮމެއިންގައި ހިނގާ އިންސިޑެންޓްތަކާއި، ލިބޭ މަޢުލޫމާތުގެ އެހީގައި އަޅަންވީ ފިޔަވަޅުތައް ދެނެގަތުމަށާއި ނިންމުންތައް ނިންމުމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އެމެރިކާއާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ޑިފެންސް ކޯޕަރޭޝަންގެ ތެރެއިން ސީވިޝަންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުން ކިޔަވައިދެއްވި މި ތަމްރީނުގެ ސަބަބުން އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ރިކުއަރމަންޓަށް ބޭނުންވާ ގިނަ ކަންކަމަށް ފަސޭހަވެގެންދާނެއެވެ. މި ކޯހަށްފަހު ސީވިޝަން ފޮލޯއަޕް ޓްރޭނިންގއެއްގެ އިތުރުން ސީވިޝަން އެނަލިސްޓް ޓްރޭނިންގއެއް ހިންގުމަށް ވެސް ވަނީ ހަމަޖެހިފައިވެއެވެ.

 ސީވިޝަން ޓްރޭނިންގ ނިންމުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ޑައިރެކްޓަރޭޓް އޮފް ސީ4 ސިސްޓަމްސް ގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް އިބްރާހީމް ޝާން ޝާކިރުގެ އިތުރުން ޔޫއެސް އޯޑީސީގެ ފަރާތުން ސީވިޝަން އެގްޒެކެޓިވް ޓްރެއިނިންގ ކުރިއަށްގެންދެވި މުދައްރިބުންނާއި ކޯހުގެ ދަރިވަރުން ބައިވެރިވިއެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު