Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާންގެ ޕޮލިސް ސްޓޭޝަނަކަށް ހަމަލާ ދިނުން

ޕާކިސްތާންގެ ޕޮލިސް ސްޓޭޝަނަކަށް ދިން ހަމަލާއެއްގައި 10 ފުލުހުން މަރުވެއްޖެ

ބުރާސްފަތިދުވަހު އެގައުމުގެ އިންތިޚާބް އޮންނަ އިރު، އިންތިޚާބާ ދިމާކޮށް ވަނީ ހަރުކަށިއަމަލުތައް ހިންގުން އިތުރު ވެގެން ގޮސްފަ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2024 | ހޯމަ 14:05
ޕާކިސްތާން ސިފައިން ފޯރި މަރަނީ

ޕާކިސްތާން ސިފައިން ފޯރި މަރަނީ

ޕާކިސްތާންގެ ހުޅަގު އުތުރުގެ ހިސާބެއްގައިހުރި ޕޮލިސް ސްޓޭޝަނަކަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއެއްގައި މަދުވެގެން 10 ފުލުހުން މަރުވެއްޖެއެވެ.

ޕާކިސްތާންގެ އާންމު އިންތިޚާބް ބުރާސްފަތިދުވަހު އޮންނަ އިރު، އިންތިޚާބާ ދިމާކޮށް އެގައުމުގައިވަނީ ހަރުކަށިއަމަލުތައް ހިންގުން އިތުރު ވެގެން ގޮސްފައެވެ. ހަމަލާދިން ފަރާތްތަކުން ފުރަތަމަ ސްނައިޕަރ ބަޑިން ނާއި ގްރެނޭޑް ބޭނުން ކޮށްގެން ޕޮލިސް ސްޓޭޝަނަށް ހަމަލާދީފައިވާއިރު ހަމަލާގެ ރައްދުގައި ފުލުހުންވެސް ހަރަކާތްތެރިވެފައިވެއެވެ. މިހަމަލާ ބަދަލުކުރުންތައް ދެގަޑިއިރެއްހާއިރަށް ކުރިޔަށް ދިޔައިރު ހަމަލާތަކުގައި 10 ފުލުހުން މަރުވެ އިތުރު 9 ފުލުހުން ޒަޚަމް ވެފައި ވެއެވެ.

މިހަމަލާދިނީ ކޮންބައެއްކަމެއް އަދި ސާފުނުވާކަމަށްވެއެވެ. ނަމަވެސް ޚައިބަރު ޕަޚްތުންޚުވާގެ މިހިސާބަކީ ޕާކިސްތާން ތޯލިބާން އަދި އިސްލާމިކް ސްޓޭޓްގެ ހަގުރާމަވެރިންގެ ހަމަލާތައް ސަރުކާރު އަދި ސެކިއުރިޓީ ތަންތަނަށް އަމާޒު ކޮށް ދެމުން ގެންދާ ސަރަހައްދެކެވެ.

މިދިޔަ ހަފްތާގައި ބަލޮޗިސްތާން ޕްރޮވިންސް ގައި ސިޔާސީ ލީޑަރަކަށް އަމަޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި އެލީޑަރު ވަނީ މަރުވެފައެވެ. އެހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓުން ވަނީ އުފުލާފައެވެ.

ޓެރަރިސްޓް ހަމަލާތައް ހުއްޓުވުމަށް ސިފައިން ހިންގި އޮޕަރޭޝަނެއްގައި ހަތިޔާރުއެޅި 24 ހަނގުރާމަވެރިން ވަނީ މަރާލާފައެވެ.

އާންމު އިންތިޚާބުގައި 90،675ވޯޓުލާ މަރުކަޒުޤާއިމް ކުރެވޭއިރު އޭގެތެރެއިން ދެބައިކުޅައެއްބައި މަރުކަޒަށް ހަމަލާތައްއަމާޒުވުމުގެ ފުރުސަތު އެބައޮތް ކަމަށް ޕާކިސްތާންގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

ޕާކިސްތާން

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
21 ނޮވެމްބަރު 2025

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ
11 ނޮވެމްބަރު 2025

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު