Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޗައިނާގެ ރިސާޗް އުޅަނދު

ޗައިނާގެ އިތުރު ރިސާޗް އުޅަނދެއް ރާއްޖެ ސަރަޙައްދުގައި، އެއީ ޗައިނާގެ އެންމެ ޒަމާނީ އެއް ރިސާޗް އުޅަނދު

3 ފެބުރުއަރީ 2024 | ހޮނިހިރު 08:40

ޒިގްޒެގްކޮށް މެދު ކެނޑުމެއްނެތި މި ބޯޓް ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަޙައްދު ކައިރީގައި ދުއްވަމުންދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ފެބުރުއަރީ 2024 | ހޮނިހިރު 08:40
 ލެން ހައި 101 (LAN HAI 101)

ލެން ހައި 101 (LAN HAI 101)

ޗައިނާގެ އެންމެ ބޮޑު އެއް ރިސާޗް އުޅަނދު ރާއްޖެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދާކަމަށް ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފިއެވެ.

ޗައިނާގެ އިތުރު ޖާސޫސީ މަނަވަރެއް ރާއްޖޭގެ ހުޅަނގު އުތުރުން އިހަވަންދިއްޕޮޅާ ދިމާލުން ބޭރުގައި ރާއްޖެ ކައިރީގައި ޙަރަކާތްތެރި ވަމުންދާކަމަށް އިންޑިއާގެ ބައެއް ނޫސްތަކުންވެސް ވަނީ ރިޕޯޓު ކޮށްފައެވެ.

Advertisement - newsAdvertisement

އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ލެން ހައި 101 (LAN HAI 101) ކިޔާ މިއުޅަނދަކީ 3000ޓަނުގެ 85 މީޓަރ ހުންނަ އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ  ޗައިނާގެ އެންމެ ބޮޑު ޖާސޫސީ އެއް މަނަވަރެވެ.

އަދި ޒިގްޒެގްކޮށް މެދު ކެނޑުމެއްނެތި މި ބޯޓް ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަޙައްދު ކައިރީގައި ދުއްވަމުންދާކަމަށްވެސް ރިޕޯޓު ކޮށްފައިވެއެވެ.

އިންޑިއާއިން ވަނީ މި އުޅަނދުގެ ޙަރަކާތްތައް ގާތުން ބަލަމުންދާކަމަށް ބުނެފައެވެ. އެ ބޯޓު ހަރަކާތްތެރިވަމުންދަނީ "ލައިވް ޓްރެކިން ސިގްނަލް" ނިއްވާލައިގެންކަމަށް ބެލެވޭކަމަށްވެސް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި އުޅަނދު ލޯންޗުކުރިއިރު ޗައިނާގެ ފިޝަރީޒް އެކަޑަމީން ބުނެފައިވަނީ މިއީ މިހާތަނަށް ޗައިނާއިން ޤާއިމުކުރާ އެންމެ ޒަމާނީ އަދި އެންމެ ބޮޑު ރިސާޗު އުޅަނދުކަަމަށެވެ.

ޗައިނާގެ އެންމެ ބޮޑު އެއް ރިސާޗް އުޅަނދު ރާއްޖެ ސަރަަޙައްދުގައި ޙަރަކާތްތެރިވަމުންދާކަމުގެ ރިޕޯޓުތައް ލިބެމުންދާއިރު، ކަނޑު ދިރާސާކުރާ ޗައިނާގެ އުޅަނދު، "ޒިއަންގް ޔެންގް ހޮންގް 3" ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ވެސް ހަރަކާތްތެރިވި ކަމަށާއި، އެ ބޯޓު ހަރަކާތްތެރިވަމުންދަނީ "ލައިވް ޓްރެކިން ސިގްނަލް" ނިއްވާލައިގެންކަން ވަނީ ހާމަވެފައެވެ.

ދެކުނު ޗައިނާ ކަނޑުގެ ޝިއާމެންގެ އައްސޭރިފަށުގައި އޮވެފައި، ކްރޫއިންނާއި ކޮއްތު އައު ކުރުމަށް ކަމަށް ބުނެ މި މަހުގެ އަށްވަނަ ދުވަހު މާލެއަށް ބަނދަރުކުރަން ނިންމާފައިވާ މި ބޯޓަކީ ޒަމާނީ އެންމެ ފަހުގެ ވަސީލަތްތައް ހިމެނޭ ގޮތަށް ކަނޑުގެ ސަތަހައިން ފެށިގެން ހުރިހާ މައުލޫމާތެއް ބޯޓުގައި ތިބެގެން ނެގޭ ވަރުގެ ގާބިިލުކަން ހުރި ބޯޓެކެވެ.

އެގޮތުން މި ބޯޓުގެ ދަތުރުގެ މޫވްމަންޓް ހުރިގޮތް ފާހަގަ ކުރަމުން ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، 30 ޖެނުއަރީން ފެށިގެން މި ބޯޓު ގެންދަނީ ރާއްޖޭގެ އިރުމަތީ ބިތުގައި އުތުރަށް އަދި ދެކުނަށް ގިނަ ބުރުތަކެއް އަޅަމުންނެވެ.

އެގޮތުން އެ ބުރުތަކުގެ ތެރެއިން ބައެއް ސަރަހައްދުތަކުން އެ ބޯޓު އޮތް ހިސާބު ނޭނގޭ ގޮތަށް، ރިއަލް ޓައިމް ލޮކޭޝަން ވެސް އޮފްކޮށްގެން އެ ބޯޓު މަސައްކަތް ކުރާ ކަމަށް ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

ޗައިނާ

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

4

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

5

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
18 ފެބުރުއަރީ 2025

ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި

18 ފެބުރުއަރީ 2025
ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި
27 ޖެނުއަރީ 2025

އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި

27 ޖެނުއަރީ 2025
އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި
29 އޮކްޓޯބަރު 2024

މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

29 އޮކްޓޯބަރު 2024
މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
07 އޮކްޓޯބަރު 2024

އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟

07 އޮކްޓޯބަރު 2024
އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟
23 ސެޕްޓެމްބަރު 2024

ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟

23 ސެޕްޓެމްބަރު 2024
ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް