Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

ބައްސާމް އަދި އެފްއޭއެމްގެ އެހެން ވެރިޔަކަށް ދައުވާ ކުރަން ފޮނުވައިފި

އެފްއޭއެމަށް ލިބުނު 10،000 (ދިހާ ހާސް) ޑޮލަރު، އެފްއޭއެމްގެ އިސްވެރިޔެއްގެ އެކައުންޓަށް ވަނީ ޖަމާކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2024 | ބުރާސްފަތި 01:45
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ލިބިފައިވާ ފައިސާ ތަކަކަށް ޚިޔާނާތްތެރިވެފައިވާ މައްސަލައިގައި، އެ އިދާރާގެ ދެ ވެރިޔެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި، ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.

ދިވެހި ފުލުހުންގެ ފަރާތުން އެކަން ހާމަކޮށްފައި ވަނީ ބުދަ ދުވަހު އެވެ. އެގޮތުން، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އާއި ސަރަހައްދީ ފުޓުބޯޅަ އިދާރާ (އޭއެފްސީ) އިން އެފްއޭއެމަށް ލިބިފައިވާ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާތީ، އެކަމަށް ދައުވާ ކޮށްދިނުމަށް ވަނީ އެދިފަ އެވެ. ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވާ ގޮތުގައި، އެފްއޭއެމަށް ލިބުނު 10،000 (ދިހާ ހާސް) ޑޮލަރު، އެފްއޭއެމްގެ އިސްވެރިޔެއްގެ އެކައުންޓަށް ވަނީ ޖަމާކޮށްފަ އެވެ. އަދި އެ ފައިސާ ބޭނުންކޮށްފައިވާ ކަމަށާއި، އެ ފައިސާ އިން އަމިއްލަ މަންފާ އަށް ކަންކަން ކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެކަމުގެ ސާފު ހެކި ލިބިފަައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ނަމަވެސް، ދައުވާ ކުރަން ފޮނުވި ފަރާތްތަކުގެ ނަން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ، މިވަގުތު އެ ފަރާތްތަކުގެ ނަން ހާމަކުރަން ދަތި ކަމަށެވެ. ދައުވާ ކުރަން ފޮނުވާފައި ވަނީ ދެ ދިވެހިންގެ މައްޗަށް ކަމަށް ވެސް ފުލުހުން ބުންޏެވެ. "ރާއްޖެ އެމްވީ" އަށް ކަށަވަރުވެފައިވާ ގޮތުގައި، އޭގެ ތެރެއިން އެކަކީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. އެފްއޭއެމަށް ލިބޭ ފައިސާ ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ބޭނުންކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފަަ އެވެ.

މީގެ އިތުރުން، ކޯވިޑް-19ގެ ބަލިމަޑު ކަމުގެ ތެރޭގައި އެފްއޭއެމަށް ލިބުނު 1.9 މިލިއަން ޑޮލަރާ ގުޅޭ މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަޙުގީގު ކުރަމުންނެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އެ ތަހުގީގުގެ ބޮޑު ބައި ވަނީ ނިމިފަ އެވެ.

އެފްއޭއެމަށް ލިބޭ ފައިސާ އަށް، އެ އިދާރާގެ ވެރިން ޚިޔާނާތްތެރިވާ މައްސަލައިގައި ފުލުހުން އެފްއޭއެމަށް ވަދެ، އެ އިދާރާ ބަލައި ފާސް ވެސް ކުރި އެވެ. އަދި އޭގެ ފަހުން ވަނީ، އެފްއޭއެމްގެ ރައީސް ބައްސާމްގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފަ އެވެ. އެކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނަރަލް ޙުސެއިން ޝަމީމް މީގެ ކުރިން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އެ މައްސަލައިގައި މައިގަނޑު ތުހުމަތެއް ކުރެވޭ ފަރާތަކީ ބައްސާމް ކަމަށެވެ.

އެފްއޭއެމަށް ލިބޭ ފައިސާތަކަށް ވާނުވާއެއް ނޭންގޭއިރު، އެ އިދާރާގެ މުވައްޒަފުންނަށް މުސާރަ ނުދެވެ އެވެ. އެނެއްކޮޅުން، އެކި ތަންތަނުން ޚިދުމަތް ހޯދުމަށް ފަހު ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން، ޝަރުއީ ކޯޓުތަކުން އެފްއޭއެމާ ދެކޮޅަށް ދަނީ ޙުކުމްތައް ވެސް ކުރަމުންނެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ބައްސާމް އަދީލް ޖަލީލްމޯލްޑިވްސް ޕޮލިސް ސަރވިސްޕީޖީ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު