Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަޒީފާ އާއި ބެހޭ ޤާނޫނު

ވަޒީފާ އާއި ބެހޭ ޤާނޫނާ ޚިލާފަށް ސަރުކާރުން އަމަލުކުރާ މައްސަލައަށް ބަހުސްކުރަން ފާސްވެއްޖެ

6 ފެބުރުއަރީ 2024 | އަންގާރަ 05:03

"ފޮރިން ލޭބަރ ސްޓެޓިސްޓިކްސް އެންޑް އެކްސްޕެޓް ސިސްޓަމް ރިޕޯޓް 2023" އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ވަނީ ޑިލީޓްކޮށްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 ފެބުރުއަރީ 2024 | އަންގާރަ 05:03
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ވަޒީފާ އާއި ބެހޭ ޤާނޫނާ ޚިލާފަށް ސަރުކާރުން އަމަލުކުރާ މައްސަލަ އަށް ބަހުސްކުރުމަށް ފާސްވެއްޖެއެވެ.

މި މައްސަލަ ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ.

Advertisement - newsAdvertisement

މި މައްސަލަ ބަލައިގަނެ ބަހުސްކުރަން ފާސްވީ ރައްޔިތުންގެ މަޖިލީހުގެ 23 މެންބަރުންގެ ވޯޓާއި އެކުގައެވެ. މި މައްސަލަ އަށް ބަހުސްކުރަން ނުފެންނަކަމަށް 6 މެންބަރުން ވޯޓުދެއްވިއެވެ. މި މައްސަލަ އަށް ބަހުސްކުރަން ފާސްކުރަން ބޭނުންވަނީ 15 މެންބަރުންގެ ވޯޓުކަމަށް ވުމާއެކު މި މައްސަލަ އަށް ބަހުސްކުރަން ވަނީ ފާސްވެފައެވެ.

ހިސާން ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައި ވަނީ ވަޒީފާ އާއި ބެހޭ ޤާނޫނުގެ ދަށުން ރާއްޖެ އަށް ބިދޭސިން ވަޒީފާ އަދާކުރުމަށް ކޯޓާ ދޫކުރުމާއި، ބިދޭސީންނަށް ވަޒީފާ އަދާކުރަން ހުއްދަ ދިނުމާއި، ވަޒީފާ އަދާކުރާ މުއްދަތަށް ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ ދިނުމަކީ އެ ޤާނޫނުގައި ބަޔާންކުރާ ގޮތެއްގެ މަތިން ކަމާއި ގުޅޭ މިނިސްޓްރީއަކަށް ލިބިގެންވާ ބާރެއް ކަމަށެވެ.

އެހެންކަމަށް ވާއިރު ބިދޭސީން ގެނައުމަށް ހުއްދަ ދިނުމާއި، އެކަމާއި ގުޅޭ ކަންކަމަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ މެންޑޭޓުގައި ހިމަނާފައިވާ ކަމެއްކަމަށް ވީ ނަމަވެސް، ވަޒީފާ އާއި ބެހޭ ޤާނޫނު ތަންފީޒުކުރަން ހަދަން ޖެހޭ ޤަވާއިދުތައް ހެދުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އާއި ހަވާލުކޮށްފައިވާ ކަމަށް މި މައްސަލައިގައިވެއެވެ.

ވަޒީފާ އާއި ބެހޭ ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ނަމަ އެ ޤާނޫނު ހިންގުމަށް ހަނދަން ޖެހޭ ޤަވާއިދުތައް ހަދާނީ މިނިސްޓަރު ކަމަށާއި، "މިނިސްޓަރު" ރައްދުވަނީ ޤާނޫނުގެ ދަށުން ވަޒީފާ އާއި ބެހޭ ކަންކަން ބެލެހެއްޓުން ހަވާލުވެފައިވާ ވުޒާރާ ބަލަހައްޓާ ވަޒީރަކަށް ކަމަށް ވެސް އެ މައްސަލައިގައިވެއެވެ. އެހެންކަމުން ވަޒީފާ އާއި ބެހޭ ކަންކަން ރެގިއުލޭޓުކުރުމުގެ މަސައްކަތްކުރާ ވުޒާރާ އަށް ދީފައިވާ ބާރެއްގެ ބައެއް އެހެން މިނިސްޓްރީއަކަށް ނުވަތަ މިނިސްޓަރަކަށް ރައީސަށް ހަވާލު ނުކުރެއްވޭނެ ކަމަށް މި މައްސަލައިގައި ބުނެފައިވެއެވެ. މި މައްސަލައިގައި އިތުރަށް ބުނެފައި ވަނީ އެ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުތައް ތަންފީޒުކުރުމުގެ ބާރު ލިބިގެންވާ ހަޔަރ އެޑިއުކޭޝަން ނޫން މިނިސްޓްރީއަކަށް އެ ޤާނޫނުގެ ދަށުން ނިންމުމެއް ނުނިންމޭނެ ކަމަށެވެ. އަދި ހޯމް މިނިސްޓްރީ އަށް އެ ޤާނޫނުގެ ދަށުން ބާރު ލިބިގެން ނިންމާ ނިންމުމެއް ނުވަތަ ހަދަން ޖެހޭ ޤަވާއިދެއް ނުހެދޭނެކަަމަށެވެ.

ވަޒީފާ އާއި ބެހޭ ޤާނޫނުގައި ބުނަނީ އެއް ޤައުމަކުން އެންމެ ގިނައިން ރާއްޖެ އަށް ގެނެވޭނީ އެއް ލައްކަ މީހުން ކަަމަށެވެ. "ފޮރިން ލޭބަރ ސްޓެޓިސްޓިކްސް އެންޑް އެކްސްޕެޓް ސިސްޓަމް ރިޕޯޓް 2023" އިން އެއްލައްކަ ތިރީސް ނުވަހާސް ދުއިސައްތަ ވިހި (139220) ބަންގްލަދޭޝް އެކްޓިވް ވަރކް ޕަރމިޓް ހޯލްޑަރސް ތިބި ކަމަށް އެބައޮތެވެ. ނަމަވެސް މި ސަރުކާރުން ވަނީ ބަންގްލަދޭޝް މީހުން އަންސްކިލްޑް ލޭބަރ އަށް ގެންނަން ނިންމާފައެވެ. ސަރުކާރުން އެގޮތަށް އަމަލު ކުރީ ޤާނޫނާ ޚިލާފަށް ކަމަށް ތުހުމަތުކުރަމުން ދަނިކޮށް، "ފޮރިން ލޭބަރ ސްޓެޓިސްޓިކްސް އެންޑް އެކްސްޕެޓް ސިސްޓަމް ރިޕޯޓް 2023" އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓާ ޓްވިޓަރ އިން ފޮހެލާފައިވާތީ އެއީ އިކޮނޮމިކް މިނިސްޓްރީން ގާނޫނާއި ޚިލާފަށް ކޮށްފައިވާ ކަމެއް ކަަަމަށް ވެސް މަޖިލީހަށް ހުށަހަޅާފައިވާ މި މައްސަލައިގައި ވަނީ ބުނެފައެވެ.

ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކު ޤާނޫނު އަސާސީ އަށް ތަބާވާން ޖެހޭ ކަމަށާއި، އެއާއި ޚިލާފަށް މިނިސްޓަރު އަމަލުކޮށްފައިވާ މައްސަލަ މަޖިލީހަށް ހުށަހަޅާ ކަމަށް މެންބަރު ހިސާން ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލިސްތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުސައިންވަޒީފާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް