Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕީޕީއެމް ޕީއެންސީ ޕްރައިމަރީ

ވަކި މީހަކު ބޭނުންވާ ކެންޑިޑޭޓަކު ހޮވުމަށް އިސްދޫ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ބޮޑު އޮޅުވާލުންގަނޑެއް ހިންގިކަމުގެ ތުހުމަތު!

6 ފެބުރުއަރީ 2024 | އަންގާރަ 10:17

އެކި ފަހަރުމަތިން ފޮށިން ވޯޓު ކަރުދާސްތައް ނަގައިގެން މޭޒުމައްޗަށް އަޅާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ފެބުރުއަރީ 2024 | އަންގާރަ 10:17
ޕީޕީއެމް /ޕީއެންސީ ރައީސާއި ޗެއަރމަން

ޕީޕީއެމް /ޕީއެންސީ ރައީސާއި ޗެއަރމަން

ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ވާދަ ކުރައްވައި ނާކާމިޔާބީއާ ކުރިމަތިވި ކެންޑިޑޭޓުގެ ފަރާތުން ލ.އިސްދޫގައި ބެހެއްޓިފައިވާ  ފޮއްޓަށް  އޮބްޒާވަރ އެއް  ގޮތުގަ ހަމަޖެއްސި އޮބްޒަރވަރަށް ހުއްދަ ދީފައިވަނީވެސް ވޯޓު ލާން ފެށިތާ 2 ގަޑިއިރު ފަހުންނެވެ.

އެގޮތަށް ކަންތައް ކުރުމުން އިންތިޚާބު އިންސާފުވެރިކަމާއެކު ކުރިއަށް ގެންދެވޭނެކަމާމެދު އެ ކެންޑިޑޭޓަށް ތާއީދު ކުރައްވާ ފަރާތްތަކުން ތިބީ ޝައްކެއްގެ މަތީގައެވެ. އަނެއްކޮޅުން ވާދަ ކުރައްވަނީ ރައީސް އޮފީހުގެ މިނިސްޓަރ އަބްދުއްރަޙީމް އަބްދުﷲ ހޮއްވަވަން ބޭނުންފުޅުވި ކެންޑިޑޭޓުކަމަށް އެ ރަށުން މައުލޫމާތު ދިން މީހުން ކިޔާދިނެވެ.

އެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައްވެސް ބައެއް ފަރާތްތަކުން ވަނީ ރާއްޖެއެމްވީއާ ހިއްސާކޮށްފައެވެ. އޭގެ ތެރެއިން އެއް ވީޑިއޯއިން، ވޯޓު ފޮއްޓަށް މީހަކު ވޯޓު ކަރުދާސްތަކެއް އަޅާ މަންޒަރު ފެނިގެންދެއެެވެ. އެއީ އޮބްޒަރވަރު އެެތެރެއަށް ވަނުމުގެ ހުއްދަ ދިނުމުގެ ކުރިން ހިނގި ކަމެއްކަމަށް މަންޒަރު ދުއް ފަރާތްތަކުން ކިޔާދިނެވެ.

ގާތްގަނޑަކަށް ދެގަޑިއިރަށްފަހު ހުއްދަ ދިނުމުން އެ ކެންޑިޑޭޓުގެ ފަރާތުން އޮބްޒަރވް ކުރެއްވި ފަރާތުން ވަނީ އިންތިޚާބު ނިމި ވޯޓު ގުނަންދެން އެތަނުގައި މަޑުކޮށްފައެވެ.

އެެހެންނަމަވެސް ދެންވެސް ކަންކަން ހިނގާދިޔައީ އިންތިޚާބާމެދު އެތަކެއް ސުވާލުތަކެއް އުފެދޭ ގޮތަށްކަމަށް އެރަށުން މައުލޫމާތު ދިން މީހުން ކިޔާދިނެވެ.

އެގޮތުން ބަލާއިރު، ވޯޓު ގުނުމަށްޓަކައި ފޮށީގައި ހުރި ވޯޓު ކަރުދާސްތައް މޭޒުމައްޗަށް އޮއްސާލައި ފޮށި ހުސްކަން ދެއްކުމުގެ ބަދަލުގައި ފޮށިން ވަކިވަކިން ކަރުދާސްތައް ނަގާފައިވާއިރު، އެކި ފަހަރުމަތިން ފޮށިން ވޯޓު ކަރުދާސްތައް ނަގައިގެން މޭޒުމައްޗަށް އަޅާ މަންޒަރު ފެނިފައިވާކަމަށް އެތަނުގައި ތިބި މީހުން ބުނެފައިވެއެވެ. އެ މަންޒަރު ފެންނަ ވީޑިއޯތައްވެސް ރާއްޖެެއެމްވީއާ ހިއްސާކޮށްފައިވެއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދެއްކި މީހުން ކިޔާދިން ގޮތުގައި އެ ފޮއްޓަށް ވޯޓު ލާފައިވަނީ 393 މީހުންނެވެ. ފޮއްޓަށް ވޯޓުލުމަށް ތައްޔާރުކުރިކަމަށް ބުނާ ވޯޓު ކަރުދާހުގެ އަދަދަކީ 500އެވެ. ނަމަވެސް އެ ފޮށިން އެކަނިވެސް 500ށް ވުރެ ގިނަ ވޯޓު ކަރުދާސް ނަގާފައިވާއިރު، ބާކީ 50 އެއްހާ ކަރުދާސް ހުއްޓެވެ. ވީއިރު، މި އަދަދުތަކުގައި ބޮޑެތި އޮޅުންބޮޅުންތައް އުޅޭކަމަށް އެ ފަރާތްތަކުން ތުހުމަތު ކުރެއެވެ.

އެރަށު ބައެއް މީހުން ބުނާ ގޮތުގައި އިސްދޫގައި ބެހެއްޓިފަވާ ވޯޓް ފޮށިން ވަނީ ބޮޑު ތަނުން ވައްކަން ކޮށްފައެވެ. އަދި އިންތިޚާބުގެ ނަތީޖާ ސައްޙަކަމަށް ޤަބޫލު ނުކުރާކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.

އެމީހުން ބުނާ ގޮތުގައި ސަރުކާރުން ނިސްބަތްވާ ޕާޓީންވެސް  ވަނީ މިކަން ސިއްރުކޮއްފައެވެ. އެގޮތުން އެމީހުން ބުނާ ގޮތުގައި ރައްޔިތުންގެ މެދުގައި މިފަދަ ހިތްހަމަނުޖެހުންތަކެއް އުޅޭކަން ސަރުކާރު ހިންގާ ޕާޓީން ގެންދަނީ ސިއްރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ޕީޕީއެމް ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
17 ފެބުރުއަރީ 2025

މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސްކޮށް ޖަވާބުދާރީވުމަށް ޖުމްލަ ދޮޅުގަޑިއިރު

17 ފެބުރުއަރީ 2025
މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސްކޮށް ޖަވާބުދާރީވުމަށް ޖުމްލަ ދޮޅުގަޑިއިރު
03 ފެބުރުއަރީ 2025

އަދުރޭގެ އަދުގެ ސައިޒް: އެހެން މެންބަރުންނަށް އިންޒާރެއް

03 ފެބުރުއަރީ 2025
އަދުރޭގެ އަދުގެ ސައިޒް: އެހެން މެންބަރުންނަށް އިންޒާރެއް
29 ޖެނުއަރީ 2025

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް
28 ޖެނުއަރީ 2025

ފައިސަލް އަށް ޓަކައި ފަޚުރުވެރިވަން. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރީ އިޚްލާޞްތެރިކަމާއި އެކު: އަބްދުއްރަހީމް

28 ޖެނުއަރީ 2025
ފައިސަލް އަށް ޓަކައި ފަޚުރުވެރިވަން. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރީ އިޚްލާޞްތެރިކަމާއި އެކު: އަބްދުއްރަހީމް
24 ޑިސެމްބަރު 2024

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

24 ޑިސެމްބަރު 2024
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި
24 ޑިސެމްބަރު 2024

ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި

24 ޑިސެމްބަރު 2024
ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި
24 ޑިސެމްބަރު 2024

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

24 ޑިސެމްބަރު 2024
އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި
22 ޑިސެމްބަރު 2024

އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް

22 ޑިސެމްބަރު 2024
އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް
23 ނޮވެމްބަރު 2024

އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!

23 ނޮވެމްބަރު 2024
އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް