Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމިސް ޖަޕާން ތާޖު ދޫކޮށްލުން

މިސް ޖަޕާން، އޭނާއަށް ލިބުނު ތާޖު ދޫކޮށްލައިފި

ކެރޮލީނާ ތާޖު ދޫކޮށްލާފައިވަނީ މީހެއްގެ ފިރިއަކާއެކު ލޯބީގެ ގުޅުމެއް ހިންގާފައިވާކަން ހާމަވުމުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 6 ފެބުރުއަރީ 2024 | އަންގާރަ 12:16
މިސް ޖަޕާން، ކެރޮލީނާ ޝީނޯ

މިސް ޖަޕާން، ކެރޮލީނާ ޝީނޯ

މިއަހަރުގެ މިސް ޖަޕާނުގެ ތާޖު ލިބުނު، ޔޫކްރެއިނަށް އުފަން ކެރޮލީނާ ޝީނޯ އޭނާއަށް ލިބުނު ތާޖު އަނބުރާ ހަވާލުކޮށްފިއެވެ. ޖަޕާނުގައި ބާއްވާ ރީތީގެ މުބާރާތުން ކެރޮލީނާއަށް އެއްވަނަ ލިބިފައިވަނީ މީގެ ދެ ހަފުތާ ކުރިން ބޭއްވި މުބާރާތުގައެވެ. ނަމަވެސް އެ ދުވަހުން ފެށިގެންވެސް، ބޭރު ގައުމަކަށް އުފަން، ޖަޕާނު އަންހެނެއްގެ ސިފަ ނެތް ފަރާތަކަށް އެ ލަގަބު ދީފައިވާތީ އެކަމާ އެކި ފަރާތްތަކުން އައީ ދެކޮޅުހަދައި އަޑު އުފުލަމުންނެވެ. ބައެއްމީހުން، މިއީ އަންނަންޖެހޭ ބަދަލެއް ކަމަށް ބުނިއިރު، ގިނަ މީހުން ބުނަނީ ޖަޕާނުގެ ސިފަ ނެތް މީހަކަށް މިސް ޖަޕާނުގެ ލަގަބު ނުދެވޭނެ ކަމަށެވެ.

މި ބަހުސް މީޑިޔާ އަދި ސޯޝަލް މީޑިޔާގައި ކުރިއަށްދަނިކޮށް، ޖަޕާނުގެ ނޫހަކުން ވަނީ ކެރޮލީނާ މީހެއްގެ ފިރިއަކާއެކު ލޯބީގެ ގުޅުމެއް ހިންގާފައިވާކަން ހާމަކޮށްފައެވެ. މި ރިޕޯޓް ނިކުތުމާއެކު، ރީތީގެ މުބާރާތް އިންތިޒާމްކުރި ފަރާތުން ވަނީ ކެރޮލީނާގެ ދިފާއުގައި ތެދުވެ، ފިރިހެން މީހާ ހުރީ ކައިވެނި ކޮށްގެންކަން ކެރޮލީނާއަށް ނޭނގޭ ކަމަށް ބުނެފައެވެ. ނަމަވެސް ފަހުން ކެރޮލީނާ ވަނީ އޭނާއަށް އެކަން އެނގޭކަމަށް އޭނާ އެއްބަސްވެ، މައާފަށް އެދި، ތާޖު އަނބުރާ ހަވާލުކޮށްފައި ވާކަމަށް ބުނެފައެވެ.

ކެރޮލީނާ ވަނީ އޭނާގެ ސަޕޯޓަރުންނާއި ފޭނުންގެ ކިބައިންވެސް ވަރަށް ބޮޑަށް މައާފަށް އެދިފައެވެ.

މިއީ ޔޫރަޕަށް އުފަން އަންހެނަކަށް މިސް ޖަޕާނުގެ ލަގަބު ލިބުނު ފުރަތަމަ ފަހަރެވެ. އުމުރުން މިހާރު 26 އަހަރުގެ ކެރޮލީނާގެ އުމުރުން 5 ފަސް އަހަރުގައި އޭނާގެ މަންމައާއެކު ދޮންބައްޕަގެ ގައުމުކަމަށްވާ ޖަޕާނަށް ދިރިއުޅުން ބަދަލުކޮށްފައި ވެއެވެ. އަދި 2022 ވަނަ އަހަރުވަނީ ޖަޕާނު ރައްޔިތަކަށް ވެފައެވެ.  

މިސް ޖަޕާން ރީތީގެ މުބާރާތުގެ ދެވަނައަށް އެތައް ކުދިންނެއް ދިޔަނަމަވެސް، އެމަގާމު މިއަހަރު ނިމެންދެންވެސް އޮންނާނީ ހުސްކޮށެވެ.

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2017

ޖަބް ހެރީ މެޓް ސޭޖަލް މިސްރުގައި ރިލީޒް ކުރަނީ

05 އޮކްޓޯބަރު 2017
ޖަބް ހެރީ މެޓް ސޭޖަލް މިސްރުގައި ރިލީޒް ކުރަނީ
03 އޮކްޓޯބަރު 2017

ޑިޓިއުންގެ "ނަށާލާ" ޗެލެންޖް: 23 އަށް ވުރެ ގިނަ ވީޑިއޯ ލިބުނު

03 އޮކްޓޯބަރު 2017
ޑިޓިއުންގެ "ނަށާލާ" ޗެލެންޖް: 23 އަށް ވުރެ ގިނަ ވީޑިއޯ ލިބުނު
02 އޮކްޓޯބަރު 2017

ސެލީނާ ޖެއިޓްލީ އަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު މަރުވެއްޖެ

02 އޮކްޓޯބަރު 2017
ސެލީނާ ޖެއިޓްލީ އަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު މަރުވެއްޖެ
25 ސެޕްޓެމްބަރު 2017

ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާގެ ގޮތުގައި ސަމާލުކަން ލިބުނު އީމާން މަރުވެއްޖެ

25 ސެޕްޓެމްބަރު 2017
ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާގެ ގޮތުގައި ސަމާލުކަން ލިބުނު އީމާން މަރުވެއްޖެ
26 ޖޫން 2017

"ޓިއުބްލައިޓް" އަށް ހީކުރިވަރުގެ އާމްދަނީއެއް ނުލިބުނު

26 ޖޫން 2017
"ޓިއުބްލައިޓް" އަށް ހީކުރިވަރުގެ އާމްދަނީއެއް ނުލިބުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު