Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް ކޮންގްރެސް

އެފްއޭއެމް ކޮންގްރެސް އަށް ފީފާ އާއި އޭއެފްސީގެ އޮފިޝަލުން އަންނަނީ

7 ފެބުރުއަރީ 2024 | ބުދަ 08:55

ފީފާ، އޭއެފްސީން ބައިވެރިވާ ގޮތަށް ހަމަޖެއްސީ ވަރަށް ބޮޑަށް ބައިބައިވެފައިވަނިކޮށް

ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2024 | ބުދަ 08:55
އެފްއޭއެމްގެ ރައީސް ބައްސާމް، ފީފާގެ ރައީސް އަދި އޭއެފްސީގެ ރައީސާއެކު

އެފްއޭއެމްގެ ރައީސް ބައްސާމް، ފީފާގެ ރައީސް އަދި އޭއެފްސީގެ ރައީސާއެކު

މާދަމާ ބާއްވަން ހަމަޖައްސާފައިވާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަށް ފީފާ އާއި އޭއެފްސީގެ އޮފިޝަލުން އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ (ފީފާ) އާއި އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ (އޭއެފްސީ)ގެ އޮފިޝަލުން މި ކޮންގްރެސްގައި ބައިވެރިވާ ގޮތަށް ހަމަޖެއްސީ ވަރަށް ބޮޑަށް ބައިބައިވެފައިވަނިކޮށެވެ. ފީފާ އާއި އޭއެފްސީގެ އޮފިޝަލުން ރާއްޖެ ވަޑައިގަންނަވާނީ މިރޭގެ ވަގުތެއްގަ އެވެ.

އިންތިހާބުގައި ވޯޓުލެވޭ އެއްބައި ކުލަބުތަކުން ބޭނުންވަނީ އޮންލައިންކޮށް އިންތިހާބު ނުބޭއްވުމަށެވެ. އެފްއޭއެމުން މިކަން ފަހު ވަގުތު ބަދަލުކުރީ އޭއެފްސީ ފީފާގައި ބައެއް ކުލަބުތަކުން މައްސަލަ ޖައްސާފައިވަނިކޮށެވެ.

އެފްއޭއެމް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން ޖެހުނީ އެއިދާރާގެ އިންތިހާބު އިއުލާނުކުރިއިރު އިލެކްޓޯރަލް އަދި އެޕީލްސް ކޮމިޓީއެއް ނެތުމުންނެވެ. މިކަން އެނގުނި ކެނޑިޑޭޓް އަހުމަދު ތޯރިގްގެ ކެންޑިޑެސީ ބާތިލް ކުރުމުން އޭނާ އެ މައްސަލަ އެޕީލް ކުރުމުންނެވެ.

އެފްއޭމުގެ އިންތިހާބުގައި މި ފަހަރު ރައީސް ބައްސާމް އަދީލް ޖަލީލް ވާދަނުކުރައްވަ އެވެ. މިދިޔަ އަށް އަހަރު އެފްއޭއެމުގައި ހުރި ރައީސް ބައްސާމް ވާދަނުކުރައްވަން ނިންމީ އެފްއޭއެމް ހިންގުން ބޮއްސުންލައި، މުވައްޒަފުންނަށް މުސާރަ ނުދެވި، ފައިސާއަށް ހިޔާނާތްވި ކަމުގެ ތުހުމަތުގައި ދައުވާކުރަން ފޮނުވާފައިވަނިކޮށެވެ. އަދި އެފްއޭއެމުގެ ފައިސާގެ ތަހުގީގެއް ފީފާ އާއި އޭއެފްސީން ފަށާފައިވަނިކޮށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް